Advertisement

ހުޅުމާލޭގައި ފިތުރޯނުގަހެއްގެ ގޮފިގަނޑެއް ވެއްޓި މީހަކަށް އަނިޔާވުން --- ފޮޓޯ: ނޫން.އެމްވީ

04 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ހުޅުމާލޭގައި ފިތުރޯނު ގަހެއްގެ ގޮފިގަނޑެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ފިތުރޯނު ގަހެއްގެ ގޮފިގަނޑެއް ވެއްޓި މީހަކަށް އަނިޔާވެއްޖެއެވެ.

މިއަދު މެންދުރު ހިނގި މިހާދިސާގައި އަނިޔާވެފައި ވަނީ މަގު މަތިން ސައިކަލެއްގައި ދިޔަ ފިރިހެނަކަށް ކަމަށާއި، އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައިވާ ކަމަށް މަންޒަރުދުށް މީހުން ބުނެފައިވެއެވެ.

ގާތްގަނޑަކަށް ތިރީހަކަށް ފޫޓަށް ވުރެ ދިގު ގޮފިގަނޑު ވެއްޓިފައި ވަނީ، ފިތުރޯނު މަގުގައި ހުޅުމާލެ ވަން އެވެނިއު ކުރިމަތި ގައި ހުރި ގަހަކުންނެވެ. މަގު ހުރަހަށް ވެއްޓުނު ބޮޑު ގޮފިގަނޑުން ޖެހި، ސައިކަލު ދުއްވި މީހާގެ ބޮލަށް އަނިޔާވެފައިވާއިރު، ސައިކަލަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މީގެ އިތުރުން އެމަގުގައި ޕާކުކޮށްފައި ހުރި އިތުރު 3 ސައިކަލަކަށްވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.

އަނިޔާވި މީހާ ދުއްވި ސައިކަލު -- ފޮޓޯ: ނޫން.އެމްވީ

ހުޅުމާލެ ފިތުރޯނު މަގުގައި ހުރި ބޮޑެތި ފިތުރޯނުގަސްތަކުން ގޮފިގަނޑުތައް ވެއްޓުމުގެ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގަމުން އަންނައިރު، އެމަގުގައި ހުރި ބޮޑެތި ފިތުރޯނު ގަސްތައް އެޗްޑީސީން ކަނޑަމުންދާތީ، އެކަމަށް ފާޑުކިޔުންތައްވެސް އަމާޒުވެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.