Advertisement

ހުޅުމާލެ ހުރަވީ ސްކޫލުގެ ދަރިވަރުން --

05 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ރޯދަމަހު ކިޔެވުން ފަށާނީ، ހެނދުނު 8:30 ގައި

ކުރިޔަށް އޮތް ރޯދަމަހުގައި އެންމެ އަވަހަށްވެސް ކިޔެވުން ފެށޭ ގަޑިއަކީ ހެނދުނު 8:30 ކަމުގައި ކަނޑައަޅައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެކަން ސްކޫލްތަކަށް އަންގައިފިއެވެ.

ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހު ސްކޫލުތަކުގެ ސެޝަންތައް ކުރިޔަށް ގެންދާ ވަގުތަށް ބަދަލު ގެނެއެވެ. މިގޮތުން މިއަހަރު ސްކޫލުތަކުގެ ސެޝަން ފަށާގަޑިއަކީ، ހެނދުނު 8:30 އާއި 9:00 އާއި ދެމެދު ކަމުަގއި ހަމަޖެއްސުމަށްވެސްް ސްކޫލުތަކަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި ސްކޫލުގެ ރަސްމީ ކިޔަވައިދިނުމުގެ ސެޝަން އެންމެ ލަސްވެގެން މެންދުރުފަހު 3:00އަށް ނިންމާލުމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން ޓީޗަރުން ސްކޫލުގަިއ ހޭދަކުރަންޖެހޭ ވަގުތުވެސް 4 ގަޑިއިރަށް ވުރެ ދިގު ނުކުރުމަށާއި، ސެޝަންތައް 3 ގަޑިއަރަށްވުރެ ދިގު ނުކުރުމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ސްކޫލުތަކަށް އަންގާފައެވެ.

ސްކޫލުތަކުގެ ކިޔަވައިދިނުމުގެ ދަންފަޅިތައް މިގޮތަށް ހަމަޖެއްސި އިރު، ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތު ގަޑީގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައި ވަނީ ހެނދުނު: 9:00އިން މެންދުރުފަހު 1:00 އަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.