Advertisement

ފިޠުރު ޒަކާތް ބަލައިގަތުން --

04 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ރަމަޟާން މަހުގެ 20 ވަނަ ދުވަހާއި ހަމައަށް ފިތުރު ޒަކާތުގެ ގޮތުގައި، 4.4 މިލިއަން ރުފިޔާ ދައްކައިފި

ރަމަޟާން މަހުގެ 20 ވަނަ ދުވަހާއި ހަމައަށް ފިތުރު ޒަކާތުގެ ގޮތުގައި، 4.4 މިލިއަން ރުފިޔާ ލިބިފައިވާ ކަމުގައި މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ.

ފިތުރު ޒަކާތާއި ބެހޭ ގޮތުން އާއްމުކުރި ތަފާސް ހިސާބުގައި ވާގޮތުން، ރޯދަމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާރުގެ ގޮތުގައި ވަނީ، 4،499،433ރ (ހަތަރުމިލިޔަން ހަތަރުލައްކަ ނުވަދިހަނުވަހާސް ހަތަރުސަތޭކަ ތެއްތިރީސް ރުފިޔާ) ދައްކާފައެވެ. މިގޮތުން އެންމެ ގިނަ މީހުން ފިތުރު ޒަކާތް ދައްކާފައި ވަނީ، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށެެވެ. ބީއެމްއެލް މެދުވެރިކޮށް އެކަނިވެސް ފިތުރު ޒަކާތުގެ ގޮތުގައި ޖުމުލަ، 2.2 މިލިއަން ރުފިޔާ ދައްކާފައިވެއެވެ. ދެވަނައަށް އެންމެ ގިނަ މީހުން ފިތުރު ޒަކާތްދައްކާފައި ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށެވެ. އެބޭންކު މެދުވެރިކޮށް ހަތްލައްކައަށް ވުރެ ގިނަ ރުފިޔާ ފިޠުރު ޒަކާތުގެ ގޮތުގައި ވަނީ ދައްކާފައެވެ.

ރަމަޟާންމަހުގެ ފުރަތަމަ 10 ދުވަސް ނިމުނު އިރު ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާފައި ވަނީ، 1.5 މިލިއަން ރުފިޔާ ނަމަވެސް ދެވަނަ ދިހަ ދުވަސް ނިމުނުއިރު ވަނީ، ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު ތިން ގުނަ އިތުރުވެފައެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކުރައްވާފައިވާ ގޮތުގައި، ފައިސާއިން ޒަކާތް ބަލައިގަންނާނެ އެންމެ ފަހު ވަގުތަކީ، ރަމަޟާން މަހުގެ އެންމެ ފަހު ދުވަހުގެ 18:00އެވެ. އަދި ގޮވާމުގެ ބާވަތްތަކުންވެސް އެންމެ ފަހަށް ޒަކާތް ބަލައިގަންނާނީ، ރަމަޟާން މަހުގެ އެންމެ ފަހު ދުވަހުގެ 18:00 އާއި ހަަމައަށެވެ،

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.