Advertisement

ހުޅުމާލެ ފޭސް 2ގައި ހުންނަ ޞަލާޙުއްދީން ސްކޫލުގެ ދަރިވަރުން --

13 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ހުޅުމާލެ ފޭސް 2ގެ ސްކޫލަކަށް ބަދަލުވާން އެދޭ 800 ކުދިން އެބަ ތިބި: އެޑިޔުކޭޝަން މިނިސްޓަރ

ސަރުކާރުގެ ސްކޫލް މަދަރުސާތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ހުޅުމާލެ ފޭސް 2 ގެ ސްކޫލަކުން ޖާގައަށް އެދި ޖާގަ ނުލިބިފައި ތިބި 800 ވުރެ ގިނަ ކުދިން އެބަތިބި ކަމުގައި އެޑިޔުކޭޝަން މިނިސްޓަރ އިސްމާއީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝަފީޢު މިހެން ވިދާޅުވީ، ހުޅުމާލެ ފޭސް 2 ގެ ސްކޫލުތަކުން ޖާގަ ނުލިބި ބެލެނިވެރިންގެ ޝަކުވާތައް ބޮޑުވެފައި ވަނިކޮށެވެ.

މިނިސްޓަރ ވިދާޅުވީ، ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ދިރިއުޅޭ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންގެ 2 ވަނަ ފިޔަވިހީގެ ސްކޫލުން ޖާގައަށް އެދި މިނިސްޓްރީއަށް ތަކުރާރުކޮށް ހުށަހަޅަމުންދާ ކަމަށެވެ. މިގޮތުން މިއަދާއަހަމައަށް 800އަށް ވުރެ ގިނަ ރިކުއެސްޓް ލިބިފައި ވާކަމަށާއި، މި ތައުލީމީ އަހަރު ނިމޭއިރު މި އަދަދު 1000އަށް ވުރެ މައްޗަށް އަރާނެ ކަމަށް ބެލެވޭ ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ. 

" ސަލާހުއްދީން ސްކޫލް ދެ ދަންފަޅީއަށް ބަދަލުކޮށްގެންވެސް ހުޅުމާލޭގެ 2 ފިޔަވަހިން ދަރިވަރުންނަށް ފޯރުކޮށްދޭންޖެހޭ ތައުލީމު ކަށަވަރުކުރާނެވާހަކަ ދަންނަވަމެވެ. މިއީ ދަރިވަރުންނާއި ބެލެނިވެރިންނަށް ލިބޭނޭ ވަރަށްބޮޑު ލުޔެއްކަން ފާހަގަކުރަމެވެ."

އެޑިޔުކޭޝަން މިނިސްޓަރ އިސްމާއީލް ޝަފީޢު ލިޔުއްވި ޕޯސްޓް

މިނިސްޓަރ ޝަފީޢު ވިދާޅުވީ،  މި ހާލަތު މެދުވެރިވީ ހުޅުމާލޭގެ 2 ފިޔަވަހީގެ އާބާދީ އިތުރުވާނެ މިންވަރު ދެނެގަނެ، އަންދާޒާ ކުރެވޭ ދަރިވަރުންގެ އަދަދަށް ރިއާޔަތްކޮށް ސްކޫލް އެޅުމުގައި އިހުމާލުވެފައިވާތީ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅި ދެ ސްކޫލުގެ ތެރެއިން ޞަލާޙުއްދީން ސްކޫލު ދެ ދަންފަޅިއަށް ބަދަލުކޮށްގެން ޖާގަ ބޭނުންވާ ކުދިންނަށް ޖާގަ ދިނުމަށް މިނިސްޓްރީން ނިންމާފައި ވާއިރު، އެއް ދަންފަޅިއަށް ކިޔަައިދޭ އެސްކޫލުގައި މިހާރުވެސް 2054 ދަރިވަރުން އަންނަނީ ތަޢުލީމު ހާސިލްކުރަމުންނެވެ.

ހުޅުމާލެ ފޭސް 2 ގައި މިހާރު ހުންނަނީ 2 ސްކޫލެވެ. އެއީ ކާމިލް ދީދީ ޕްރައިމަރީ ސްކޫލާއި، ޞަލާޙުއްދީން ސްކޫލެވެ.

ހުޅުމާލެ ފޭސް 2 ގައި، 1700 ކުދިންގެ ޖާގައިގެ އިތުރު ސްކޫލެއް އިމާރާތް ކުރުމަށް ހުސްވި އަހަރު ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުގައި ސަރުކާރުން ވަނީ ބަޔަކާއި މަސައްކަތް ހަވާލުކުރައްވާފައެވެ. އަދި ޑިސެމްބަރު 25 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އެސްކޫލުގެ ބިންގާ ވަނީ އަޅުއްވައިދެއްވާފައެެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.