ޚަބަރު
ޚަބަރު
19 Mar 2024
ޚަބަރު
ކާށިދޫގައި ބޮޑު އަލިފާނުގެ ހާދިސާއެއް: މާލެއިން ސިފައިން ގޮސް އަލިފާން ނިއްވާލި އިރު 4 ދޯނި އޮތީ އަނދައި ހުލިވެފައި
އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގައި އެންމެ ފުރަތަމަ މަޢުލޫމާތު ލިބިފައިވަނީ އެ ރަށުގައި ވަކިންހުރި އޮޑިހަރުގެއެއްގައި އެހެލާފައިހުރި ދޯނިތަކެއްގައި އަލިފާން ރޯވެ އަދަމުންދާކަމަށާއި ނަމަވެސް އިތުރު ސަރަހައްދަކަށް ފެތުރުމުގެ ފުރުސަތު ކުޑަކަމަށް ކަމަށެވެ.
19 Mar 2024
ޚަބަރު
ފަލަސްތީނަށްޓަކާ ދިވެހިންނާ ބިދޭސީންގެ ހިތުގަ އޮތް ވަރުގަދަ ލޯބި ފެނުނު ކުޑަ ހިނދުކޮޅު
އެ އަންހެންކުއްޖާ ހިފައިގެން ހުރި ޕޯސްޓަރުގައި ފަލަސްތީނުގެ ދިދައެއް ޖަހާފައި ލިޔެފައިއޮތީ، އޭނާއަކީ ފަލަސްތީނު ރައްޔިތެއްކަމަށާއި، އޭނާގެ ކުޑަ ދަރިފުޅަށް ކާންދިނުމަށް ފައިސާ ބޭނުންވާކަމެވެ. މިއީ، މިސްކިތުން ފޭބި އެންމެންގެ ހިތް ދަމައިގަތް ލަފްޒުތަކެވެ. އެހީތެރިވުމަށް ކެތް މަދުވި ސަބަބެވެ.
18 Mar 2024
ޚަބަރު
މިނިވަން މުއައްސަސާތަކަށް އައްޔަނުކުރާ މެމްބަރުންނަށް ފަތްކޮޅު އެރުވުމުގައި އަމަލުކުރަމުން އައި އުސޫލު ބަދަލުވެއްޖެ
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރު ކަމުގެ މަޤާމަށް ޢައްޔަނުކުރެއްވުމަށް، ހއ. ހޯރަފުށީ ރިވޯޑް، އައިމިނަތު ނުޒުހާއަށް ރައްޔިތުންގެ މަޖިލީހުން ރުހުންދިންތާ، 26 ދުވަސް ފަހުން މިއަދު ރައީސް އޮފީހުން ވަނީ، މިހާތަނަށް އަމަލު ކުރަމުން އައި އުސޫލާއި ރިޔާސީ އާދަކާދަތަކާއި ޚިލާފަށް، އޭނާ މަޤާމަށް ޢައްޔަނުކުރައްވައިފި ކަމުގެ ފަތްކޮޅު، ރައީސް އޮފީހުގެ ސިޓީ ބަހާ މުވައްޒަފުން ލައްވައި ގެއަށް ފޮނުއްވާފައެވެ. އަދި ނުޒުހާ ކޮމިޝަނަށް ޢައްޔަނުކުރެއްވި ކަމުގެ ޚަބަރުވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ޝާއިޢު ކުރައްވާފައެއް ނުވެއެވެ.
18 Mar 2024
ޚަބަރު
ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީގެ ނަމުގައި އިދާރާއެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، "ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ" ގެ ނަމުގައި އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި މިއަދު ވަނީ ހަމަޖައްސަވާފައެވެ.
18 Mar 2024
ޚަބަރު
މާލޭގެ ދެ މިސްކިތަކަށް ގެއްލުންތައް ދީފި
ސޯޝަލް މީޑިއާގައި އާޒިމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭގެ ބަންޑާރަ މިސްކިތް (ބުމްބާ މިސްކިތް) އަދި މާފަންނު އަޑު ކައިރީގައި ހުންނަ ވިޔަފާރިވެރިންގެ މިސްކިތަށް ގެއްލުންތައް ދީފައިވާ ކަމަށެވެ.
18 Mar 2024
ޚަބަރު
މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރު ސަސްޕެންޑްކޮށްފި
ޕްރަައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، ޝަމާޙް ރަޝީދު ސަސްޕެންޑްކޮށް މަޤާމުގެ މަސްއޫލިއްޔަތު ތަކުން އެކަހެރިކޮށްފައި ވަނީ ދެހަފްތާގެ މުއްދަތަކަށް ކަމަށެވެ.
18 Mar 2024
ޚަބަރު
ޑަޔަލަސިލސް ޚިދުުމަތް ނެތް އަތޮޅުތަކުގައި ޚިދުމަތް ފެށެމަށް ތާވަލެއް އެކުލަވާލައިފި
ހެލްތު މިނިސްޓަރ ޚަލީލު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާއި ސުވާލުކުރުމުގެ ވަގުތުގައި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޢަބުދުލްމުޙްސިން ޙަމީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
18 Mar 2024
ޚަބަރު
ކުރީ ސަރުކާރުގައި ކުވައިތު ފަންޑުން ދޭން ހަމަޖެއްސި ފައިސާ ކެންސަލް
ކުވައިތު ފަންޑުގެ އެހީގައި، ރާއްޖޭގައި 12 ހޮސްޕިޓަލެއް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާކަން ކުރީގެ ސަރުކާރުން ހާމަކުރިއެވެ. އޭގެ ތެރެއިން 7 ރަށެއްގައި ހޮސްޕިޓަލްތައް އެޅުމަށް ބޭނުންވާ ކޮންޓްރެކްޓަރުން ހޯދުމަށް، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ހެލްތު މިނިސްޓްރީން އިޢުލާނުވެސް ކުރިއެވެ.
18 Mar 2024
ޚަބަރު
ވީއައިއޭގެ އެތެރޭގެ މަގުތައް ހެދުމާއި ގުޅޭ ގޮތުން އާރްޑީސީއާއެކު އެމްޔޫއޯއެއްގައި ސޮއެކޮށްފި
މި ފަހުމު ނާމާގައި، އެމް.އޭ.ސީ.އެލްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ސީ.އީ.އޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދެވެ. އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރެވެ.
18 Mar 2024
ޚަބަރު
ޕީއެސްއެމްގެ އިހްސާސް ޕްރޮގްރާމްގެ ކޮންޓެންޓް ދެން ރަނގަަޅަށް ބަލާނެ ކަމުގައި ޕީއެސްއެމްއިން ބުނެފި
އެހެންވެ އެކަމާއި ގުޅޭ ގޮތުން ކުންފުނީގެ އިސްވެރިންގެ ބައްދަލުވުންތައް ބާއްވައި މަޝްވަރާކޮށްފައިވާ ކަމަށާއި، އަދި އެކުންފުނީގެ ކޮންޓެންޓް ބަލާ ކޮމިޓީން، ކޮންޓެންޓް ފުރިހަމައަށް ބެލުމަށް ފަހު، ރަނގަޅު ކުރަންހުރި ކަންކަން ރަނގަޅުކޮށްފައި މެނުވީ، ޕްރޮގްރާމް ނުދައްކާނެ ކަމުގައި ވެސް ޕީއެސްއެމްއިން ބުނެފައިވެއެވެ.
18 Mar 2024
ޚަބަރު
ކޮމަންޑޫ މެޖިސްޓްރޭޓް ކުޅުދުއްފުއްޓަށް ބަދަލުކުރައްވައިފި
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވީ، ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛާ ޙައްވާ އިބްރާހީމް، ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަޤާމަށް ބަދަލުކުރުމަށް އެކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމާފައި ވަނީ، އިސްމެޖިސްޓްރޭޓް އަލްއުސްތާޛާ ޙައްވާ އިބްރާހީމް އެކަމަށް އެދިވަޑައިގެން ހުށައަޅުއްވާފައި ވާތީކަމުގައި ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ.
17 Mar 2024
މުނިފޫހިފިލުވުން
ޓެޑްރީގެ ލަސްވިޔަސްގެ ދެވަނަ ޓްރެއިލާ ދައްކާލައިފި
"ލަސްވިޔަސް" މިއަހަރުގެ އޭޕްރީލް 12ގައި ޕްރިމިއަރކުރުމަށް ހަމަޖައްސާފައި ވާއިރު، ފިލްމްގެ ޓިކެޓްވެސް މިހާރުވަނީ ވިއްކަން ފަށާފައެވެ. މިގޮތުން އޮލިމްޕަހުންނާއި ލަސްވިޔަސް ފިލްމުގެ ވެބްސައިޓް، ލަސްވިޔަސް ޑޮޓްކޮމްއިން މިހާރު ޓިކެޓް ގަންނަން ލިބޭނެއެވެ. އޮލިމްޕަހުން ޓިކެޓް ވިއްކަމުންދާނީ، ހެނދުނު 10އިން ހަވީރު 5އަށް އަދި ރޭގަނޑު 9:30 އިން 11:00އަށެވެ.
17 Mar 2024
ޚަބަރު
އޭއީއެޗްގެ ސީއީއޯއަކަށް ޑރ. ޔާސިރު ހަމަޖައްސަވައިފި
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ މަޤާމަސް ސަރުކާރުން ޑރ. ޔާސިރު ޢަައްޔަނުކުރައްވާފައި ވަނީ މިމާރިޗު މަހުގެ 4 ވަނަ ދުވަހުގައި ނަމަވެސް ޑރ. ޔާސިރަށް މަރްޙަބާ ދަންނަވައި އެކަން އޭއީއެޗްއިން އިޢުލާނު ކުރައްވާފައި ވަނީ މިއަދުއެވެ.
17 Mar 2024
ޚަބަރު
އޮބްޒާވަރުންނާއި މޮނީޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުން އައްޔަނު ކުރުމަށް އިތުރު ފުރުޞަތެއްދީފި
އެކޮމިޝަނުން ވިދާޅުވީ، އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނީޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުން އައްޔަނު ކުރުމަށް އިތުރު ފުރުޞަތެއް ދިނުމަށް ނިންމަވާފައި ވަނީ، 2024 މާރިޗު 19 އިން 21 ގެ ނިޔަލަށް ކަމަށެވެ.
17 Mar 2024
ޚަބަރު
ބޮޑެތި ކުށްތައް ހިންގި ޖަޒީރާ ޓެލެގްރާމް ޗެނަލްތަކުގައި 7000 ވުރެ ގިނަ މީހުން ތިބި - ފުލުހުން
ފުލުހުންގެ އިދާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސައިބަރ ޕޮލިސިންގ ސެންޓަރުގެ އިންވެސްޓިގޭޝަން އޮފިސަރ އިންސްޕެކްޓަރ އޮފް ޕޮލިސް އާމިނަތު މުޙައްމަދު ވިދާޅުވީ، ޖަޒިރާގެ ނަމުގައި ހިންގަމުން އައި ޗެނަލްތައް ފުލުހުންގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔަ އިރު ގިނަ އަދަދެއްގެ ބަޔަކު އެޗެނަލަށް ސަބްސްކްރައިބްކޮށް ޚިދުމަތް ހޯދަމުން ދިޔަ ކަމަށެވެ.
17 Mar 2024
ޚަބަރު
އާރްޑީސީގެ ޚިޔާނާތުގެ މައްސަލައިގެ ތަޙްޤީޤުގެ ބޮޑުބައެއް ނިމިއްޖެ
އާރްޑީސީގެ ޚިޔާނާތުގައި އިސް 3 މީހަކު ފާހަގަކުރެވިފައިވާ ކަމަށް ކުރިންވެސް ފުލުހުން ވިދާޅުވެފައި ވާއިރު، ތަހްޤީޤަށް ހާޟިރުކޮށް ސުވާލުކޮށްފައި ވަނީ އެތިން މީހުންނާކަމުގައިވެސް ލޫޠު ވިދާޅުވިއެވެ. އަދި އާރްޑީސީގެ އިތުރު 15 ވަރަކަށް މުވައްޒަފަކު އެޚިޔާނާތުގެ ފައިސާތައް ދައުރުކުރުމުގެ ތެރޭގައި ޝާމިލްވެފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ކުރިން ވިދާޅުވެފައި ވެއެވެ.