Advertisement

ހުޅުމާލެ ސެންޓްރަލް ޕާކު ---

04 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

އީދަށް ހުޅުމާލެވެސް ލައިޓްތަކުން ޒީނަތްތެރިކޮށް ދިއްލާލަނީ

މިއަހަރުގެ ފިތުރު އީދަށް ހުޅުމާލެވެސް ކުލަ ބޮކިތަކުން ޒީނަތްތެރިކޮށް ދިއްލާލުމަށް އެޗްޑީސީން ތައްޔާރުވާ ފަށައިފިއެވެ. މިގޮތުން ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ހުރި ބައްތިތަކާއި ދަނޑިތަކުގައި އިސްލާމީ ފަރުމާތަކުގެ ލައިޓްތައް ހަރު ކުރުމާއި، ހުޅުމާލެ ސެންޓްރަލް ޕާކުގައިވެސް ލައިޓްތައް ހަރުކުރުމުގެ މަސައްކަތް އެޗްޑީސީން ވަނީ މިހާރު ފަށާފައެވެ.

އެޗްޑީސީން ބުނީ އެމަސައްކަތަކީ، ރައީސުލް ޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތަށް ފިޠުރު ޢީދުގެ މުނާސަބަތުގައި ޢީދުގެ ރޫހުދައްކުވައިދޭފަދަ ބޮޮކިތަކުން ހުޅުމާލެ ޒީނަތްތެެރި ކުރުމަށް ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

އީދަށް ކުލަބޮކިތަކުން މާލެ އާއި ހުޅުމާލެ ޒީނަތްތެރިކުރުމަށްވެސް ބޮޑު ހޭދައެއް ހިނގާނެ ކަމަށް ބެލެވޭއިރު، އަދި ދައުލަތުގެ ދަރަނިބޮޑުވެ އިޤުތިޞާދީ ފުން އަދަވަޅަކާއި ކުރިމަތިވެފައިވާ ކަމަށް ސަރުކާރުން ބުނާއިރު، މިކަމަށް ކުރާ ހޭދަ އާއި އަގާއި އެހެނިހެން ތަފްސީލްތަކެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.