Advertisement

ރައީސް ޑރ. މުހައްމަދު މުޢިއްޒު

04 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

އިދިކޮޅުން އުޅެނީ މިސަރުކާރުން ކުރިއަށް ގެންދާ ކަންކަމަށް ދޭނެ ޖަވާބެއް ނެތިގެން: ރައީސް

މިސަރުކާރާއި ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ފަތުރަނީ ދޮގުވާހަކަތައް ކަމަށާއި އެފަދަ ވާހަކަތައް ދައްކަނީ، މިސަރުކާރުން ކުރާ ކަންކަމަށް އިދިކޮޅު ފަރާތްތަކަށް ދެވޭނެ ޖަވާބެއް ނެތިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސޯޝަލްމީޑިއާގައި ގެނެސްދޭ ރައީސްގެ ޖަވާބު ސިލްސިލާގައި އާއްމު މީހަކު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ. ހުޅުމާލެ ލޮޓް ނަންބަރު 10471، ޙުސައިން ރަޝީދު ސުވާލުކުރައްވާފައި ވަނީ ރައީސް ކަންކަމުގައި އިތުރުފުޅު ހައްދަވާކަމަށް އިދިކޮޅުން ކުރާ ތުހުމަތުތަކާއި ގުޅޭ ގޮތުންނެވެ.

"މިވާގޮތަކީ، އދިކޮޅު ފަރާތްތަަކުން މިސަރުކާރުން ކުރިއަށް ގެންދާ ކަންކަމަށް ދޭނެ ޖަވާބު ނެތީމަ، އެބޭފުޅުން އަމިއްލަފުޅަށް އިތުރުފުޅު ހައްދަވަނީ. ވާހަކަ އުފައްދަވަނީ. އުފަންކުރައްވަނީ. ތިޔަ ބޭފުޅުންނަށް ފާހަގަކުރެއްވޭނެ އަޅުގަނޑު ކެމްޕޭންގެ ތެރޭގަިއ ދެއްކި ހުރިހާ ވާހަކަކެއް އެހެރީ ލިޔެފައި. ފޮތެއްގެ ގޮތުގައި. އޭގައި އަޅުގަނޑަށް ކޮންއެއްޗެއްތޯ އޮޅުވައިލެވޭނީ."

ރައީސް ޑރ. މުހައްމަދު މުޢިއްޒު 

ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ދެއްކެވި ވާހަކައެއް ވިއްޔާ އޮންނާނީ ފެންނަން ކަމަށާއި، އަދި އެމަނިކުފާނު ސުވާލަކަށް ދެއްވާ ޖަވާބެއް ނަމަވެސް ލިޔުމުން ރެކޯޑް ކުރަމުންދާ ކަމަަށެވެ. އަދި އެވެސް ފޮތެއްގެ ގޮތުގައި ތައްޔާރުކުރަމުން އެބަދާކަމުގައި ރައީސް ވިދާޅުވިއެެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު އެއްވެސް ކަމެއް ނުފޮރުއްވަވާނެ ކަމަށާއި، އެމަނިކުފާނު ދައްކަވާ ވާހަކަފުޅެއް ދައްކަވަނީ އިޚްލާޞްތެރިކަމާއި އެކީގައި ހިތުގެ އަޑިން ކަމަށެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.