Advertisement

ގޮވާމުން ޒަކާތް ބަލައިގަތުން --

31 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ. 

މޯލްޑިވިސް ޒަކާތު ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި، ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖައްސާފައި ވަނީ މިއަދުން ފެށިގެން އަންނަ އޭޕްރީލް މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށެވެ. މިގޮތުން މިއަދުން ފެށިގެން އޭޕްރީލް މަހުގެ 8 ވަނަ ދުވަހާއި ހަމައަށް ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަންނާނީ، ކޮންމެ ދުވަހެއްގެ މެންދުރުފަހު 13:00 އިން 16:00އަށެވެ. އަދި އޭޕްރީލްމަހުގެ 9 ވަނަ ދުވަހު ޒަކާތް ބަލައިގަންނާނީ، މެންދުރުފަހު 13:00 އިން އިރުއޮއްސި 18:00އަށެވެ.

މޯލްޑިވުސް ޒަކާތު ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި، ޒަކާތް ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖައްސާފައި ވަނީ އަމީނިއްޔާ ސްކޫލުގެ ހޯލުގައެެވެ. އަދި ޒަކާތްދައްކަން ވަޑައިގަންނަވާ ބޭފުޅުން އަމީނިއްޔާ ސްކޫލަށް ވަދެވަޑައިގެންނެވުމަށް ހަމަޖައްސާފައި ވަނީ ލިލީމަގަށް ހުންނަ ދޮރޯށިން ކަމުގައިވެސް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކުރައްވާފައިވެއެވެ.

ގޮވާމުގެ ތެރެއިން ޒަކާތް ބަލައިގަންނާނީ، އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ،  އަދި ގޮދަން ފުށާއި އާޓާފުށުުންނެވެ.

މި ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަސް ނިމުނު އިރު ޒަކާތުގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ވަނީ ދައްކާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.