Advertisement

މާލެގެ މަގުމައްޗަށް ކުނިއަޅާފައި -- ފޮޓޯ: ނޫން.އެމްވީ

13 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

އިއްޔެވެސް މާލޭގެ މަގުތައް މަތިން 38 ޓަނުގެ ކުނި ވަނީ ނެގިފައި: މޭޔަރު

އިއްޔެ މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން މާލޭގެ މަގުތައް މަތން 38 ޓަނުގެ ކުނި ނަގާފައިވާ ކަމުގައި، މާލޭ ސިޓިގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ވިދާޅުވީ، 12 މާރޗް 2024ވީ ހޯމަދުވަހު 38 ޓަނުގެ ކުނި މާލޭ ސިޓީ ކައުންސިލްގެ ހީވާގި މުވައްޒަފުން މަގުތައް މަތިން ނަގާފައިވާ ކަމަށާއި، ފާއިތުވި 17 ދުވަހުގެ ތެރޭގައި 263.5 ޓަނުގެ ކުނި މާލެ ތެރެއިން ނެގުނު ކަމަށެވެ. އެއީ 25 ފޫޓުގެ 10.54 ކޮނޓޭނަރުގެ ކުނިކަން އާޒިމް ފާހަގަކުރެއްވިއެވެ.

ރޯދަ މަހާއި ދިމާކޮށް ގޭތެރެ ސާފުކުރުމާއި، ބައުފަރުނީޗަރާއި އެހެނިހެން ތަކެތި ބަދަލު ކުރުމަތީ ދިވެހިންގެ ތެރޭގައި އޮތް ޘަޤާފީ އާދައަކަށް ވާއިރު، ކޮންމެ އަހަރެއްގެވެސް ރޯދަމަހާއި ކައިރިވެގެން އަންނައިރު މަގުތައް މައްޗަށް އާއްމު ކުނިއަޅާ މައްސަލަ ބޮޑުވެގެން ދެއެވެ. މިއަހަރު އެކަން ވަކިން ބޮޑުވެގެން ދިޔައިރު، މަގުމައްޗަށް ކުނި އެޅި 100 ވުރެ ގިނަ މީހުން ވަނީ ޖޫރިމަނާވެސް ކޮށްފައެވެ.

އާޒިމް ވިދާޅުވީ، މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެއްދެވުމަށް އެދިވަޑައިގަންނަވާ ކަމަށާއި، ދިރި އުޅޭ ގެދޮރާއި ތިމާގެ ވެށި ސާފުކޮށް ބޭއްވުމަކީ އެންމެނަށް އެކަމުގެ ހިތް ފަސޭހަކަން ލިބިގެން ދާނެެ ކަމެއް ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.