Advertisement

ކާށީދޫގައި ރޯވި އަލިފާން --

19 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ކާށިދޫގައި ބޮޑު އަލިފާނުގެ ހާދިސާއެއް: މާލެއިން ސިފައިން ގޮސް އަލިފާން ނިއްވާލި އިރު 4 ދޯނި އޮތީ އަނދައި ހުލިވެފައި

މާލެ އަތޮޅު ކާށިދޫގައި ރޭ ހިނގި ބޮޑު އަލިފާނުގެ ހާދިސާއެއްގައި 4 ދޯންޏެއް އަނދައި އަޅިޔަށް ވެއްޖެއެވެ.

ރޭ ދަންވަރު ހިނގި ހާދިސާގައި ރޯވީ، އެއްގަމުގައި އެހެލާފައި ހުރި ދޯނިތަކެއްގައެވެ. މިގޮތުން ރޯވެ އަނދާފައި ވަނީ ބޮޑު ދޯންޏަކާއި ކުޑަ ތިން ދޯންޏެއްގައެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގައި އެންމެ ފުރަތަމަ މަޢުލޫމާތު ލިބިފައިވަނީ އެ ރަށުގައި ވަކިންހުރި އޮޑިހަރުގެއެއްގައި އެހެލާފައިހުރި ދޯނިތަކެއްގައި އަލިފާން ރޯވެ އަދަމުންދާކަމަށާއި ނަމަވެސް އިތުރު ސަރަހައްދަކަށް ފެތުރުމުގެ ފުރުސަތު ކުޑަކަމަށް ކަމަށެވެ.

އެހެން  ނަމަވެސް އެސަރަހައްދާއި މާދުރުނޫން ހިސާބެއްގައި ހުރި ރުއްތަކަށް އަލިފާނުގެ އަސަރު ކޮށް އިތުރު ސަރަހައްދުތަކަށް ފެތުރިދާނެކަމުގެ ކުޑަ ފުރުސަތެއް އޮތްކަމުގެ މަޢުލޫމާތު ރޭ މެންދަމު 01:24 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން އެ ރަށަށް ދިއުމަށް އެކޯ 949 (އަލިފާން ނިއްވާ ލޯންޗުގައި) ގައި 01:48 ހާއިރު ދަތުރު ފެށިކަމަށެވެ. އަދި  ފަތިހު 04:40 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ދިޔައިރު އަލިފާން ރޯވި ދޯނިތައް ވަނީ އެއްކޮށް އަނދާ ހުލިވެފައި ކަމަށާއި،  އޭރުވެސް އަލިފާނުގެ އަސަރު ހުރުމުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުންގެ ވަނީ މިއަދު ހެނދުނު 06:24 ހާއިރު އަލިފާންގަނޑު އެއްކޮށް ނިއްވާލާފައި ކަމުގައި އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވޭ ނަމަވެސް އެ ރަށު އެއްގަމަށް އެހެލާފައި އޮތް ބޮޑު ދެ ދޯންޏާއި ކުޑަ ދެ ދޯނި ވަނީ މި ހާދިސާގައި އެއްކޮށް އަނދާ ހުލިވެފައި ކަމުގައި އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިހާދިސާގައި ކާށިދޫގެ އަތިރިމަތިން އެސަރަހައްދުގައި ހުރި ގިނަ ރުއްތަކެއްވެސް ވަނީ ހަލާކުވެގެން ގޮސްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.