Advertisement

ހުޅުމާލެ ---

20 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ހުޅުމާލޭގައި ހުއްދަ ނަގައިގެން ކެމްޕޭން ޕޯސްޓަރ ތަކާއި ބެނާތަކާއި ކެންވާސްތައް ޖެހުމަށް އެދިއްޖެ

ހުއްދަ ނަގައިގެން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ގެ ކެމްޕޭން މެޓީރިއަލްތައް ހަރުކުރުމަށް އެޗްޑީސީން އެދިއްޖެއެވެ.

އެޗްޑީސީން މިކަމަށް އެދިފައި ވަނީ، ކެމްޕޭން މެޓީރިއަލްތައް ހުއްދަނެތި ހަރުކުރަމުން ދިޔުމާއި، އަދި އެފަދަ މަސައްކަތްތައް ކުރުމުގެ ތެރޭގައި، ހުޅުމާލޭގެ ޕަބްލިކް އިންފްރާސްޓްރަކްޗަރ ތަކުގެ ތެރޭގައި ހިމެނޭ، ކަރަންޓާއި ފެނާއި ނަރުދަމާ، އަދި ނެޓްވޯކް ކޭބަލްތަކަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ފިޔަވަޅު އެޅުމުގެ ގޮތުންނެވެ.

އެޗްޑީސީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގައި ބޭއްވޭ އާއްމު އިންތިޚާބުތަކާއި ގުޅިގެން، ކެމްޕެއިން ބެނާ އާއި ކެންވަސް ފަދަ މެޓީރިއަލް ހަރުކުރުމުގެ ފުރުޞަތު ހުރިހާ ފަރާތްތަކަށްވެސް ހަަމަހަމަ ކަމާއި އެކު ހޯދައި ދިނުމަށް، އެކުންފުނިން އަބަދުވެސް ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

އަދި ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ގުޅިގެން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ އެކި ސަރަހައްދުތަކުގައި ބެނާތަކާއި ކެންވާސްތައް ހަރުކުރަމުންދާއިރު، އެކަމަށް ހުއްދަ ނެގުމަށް އެޗްޑީސީން ވަނީ އެދިފައެވެ. މީގެ އިތުރުން ކެމްޕޭން މެޓީރިއަލް ހަރު ކުރުމަށް ވަކި ސަރަހައްދުތަކެއް ކަނޑައަޅައި، އެކަމާއި ގުޅޭ ޗާޓުވެސް އެޗްޑީސީން ވަނީ އާއްމުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.