Advertisement

ފްލެޓްތަކުގެ ކަންކަން ބެއްލެވުމަށް އުފެއްދެވި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިން --

01 Apr 2024
ޚަބަރު

ފްލެޓް ކޮމިޓީއަށް އިތުރު ބޭފުޅުން ޢައްޔަނުކުރައްވައިފި

"ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްއާއި ގުޅިގެން ހުށަހާޅާ މައްސަލަތަކާއި އަދި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް، އުފެއްދެވި ކޮމިޓީއަށް އިތުރު ތިން ބޭފުޅަކު ޢައްޔަނުކުރައްވައިފިއެވެ.

އެކޮމިޓީއަށް އަލަށް ޢައްޔަނު ކުރެއްވި ބޭފުޅުންނަކީ، ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރ، މައުރޫފް ޖަމީލުގެ އިތުރުން ފާތިމަތު ސައީދާއި އާމިނަތު ޝާއިރާއެވެ.

ކޮމެޓީގެ ޗެއާމަން އަކަށް ކުރިން ޢައްޔަނުކުރައްވާފައިވާ، އަނީސާ އަޙްމަދު ވަނީ އެކަމަނާއަށް ސޯޝަލް މީޑިއާގައި ބަޔަކު ފާޑުކިޔައި ފުރައްސާރަކުރައްވަން ފައްޓަވާފައި ވަނިކޮށް އެކޮމިޓީން އިސްތިއުފާ ދެއްވާފައެވެ.

މިހާރު އެކޮމެޓީގެ ޗެއާމަން އަކީ އައިމިނިތު އީނާސްއެވެ. މިކޮމިޓީއަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން، އުފެއްދެވި ކޮމިޓީއެއް ކަމުގައި ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ކުރީ ސަރުކާރުގައި ދޫކުރުމަށް ކަނޑައެޅި 4000 ފުލެޓް ލިބޭ މީހުންނަށް ފްލެޓްދީފައިވާ ގޮތް އެންޓިކަރަޕްޝަން ކޮމިޝަން އޭސީސީންވެސް ވަނީ ބަލާފައެވެ. އެކޮމިޝަނުން ހިންގި ތަޙްޤީޤަށްފަހުގައި ބުނެފައި ވަނީ، ގެދޮރުވެރިޔާ ސްކީމްގެ ތެރެއިން ފްލެޓް ލިބުނު %59 މީހުންގެ ޝަރުޠުތައް ފުރިހަމަ ނުވާ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.