Advertisement

މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޑރ. އިސްމާއީލް ޝަފީއު

19 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ސަރުކާރު ބަދަލުވި އިރު، ތައުލީމީ ދާއިރާއިން 107 މަޝްރޫޢެއް ހިނގަމުން ދިޔަ: މިނިސްޓަރ

އައު ސަރުކާރު ވެރިކަމާއި ހަވާލު ވިއިރު، ކުރީ ސަރުކާރުން ތަޢުލީމީ ދާއިރާއިން ސްކޫލުތަކުގައި 107 މަޝްރޫޢެއް ފަށާފައި އޮތް ކަމުގައި، މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާއި ސުވާލު ކުރުމުގެ ވަގުތުގައި، ސްކޫލުތަކުގެ ޢުމްރާނީ ތަރައްޤީއަށް ފަށާފައި ހުރި، މަޝްޢޫރުތަކާއި ގުޅޭ ގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޝަފީޢު ވިދާޅުވީ ސަރުކާރު ބަދަލުވި އިރު، 107 މަޝްރޫޢެއް ހިނގަމުން ދިޔަ ކަމަށެވެ. އޭގެ ތެރެއިން ބައެެއް މަޝްރޫޢުތައް ހުއްޓިފައިވާއިރު، އަނެއްބައި މަޝްރޫޢުތައް ލަސްދުވެއްޔެގައި ކުރިޔަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިހާރުވެސް ތަޢުލީމީ ދާއިރާއިން ސްކޫލުތަކުގައި ޖުމުލަ 130 މަޝްރޫޢު ހިނގާއިރު، މަޝްރޫޢުތައް ހުއްޓުމުގައި ނުވަތަ މަޑު ޖެހިގެން ދިޔުމުގެ ސަބަބަކީ، ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާ ނުދެވި ލަސްވެގެން ދިޔުން ކަމަށެވެ. މިގޮތުން 128 މިލިޔަން ރުފިޔާ ނުދެވި އޮތް އިރު އޭގެ ތެރެއިން 90 މިލިއަން ރުފިޔާ މިހާރު މިސަރުކާރު އައުމަށްފަހު ކޮންްޓްރެކްޓަރުންނަށް ދޫކޮށްފައިވާ ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ. 

މިނިސްޓަރ ވިދާޅުވީ، އެމަނިކުފާނު މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހުގައި އެންމެ އިސްކަމެއް ދެއްވާފައި ވާނީ ހުއްޓިފައި ހުރި މަޝްރޫޢުތައް އަވަހަށް ފެށުމަށް ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.