Advertisement

ރާއްޖޭގައި ރަމަޟާން މަހުގެ ހަނދު ބެލުން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

10 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖެއަށް ވެސް ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމުގައި ކަނޑައަޅައިފި

ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ، 11 މާރިޗު 2024ވާ ހޯމަދުވަސް (މާދަމާ) ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިގޮތަށް ކަނޑައަޅުއްވާފައި ވަނީ، ހަނދާއި ބެހޭ ކޮމިޓީގެ ބައްދަލުވުމަށް ފަހުގައެވެ. ހަނދާއި ބެހޭ ގޮތުން މިރޭ އިއްވެވި ހަނދާއި ބެހޭ ޤަރާރުގައި ވިދާޅުވީ، ރަމަޟާން މަހާއި ޝައްވާލު މަސް ފެށުމުގައި ދިވެހިރާއްޖެއިން ޢަމަލުކުރަމުން އަންނަ ގޮތުގެ މަތީ، ސަޢޫދީ އަރަބިއްޔާ އާއި އިސްލާމީ އެހެން ޤައުމުތަކަށްވެސް ރަމަޟާން މަހުގެ ހަނދު ސާބިތުކުރެވިފައި ވާތީ، ރާއްޖެއިންވެސް ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ، މާދަމާ ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމުގައި ކަނޑައެޅުމާއި ގުޅިގެން، ތަރާވީޙް ނަމާދު ކުރުމަށް ކަނޑައަޅާފައިވާ މިސްކިތްތަކުގައި މާލެ ހުޅުމާލެ އަދި އަތޮޅު ތެރޭގައިވެސް ތަރާވީޙް ނަމާދު ކުރާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.