ޚަބަރު
ޚަބަރު
12 Mar 2024
ޚަބަރު
ކޮންޓްރެކްޓް މުވައްޒަފުންގެ ތެރެއިން މުސާރަ ނުދެވި ތިބި މީހުންނަށް މިއަދު މުސާރަ ދެވޭނެ- ފެނަކަ
އެމީހުން ބުނެފައި ވަނީ، އެމީހުންނަށް ފެބުރުއަރީ މަހުގެ މުސާރަވެސް ދީފައި ނުވާ ކަމަށާއި، ރަމަޟާން މަހުގެ އިނާޔަތު ފައިސާވެސް ދީފައި ނުވާ ކަމަށެވެ. އެހެންވެ އިހްތިޖާޖުކުރީ އެމީހުންގެ ހައްޤުތައް ހޯދަން ކަމުގައި އެމުވައްޒަފުންގެ ތެރެއިން ބައެއް މީހުން ވަނީ ބުނެފައެވެ.
12 Mar 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ގުޅޭ ގޮތުން ފެތުރި ވާހަކަތައް އެމަނިކުފާނު ދޮގު ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ހިލާލީގެއަށް ލައްވާފައިވާ މުވައްޒަފުން ލައްވައި ޖާސޫސް ކުރައްވާތީ، ނައިބު ރައީސް ހިލާލީގެއިން ނުކުމެވަޑައިގެން ހުޅުމާލެއަށް ބަދަލުވެވަޑައިގެންފި ކަމުގައި ރާއްޖޭގެ މީޑިއާއަކުން ވަނީ ރިޕޯޓްކޮށްފައެވެ.
12 Mar 2024
ޚަބަރު
ޕާކުކޮށްފައި އޮތް ކާރެއްގައި ޖެހި އެކްސިޑެންޓެއް ހިނގުމުން ރިޕޯޓް ނުކުރި ދެ އަންހެނަކު ހޯދަން ފުލުހުން އިޢުލާނުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެވީޑިއޯއިން ފެންނަ މީހުންނަކީ، ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ، އެކްސިޑެންޓް މައްސަލައަކާ ގުޅިގެން އެކްސިޑެންޓް ވުމުން ރިޕޯޓްނުކޮށް ސީން ދޫކޮށް ގޮސްފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހުންނެވެ.
12 Mar 2024
ޚަބަރު
އައްޑޫގައި ތިބި ސިފައިން ފުރައިގެން ގޮސްފައިވާ ކަމުގައި ސަރުކާރުން ބުނެފި
ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ދެ ޤައުމުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމާއި އެއްގޮތަށް ޢަމަލު ކުރެވެމުން އަންނަ ކަމަށެވެ. އަދި ބާކީ ތިބި ސިފައިން މެއި މަހު ރާއްޖެއިން ގެންދާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
11 Mar 2024
ޚަބަރު
ހުކުރު ދުވަހާ ހަމައަށް ބޭނި މަހުގެ ފައިސާ ދޫކޮށްފި
މިދިޔަ އާދީއްތަ ދުވަހު ދިން ފައިސާއާއެކު، ހުކުރު ދުވަހާ ހަމައަށް މަސްވެރިން ބާނާފައިވާ މަހަށް ފައިސާ ދީ، މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ބެކްލޮގް އެއްކޮށް ސާފު ކުރެވިއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މަސްވެރިންނަށް ނުދެވި ހުރި 157 މިލިއަން ރުފިޔާ ރޯދައިގެ ކުރިން ދޫކުރާނެކަމަށް ރައީސް ވަނީ ކުރިން ވިދާޅުވެފައެވެ. މި ފައިސާ ދޫކުރަން ފަށާފައިވަނީ އާދީއްތަ ދުވަހުއެވެ.
10 Mar 2024
ޚަބަރު
ކުރިޔަށް އޮތް ތިން ދުވަހު އަމިއްލަ ވެހިކަލް ތަކުގައި ގެނެސް ކުނި އުކާލުމަށް ފީ ނުނަގަން ނިންމައިފި
ވެމްކޯއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިރޭގެ 18:00 އިން ފެށިގެން މާރިޗު މަހުގެ 13 ވަނަ ދުވަހުގެ 23:00އާއި ހަމައަށް، ގުރޭޓާ މާލެ ސަރަހައްދުގައި ހުރި ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސެންޓަރުތަކަށް ގެންނަ ކުންޏަށް އެކުންފުނިން އެންޓްރީ ފީ އާ ޑިސްޕޯސަލް ފީ ވެސް ނުނަގާނެ ކަމަށެވެ. އެހެން ނަމަވެސް އެނޫން ފަރާތްތަކުގެ އަތުން ކުރިއެކޭވެސް އެއްގޮތަށް ފީތައް ނަގާނެ ކަމުގައި ވެމްކޯއިން ވަނީ ބުނެފައެވެ.
10 Mar 2024
ޚަބަރު
ރަމަޟާން މަހަށް ޚާއްޞަކޮށް ފޭސްް 2 ގައި މަސްމާރުކޭޓެއް ހުޅުވައިފި
އެޗްޑީސީން ބުނީ، މިމަސް މާރުކޭޓް ހުޅުވާފައި ވަނީ، ހުޅުމާލެ ފޭސް 2 ގެ ޑިންގީ ހާބަރު ސަރަހައްދުގައި ކަމަށެވެ. މިގޮތުން އެ މަސް މާރުކޭޓަކީ ޚާއްޞަކޮށް ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ޚާއްޞަކުރެވިގެން ހުޅުވުނު މާރުކޭޓެއް ކަމުގައިވެސް އެޗްޑީސީން ވަނީ ބުނެފައެވެ.
10 Mar 2024
ޚަބަރު
ޢީދު ނަމާދު ކުރާ ގަޑި 7:00އަށް ބަދަލުކުރުމަށް މަޝްވަރާކުރައްވައިފި
މިނިސްޓަރ ޝަހީމް ވިދާޅުވީ، އީދު ނަމާދު ކުރާ ވަގުތު ބަދަލުކުރުން ރަނގަޅުކަން އެފަރާތްތަކުންވެސް ފާހަގަ ކުރައްވާފައިވާ ކަމަށެވެ. ރާއްޖޭގައި ޒަމާނުއްސުރެ އީދު ނަމާދު ކުރަމުން އައިސްފައި ވަނީ، ހެނދުނު 7:30ގައި މިސްކިތްތަކުގައި ކަމަށާއި، އެހެން ނަމަވެސް މިހާރު ބޮޑު ޖަމާއަތްތަކުގައި މައިދާންތަކުގައި ނަމާދު ކުރާތީ އެވަގުތަށް އަވިއަރާފައި އޮންނާނީ ނަމާދު ކުރާ މީހުންނަށް ދަތިވާ ކަމަށެވެ.
10 Mar 2024
ޚަބަރު
ރާއްޖެއަށް ވެސް ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމުގައި ކަނޑައަޅައިފި
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިގޮތަށް ކަނޑައަޅުއްވާފައި ވަނީ، ހަނދާއި ބެހޭ ކޮމިޓީގެ ބައްދަލުވުމަށް ފަހުގައެވެ. ހަނދާއި ބެހޭ ގޮތުން މިރޭ އިއްވެވި ހަނދާއި ބެހޭ ޤަރާރުގައި ވިދާޅުވީ، ރަމަޟާން މަހާއި ޝައްވާލު މަސް ފެށުމުގައި ދިވެހިރާއްޖެއިން ޢަމަލުކުރަމުން އަންނަ ގޮތުގެ މަތީ، ސަޢޫދީ އަރަބިއްޔާ އާއި އިސްލާމީ އެހެން ޤައުމުތަކަށްވެސް ރަމަޟާން މަހުގެ ހަނދު ސާބިތުކުރެވިފައި ވާތީ، ރާއްޖެއިންވެސް ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ، މާދަމާ ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.
10 Mar 2024
ޚަބަރު
ސަޢޫދީއަރަބިއްޔާއަށް ހަނދު ފެނި މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި އިޢުލާނުކޮށްފި
ސައޫދީ ގެޒެޓާއި ގަލްފް ނިއުސްއިންވެސް ރިޕޯޓްކޮށްފައިވާ ގޮތުގައި، 11 މާރިޗު 2024 ވާ ހޯމަ ދުވަހަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމުގައި ސަޢޫދީ ސަރުކާރުން މިރޭ ވަނީ ކަނޑައަޅާފައެވެ. މިގޮތަށް ކަނޑައެޅީ، ސަޢޫދީ އަރަބިއްޔާއަށް މިއަދު އިރު އޮއްސުނު ވަގުތު ހަނދު ފެނުމާއި ގުޅިގެންނެވެ.
10 Mar 2024
ޚަބަރު
މަޖިލިސް އިންތިޚާބަށް ރީރެޖިސްޓްރީ ވުމަށް އަލުން ފުރުޞަތު ހުޅުވާލައިފި
މި މުއްދަތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓުލުމަށް މިހާރު ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތަކުން އެކަނި ކަމުގައިވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
10 Mar 2024
ޚަބަރު
މަކަރާ ހީލަތުން ފައިސާ ފޭރުމަށް ޖަލުގެ ގައިދީން ބޭނުންކުރާ ފޯނުތަކެއް އަތުލައިފި
މިގޮތުން އެ އޮޕަރޭޝަނުގައި، މާފުށި ޖަލުގެ ބައެއް ގޮޅިތައް ބަލައި ފާސްކޮޮށް 22 މޯބައިލް ފޯނާއި، 10 ޗާޖަރާއި، 10 ހެޑްސެޓް/އެއާޕޮޑްގެ އިތުރުން ދެ ސިމްކާޑު އަދި މޯބައިލް ފޯނުގެ ބައިތަކެއްގެ އިތުރުން މައްސަލައާ ގުޅުންހުރި އިތުރު ހެކިތައް ހޯދާފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
10 Mar 2024
ޚަބަރު
ސަރުކާތުގެ ޚަރަދުގައި ފުރަތަމަ ހައްޖަށް ފޮނުވާނެ 50 މީހުން ކަނޑައަޅައިފި
މިނިސްޓްރި އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވީ، ގުރުއަތުން ހޮވޭ 50 މީހުންގެ ތެރެއިން އެއްވެސް މީހަކު މިއަހަރު ހައްޖަށް ދިޔުމަށް ޢުޒުރުވެރިވާނަމަ، އިތުރު މީހަކަށް ފުރުޞަތު ދޭނެ ކަމަށެވެ. މިގޮތުން ރިޒާވް ލިސްޓުގައި ހިމެނުމަށް 10 ފަރާތެއްވެސް ވަނީ ގުރުއަތުން ކަނޑައަޅާފައެވެ.
10 Mar 2024
ޚަބަރު
އައިޖީއެމްއެޗް ހޮސްޕިޓަލް މިސްކިތް އަލުން ހުޅުވައިފި
އައިޖީއެމްއެޗްގެ މިސްކިތް ބަންދުކުރީ މީގެ ހަތަރު ވަރަކަށް އަހަރު ކުރިންނެވެ. އެހެން ނަމަވެސް އައިޖީއެމްއެޗްގައި ނަމާދު ކުރެވޭނޭ ގޮތަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ދެ ކޮޓަރިއެއް ޚާއްޞަކޮށްފައި މިދިޔަ ދުވަސްތަކުގައި ހުއްޓެވެ. އެހެންނަމަވެސް އައިޖީއެމްއެޗްގެ ގޯތިތެރޭގައި ވަކިން މިސްކިތެއްގެ ގޮތުގައި ބަންގި ގޮވައި ފަރުޟު ނަމާދުކުރަމުން އެ މިސްކިތް ބަންދުކުރުމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުންތައް ފާޅުކުރިއެވެ.
10 Mar 2024
ޚަބަރު
ހަފްތާ ބަންދުގައި މާލޭ މަގުމަތިން 123 އުޅަނދެއް ނަގައި ނައްތާލައިފި
ބޭނުން ނުކޮށް ދިގު މުއްދަތަކަށް މަގުމަތީގައި ބަހައްޓާފައިވާ އުޅަނދުތައް ނައްތާލުން ހިމެނޭ ގޮތަށް، މާލެ ސަރަހައްދުގެ މަގުތައް ތޮއްޖެހިފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީން ޓްރެފިކް ޑިކޮންޖެސްޝަން ޕްރޮގްރާމް ފެށީ، ހުސްވި ފެބުރުއަރީ މަހުގެ 17 ވަނަ ދުވަހުގައެވެ.
10 Mar 2024
ޚަބަރު
މަޤާމާއި ހަވާލުވި އިރު މާލޭ ސިޓީ ކައުންސިލްގައި ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅެމުންދާ 18 ބިދޭސީން ތިބި: އާޒިމް
އާޒިމް ވިދާޅުވީ، ދައުލަތުގެ އިދާރާއެއްގެ މަސައްކަތްތައް ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ލައްވައި ކުރުވުމަކީ ކޮށްގެންވާނެ ކަމެއްކަމަށް ދެކެވަޑައި ނުގަންނަވާކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.