Advertisement

ބަންޑާރަ ނައިބު އަޙްމަދު އުޝާމް -- ފޮޓޯ: ނޫން

06 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

މަޖިލީހުން ރުހުން ނުދިނަސް ވަޒީރުން މަޤާމުން ވަކިވާނެ ކަމަކަށް ނުދެކެން: އުޝާމް

ރައީސުލްޖުމްހޫރިއްުޔާ އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށް އައްޔަނުކުރައްވާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިންނަމަވެސް، އަލުން މަޤާމުގައި ތިބެވޭނެ ކަމުގައި ޤަބޫލުކުރައްވާކަމުގައި، ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ރުހުން ނުދެއްވި ވަޒީރުން އަލުން މަޤާމުތަކަށް އައްޔަނުކުރައްވާފައިވާއިރު، އެކަމަކީ ޤާނޫނު އަސާސީ އާއިވެސް އަދި ޤާނޫނާއި ޚިލާފުކަމެއް ނޫންކަމަށެވެ. އަދި މަޖިލީހުން ރުހުން ނުދެއްވި ވަޒީރުންވެސް، ވަޒީރުންގެ ހައިސިއްޔަތުން މަޖިލީހަށް ހާޟިރުކޮށް ސުވާލުވެސް ކުރަމުންދާކަން އުޝާމް ފާހަގަކުރެއްވިއެވެ.

އުޝާމް ވިދާޅުވީ، 2010 ވަނަ އަހަރުވެސް އެފަދަ މައްސަލައެއް ދިމާވި ކަމަށާއި، އޭރު އެމަނިކުފާނު ހުންނެވީ ބަންޑާރަ ނައިބުގެ އޮފީހުގައި ކަމަށެވެ. އަދި އޭރު އެމްޑީޕީ ސަރުކާރުން ސްޕްރީމްކޯޓަށް ހުށައެޅި މައްސަލައިގައި، ކޯޓަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އެމަނިކުފާނުވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ. އަދި އޭރު އެމްޑީޕީ ސަރުކާރުގެ ސްޓޭންޑަކީ، ރައްޔިތުންގެ މަޖިލީހުން ރުހުން ނުދެއްވި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށްވެސް މަޤާމުގައި ދެމި ތިއްބެވޭނެ ކަން ކަމަށެވެ. އަދިވެސް އެމަނިކުފާނު އެކަން ޤަބޫލު ކުރައްވަނީ އެގޮތަށް ކަމުގައި އުޝާމް ވިދާޅުވިއެވެ.

އައު ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގައި މަޖިލީހުން އަމަލު ކުރެއްވި ގޮތާއި ހޭދަވި މުއްދަތުވެސް ތަފާތުކަން އުޝާމް ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލީހަށް އައްޔަނު ކުރެއްވި މެމްބަރުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައި ނުވަނީ، ބަންޑާރަ ނައިބު އަޙްމަދު އުޝާމަށާއި، ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ހައިދަރަށާއި، އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށެވެ. އެ ބޭފުޅުންނަށް މަޖިލީހުން ރުހުން ނުދިނުމުން ހަމައެދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅުން އަލުން އެމަޤާމުތަކަށް ޢައްޔަން ކުރައްވާފައެވެ. އަދި އަލުން ރުހުން ހޯއްދެވުމަށްވެސް ވަނީ މަޖިލީހަށް ހުށައަޅުއްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.