Advertisement

މަސްޖިދުއްތަޤުވާއިން މީހަކު ފަންކާއެއްވަގަށް ގެންދަނީ --

31 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

މާލޭގެ އެއް މިސްކިތަކުން 7 ފަންކާ ވަގަށް ނަގައިފި

މާލޭ މަސްޖިދުލްތަޤުވާ އިން، ތިން ރޭ މަތިން 7 ފަންކާ ވަގަށް ނަގާފައިވާ ކަމުގައި މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ، މިސްކިތްތަކުން ވައްކަންކުރުމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށާއި އަދި އެފަދަ މައްސަލަތައް ފުލުހުންނަށް ހުށައަޅަމުންދާ ކަމަށެވެ.

ތަޤުވާ މިސްކިތުގެ ފަންކާތައް ވަގަށް ނެގި އިރު އިއްޔެރޭގައި ވަނީ، ދަރުމަވަންތަ މިސްކިތުގެ ފެންމޯޓަރުވެސް ވަގަށް ނަގާފައެވެ.

މާލޭގެ މަސްޖިދުއްތަޤުވާއަކީ އިހުޒަމާނުގެ މިސްކިތެކެވެ. އެމިސްކިތުގައި ބޭނުން ކުރަނީ ސްޓޭންޑް ފަންކާތަކެވެ. ސިޓީ ކައުންސިލުން ވަނީ، މީހަކު އެމިސްކިތުން ފަންކާއެއް ވަގަށް ނަގައިގެންދާ މަންޒަރު ފެންނަ ވީޑިއޯވެސް އާއްމުކޮށްފައެވެ.

މަސްޖިދުއްތަޤުވާގައި ހުރި ފަންކާ ވަގަށް ނެގުން --

މާލޭގައި މިސްކިތްތަކުން ވައްކަން ކުރުމާއި މިސްކިތްތަކުގައި ހުންނަ ތަކެއްޗަށް ގެއްލުންދޭ މައްސަލައަކީ ގިނަ އަހަރުތަކެއްވީ މައްސަލައެކެވެ. އެހެން ނަމަވެސް އެމައްސަލަ ހައްލު ކުރެވިފައެއް ނުވެއެވެ.

މިސްކިތްތަކުން ވައްކަން ކުރުމުގެ ތުހުމަތު ކުރެވެނީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.