ޚަބަރު
ޚަބަރު
06 Mar 2024
ޚަބަރު
ކުރީ ސަރުކާރުން ހެދި ސެޓްލްމެންޓް ކޮމިޓީން ނިންމި ނިންމުތައް ތަންފީޒް ނުކުރުމަށް އަންގައިފި
އުޝާމް މިހެން ވިދާޅުވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބުގެ އޮފީހުން ކޮށްފައިވާ މަސައްކަތްތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ، ކުރީ ސަރުކާރުން އުފެއްދި ސެޓްލްމެންޓް ކޮމިޓީން ބަދަލުދިނުމާއި ގުޅޭ ގޮތުން ހަދާފައިވާ އުސޫލުވެސް އުވާލައްވާފައިވާ ކަމަށެވެ. އަދި އެކޮމިޓީ 10 ފަރާތަކަށް ބަދަލު ދިނުމަށް ނިންމާފައި ވާއިރު، ބަދަލުގެ ގޮތުގައި ދޭން ކަނޑައަޅި ރަށްރަށާއި ފަޅުފަޅާއި އަދި ފައިސާ އާއިއެކު ޖުމުލަ އަގު އެއްބިލިއަން ދިވެހިރުފިޔާއަށްވުރެ މަތި ކަމަށެވެ.
06 Mar 2024
ޚަބަރު
ކެނދިކުޅުދޫ ކައުންސިލްގެ ބަޔާން ބާޠިލް ކުރަން އެލްޖީއޭ އަކަށް ނޭންގޭނެ: ބަންޑާރަ ނައިބު
އެލްޖީއޭގެ އެންެގުމަށް އަމަލުނުކުރުމަށް ކެނދިކުޅުދޫ ކައުންސިލުންވެސް ނިންމާފައި ވާއިރު، އެލްޖީއޭއިންވެސް މިއަދު ބުނެފައި ވަނީ އެކަމުގައި އެ އިދާރާއިން އިތުރު ފިޔަވަޅެއް ނާޅާނެ ކަމަށެވެ.
06 Mar 2024
ޚަބަރު
އެންޑީއޭ ގެ މުވައްޒަފުންތަކެއް ފައިސާއަށް ޞައްޙަ ނޫން ލިޔުން ދޫކޮށް، މަނީ ލޯޑަރ ކުރި މައްސަލަތަކެއް ބަލަން ފަށައިފި
ހޯމް މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އިއްޔެ އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ، މަސްތުވާތަކެތީގެ ފަރުވާ ދިނުމަށް އުފައްދާފައިވާ، ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ މުވައްޒަފުންތަކެއް މަސްތުވާތަކެތީގެ ފަރުވާ ހޯދުމަށް އެތަނަށް ދިޔަ މީހުންގެ އަތުން ފައިސާ ނަގައި، ފަރުވާ ފުރިހަމަ ނުކުރަނީސް ފަރުވާ ފުރިހަމަ ކުރިކަމުގެ ސައްޙަ ނޫން ލިޔުންތަކެއް ދޫކުރުމާއި، އަދި އެތަނުގެ ލެބޯޓްރީގައި ހަދާ ޓެސްޓް ތަކުގެ ނަތީޖާ އޮޅުވައި ލުމާއި، އެމީހުންގެ އަތުން ހޯދާފައިވާ ފައިސާ ލޯންޑަރ ކުރުމުގެ މައްސަލަތަކެއް މިހާރު ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ. އަދި އެމައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި އެތަނުގެ އިސް މުވައްޒަފުންތަކެއް ހިމެނޭ ކަމުގައިވެސް ނަވީން ވިދާޅުވިއެވެ.
06 Mar 2024
ޚަބަރު
ބޮޑެތި ކުށްތަކުގައި މުއްދަތެއް ނެތި ބަންދުކޮށްފައިވާ މީހުންނަށް ލުއިދޭން ޤާނޫނަށް ބަދަލުގެންނަނީ
ހޯމް މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތަކުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވީ، ޝަރުޢީ ހުކުމެއްނެތި އަދި މުއްދަތެއް ނެތި (ވާނުވާ ބަންދުގައި) ޖަލުގައި މީހުން ބަންދުކޮށްފައި ބައިތިއްބަން ޖެހުމަކީ އެކަމާއި މެދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
06 Mar 2024
ޚަބަރު
ވެރިކަމަށް އައުމަށް ވީ އެއްވެސް ވަޢުދެއް ފުއްދާ ތަނެއް ނުފެނޭ: ރައީސް ޞާލިޙް
އެމަނިކުފާނު މިހެން ވިދާޅުވީ، މިސްރާބު ހަމަމަގަށް މިޝިޢާރުގެ ދަށުން އެމްޑީޕީން ކުރިއަށްގެންދާ މަޖިލިސް ކެމްޕޭނުގެ ތެރެއިން އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނ. އަތޮޅަށް ވަޑައިގެން އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކުރައްވަިއ ދެއްކެވި ވާހަކަފުޅުގައެވެ.
05 Mar 2024
ޚަބަރު
ފޭސްބުކް ބޭނުންކުރުމުގައި ދަތިތަކާ ކުރިމަތިވެއްޖެ
ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކަށް ލޮގިން ނުވެވިގެން ވަރަށް ގިނަ ގައުމުތަކުން ރިޕޯޓުކުރަން ފަށައިފިއެވެ.
05 Mar 2024
ޚަބަރު
ރާއްޖޭގައި ޤާއިމްކުރާ 7 އާބަން ސެންޓަރުގެ ތެރޭގައި ކުޑަހުވަދޫ ހިމެނޭ
ކުޑަހުވަދޫއަކީވެސް ރާއްޖޭގައި ޤާއިމުކުރާ 7 އާބަން ސެންޓަރުގެ ތެރޭގައި ހިމެނޭ ރަށެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދ. ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
05 Mar 2024
ޚަބަރު
ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
މާލޭގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވެފައިވާތީ މިކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
05 Mar 2024
ޚަބަރު
ޞިއްޙީ ދާއިރާކުރިއެރުވުމަށް ޖަޕާނުން ރާއްޖެއަށް 1.1 މިލިއަން ރުފިޔާ ދީފި
ޞިއްޙީ ދާއިރާކުރިއެރުވުމަށް ޖަޕާނުން ރާއްޖެއަށް 1.1 މިލިއަން ރުފިޔާގެ އެހީއެއް ދީފިއެވެ. މި އެހީއާއި ގުޅޭ އެއްބަސްވުމުގައި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ޓަކެއުޗީ މިޑޯރީއެވެ.
05 Mar 2024
ޚަބަރު
ފުލުހުންގެ މަރުކަޒުތައް އަޅަން އުޅުނު ޕްރޮޖެކްޓްގެ މައްސަލަ ފުލުހުން ތަޙްްޤީޤުކުރަން ފަށައިފި
ހޯމް މިނިސްޓްރީގެ ފަރާތުން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ، އިންދިރާ ޕްރޮޖެކްޓްގެ މައްސަލަ ފުލުހުން ބަލަން ފަށާފައިވަނީ، ހޯމް މިނިސްޓްރީގެ އެންގުމަށް ކަމަށެވެ.
05 Mar 2024
ޚަބަރު
މަސްތުވާތަކެތީގެ މައްސަލަތަކުގައި އުމުރަށް ޖަލަށް ލާފައިވާ 314 މީހަކު ވަނީ ދޫކޮށްލާފައި: ހޯމް މިނިސްޓަރު
މިނިސްޓަރ އިހްސާން މިހެން ވިދާޅުވީ، ހޯމް މިނިސްޓްރީ އާއި އެމިނިސްޓްރީގެ ދަށުގައިވާ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
05 Mar 2024
ޚަބަރު
އަނަސްގެ މަރުގެ މައްސަލައިގައި ކުށްސާބިތު ނުވެގެން ދޫކޮށްލި މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި
ނަވީން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެއްޗައި ބަނގުރާ އުފުލަމުން ދިޔަ ކަނޑު އުޅަނދެއް އަތުލައިގަތުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ. އަދި އެމައްސަލައިގެ ތަފްސީލްތައް އަންނަ އާދީއްތަ ދުވަހު ފުލުހުންގެ ކްރައިން ޑިޕާޓްމަންޓުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރާނެ ކަމުގައި ނަވީން ވިދާޅުވިއެވެ.
05 Mar 2024
ޚަބަރު
ޤަވާއިދާއި ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމާއި، ބާ އުޅަނދުތައް ނަގަންފަށައިފި
ފުލުހުންގެ މިމަހުގެ ތިންވަނަ ދުވަހު ނެރުނު ނޫސްބަޔާނުގައި މިމަސައްކަތް ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް ގެންދާނެ ކަމުގައި ހާމަކޮށްފައި ވީނަމަވެސް، މިއަދު އެމަސައްކަތް ފަށާފައި ވާކަމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެފައެވެ.
05 Mar 2024
ޚަބަރު
ރޯދަމަހު ކިޔެވުން ފަށާނީ، ހެނދުނު 8:30 ގައި
ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހު ސްކޫލުތަކުގެ ސެޝަންތައް ކުރިޔަށް ގެންދާ ވަގުތަށް ބަދަލު ގެނެއެވެ. މިގޮތުން މިއަހަރު ސްކޫލުތަކުގެ ސެޝަން ފަށާގަޑިއަކީ، ހެނދުނު 8:30 އާއި 9:00 އާއި ދެމެދު ކަމުަގއި ހަމަޖެއްސުމަށްވެސްް ސްކޫލުތަކަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި ސްކޫލުގެ ރަސްމީ ކިޔަވައިދިނުމުގެ ސެޝަން އެންމެ ލަސްވެގެން މެންދުރުފަހު 3:00އަށް ނިންމާލުމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.
05 Mar 2024
ޚަބަރު
މެދުރާއްޖެ ތެރޭގެ ތިން އަތޮޅަކަށް ކުރައްވާ ދަތުރުފުޅެއް ރައީސް ފައްޓަވައިފި
ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިގެން މިހާރު ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި ތަރައްޤީގެ މަޝްރޫޢުތައް ތަރުތީބުކުރާނޭގޮތާއިމެދު މަޝްވަރާކުރައްވާ ކަމަށާއި، އަދި ރައްޔިތުން އެންމެ އެދޭ ކަންކަން އޮޅުންފިލުއްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.
05 Mar 2024
ޚަބަރު
ކޯރަމް ހަމަނުވެގެން މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލް ކުރި އިރު، ހުސްވި ހަފްތާއިން ފެށިގެން މަޖިލީހުގެ އާއްމު ތާވަލާއި އެއްގޮތަށް ޖަލްސާތައް ނުބޭއްވުމަށް، ވަނީ ނިންމާފައެވެ. އެގޮތުން މިދިޔަ ހަފްތާގައިވެސް ބާއްވާފައި ވަނީ މަޖިލީހުގެ އެންމެ ޖަލްސާއެކެވެ.