Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު އަސްލަމް ---

02 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ އީދު ބަންދަށް ފަހު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެން ބާއްވާނީ، އީދު ބަންދުގެ ފަހުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް އަސްލަމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އިއްޔެ ބޭއްވި ޖަލްސާގައި، މަޖިލިސް ނިންމަވާލައްވަމުން ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި މެމްބަރުންނާއި މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވީ، މަޖިލީހުގެ ޖަލްސާތައް މީގެ ކުރިންވެސް ބާއްވަމުން އައީ ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ކަމަށާއި، ސަރުކާރު ބަންދު ދުވަސްތައް މަޖިލީހުގެ އިދާރީ މުވައްޒަފުންނަށްވެސް ބަންދުވާ ކަމަށެވެ. މިގޮތުން މަޖިލީހުގެ އިދާރީ މުވައްޒަފުންގެ މަސައްކަތު ގަޑިތައް ހަމަޖެހިފައި އޮންނަނީ ސަރުކާރުގެ ރަސްމީ ގަޑިއާއި އެއްގޮތަށްކަންވެސް އަސްލަމް ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ ޖަލްސާތައް މެދު ކަނޑާލެއްވި ކަމުގައި، މަޖިލީހުގެ ރައީސް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވި ނަމަވެސް، ޖަލްސާއެއް ދެން ބާއްވާނެ ދުވަހެއް އެމަނިކުފާނު އިއުލާނެއް ނުކުރައްވައެެވެ.

ރަމަޟާން މަހުގެ ފަހު ދިހައިގެ ބަންދާއި އީދު ބަންދަށް ފަހު، ދެން ސަރުކާރު ހުޅުވޭނީ، އޭޕްރީލް މަހުގެ 14 ވަނަ ދުވަހުގައެވެ. އޭޕްރީލް މަހުގެ 21 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލިސް އިންތިޚާބު އޮންނާނެއެވެ. އަދި މެއި މަހުގެ 28 ވަނަ ދުވަހަށް މިހާރު ހިނގަމުން މިދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.