Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގެ ހުވާކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން --

18 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

މިނިވަން މުއައްސަސާތަކަށް އައްޔަނުކުރާ މެމްބަރުންނަށް ފަތްކޮޅު އެރުވުމުގައި އަމަލުކުރަމުން އައި އުސޫލު ބަދަލުވެއްޖެ

ފަނޑިޔާރެއްގެ ކުރިމަތީގައި މަޤާމުގައި ހުވައި ކުރަން ނުޖެހޭ، އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ މެމްބަރުން ޢައްޔަނުކުރައްވައި ފަތްކޮޅު އަރުވާ މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަށް ފަތްކޮޅު ދެއްވުމުގައި ޢަމަލު ކުރަމުން އައި އުސޫލާއި އާދަ ރައީސުލްޖުމްހޫރިއްޔާގ އޮފީހުން ބަދަލު ކުރައްވައިފިއެވެ.

2008 ވަނަ އަހަރު އައު ޤާނޫނު އަސާސީ ތަސްދީޤުކުރެވުނު ޤާނޫނު އަސާސީ އާއެކު އުފެދުނު މިނިވަން މުއައްސަސާތަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުމާއި އެކު މެމްބަރުން ޢައްޔަނުކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި އެގޮތަށް ޢައްޔަނުކުރައްވާ މެމްބަރުންގެ ތެރެއިން މަޤާމުގެ ހުވައިކުރަން ނުޖެހޭ މެމްބަރުންނަށްވެސް ޚާއްޞަ ރަސްމިއްޔާތެއް ބާއްވައި ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން މަޤާމުގެ ފަތްކޮޅު ހަވާލު ކުރެއްވުމާއި އެމެމްބަރަކާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކުރެއްވުމަކީ، ހިނގަމުން އަންނަ ރިޔާސީ އާދަކާދައިގެ ތެރޭގައި ހިމެނިފައިވާ ކަމެވެ. މީގެ އިތުރުން ކޮމިޝަންގެ މެމްބަރުކަމަށް ޢައްޔަނުކުރައްވާ ބޭފުޅުންގެ ވަނަވަރާއި ފޮޓޯ އާއި ވީޑިއޯއާއިއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓްގައި ޚަބަރު ޝާއިޢުކުރައްވައެވެ.

އެހެން ނަމަވެސް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރު ކަމުގެ މަޤާމަށް ޢައްޔަނުކުރެއްވުމަށް، ހއ. ހޯރަފުށީ ރިވޯޑް، އައިމިނަތު ނުޒުހާއަށް ރައްޔިތުންގެ މަޖިލީހުން ރުހުންދިންތާ، 26 ދުވަސް ފަހުން މިއަދު ރައީސް އޮފީހުން ވަނީ، މިހާތަނަށް އަމަލު ކުރަމުން އައި އުސޫލާއި ރިޔާސީ އާދަކާދަތަކާއި ޚިލާފަށް، އޭނާ މަޤާމަށް ޢައްޔަނުކުރައްވައިފި ކަމުގެ ފަތްކޮޅު، ރައީސް އޮފީހުގެ ސިޓީ ބަހާ މުވައްޒަފުން ލައްވައި ގެއަށް ފޮނުއްވާފައެވެ. އަދި ނުޒުހާ ކޮމިޝަނަށް ޢައްޔަނުކުރެއްވި ކަމުގެ ޚަބަރުވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ޝާއިޢު ކުރައްވާފައެއް ނުވެއެވެ.

ހިނގަމުން އައި އާދަ އާއި ޚިލާފަށް އެކަން އެގޮތަށް ކުރެއްވި ސަބަބެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމައެއް ނުކުރައްވައެވެ. އަދި ދެން ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުކަމަށް ޢައްޔަނުކުރައްވާ މެމްބަރުންނަށް ފަތްކޮޅު ދެއްވާނީ އެގޮތަށް ކަމެއްވެސް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައެއް ނުވެއެވެ.

ނުޒުހާގެ ކުރިން އެންމެ ފަހުން ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުކަމަށް ޢައްޔަނުކުރައްވާފައި ވަނީ، ދ. މީދޫ، ބިއްލޫރިވިލާ ޞަފާ ޝަފީޤުއެވެ. އޭނާއަށް މަޤާމުގެ ފަތްކޮޅު ހަވާލުކުރުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވަވާފައި ވަނީ، 9 މެއި 2023ގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.