Advertisement

ހައްޖު ގުރުއަތު ނެގުން --

10 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ސަރުކާތުގެ ޚަރަދުގައި ފުރަތަމަ ހައްޖަށް ފޮނުވާނެ 50 މީހުން ކަނޑައަޅައިފި

ސަރުކާރުގެ ޚަރަދުގައި މިއަހަރު ހައްޖަށް ފޮނުވާނެ މީހުން ކަނޑައެޅުމަށް ގުރުއަތު ނަގައިފިއެވެ.

މިގުރުއަތު ނަގާފައި ވަނީ މިއަދު އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ވަނީ ސަރުކާރުގެ ޚަރަދުގައި ހައްޖަށް ފޮނުވުމަށް ކަނޑައަޅާފައިވާ ޝަރުޠުތައް ފުރިހަމަވާ މީހުންގެ ތެރޭގައި ހިމެނޭ 50 މީހުން ގުރުއަތުން ހޮވާފައެވެ. ގުރުއަތުގައި ބައިވެރިކޮށްފައި ވަނީ ޝަރުޠު ހަމަވާ މީހުންގެ އައިޑީކާޑު ނަމްބަރުތައް ހޮވާފައެވެ.

ގުރުއަތުގައި ބައިވެރިވެރިކޮށްފައި ވަނީ ފަޤީރުންގެ ލިސްޓުގައި ހިމެނޭ މީހުންނެވެ. ގުރުނަގައި ދައްކާލާފައި ވަނީ އެ މީހުންގެ އައިޑީކާޑު ނަމްބަރުތަކެވެ.

މިނިސްޓްރި އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވީ، ގުރުއަތުން ހޮވޭ 50 މީހުންގެ ތެރެއިން އެއްވެސް މީހަކު މިއަހަރު ހައްޖަށް ދިޔުމަށް ޢުޒުރުވެރިވާނަމަ، އިތުރު މީހަކަށް ފުރުޞަތު ދޭނެ ކަމަށެވެ. މިގޮތުން ރިޒާވް ލިސްޓުގައި ހިމެނުމަށް 10 ފަރާތެއްވެސް ވަނީ ގުރުއަތުން ކަނޑައަޅާފައެވެ.

ފަޤީރުންގެ ދަފްތަރުގައި ޝަރުޠުހަމަވާ 982 މީހުން ތިބި އިރު، މިއަދު ގުރުއަތު ނަގާފައި ވަނީ، އެލިސްޓްގައި ހިމެނޭ އުމުރުން 50 އަހަރާއި 69 އަހަރާއި ދެމެދުގެ 667 މީހުންގެ މެދުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.