Advertisement

ކެނދިކުޅުދޫ ކައުންސިލް މެމްބަރުން --

06 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ކެނދިކުޅުދޫ ކައުންސިލްގެ ބަޔާން ބާޠިލް ކުރަން އެލްޖީއޭ އަކަށް ނޭންގޭނެ: ބަންޑާރަ ނައިބު

ނ، ކެނދިކުޅުދޫ ކައުންސިލްއިން ނެރުނު ބަޔާން ބާޠިލްކުރުމަށް އެލްޖީއޭއަށް ނޭންގޭނެ ކަމުގައި ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް ވިދާޅުވީ، އެއީ އެލްޖޭއަށް އެންގޭނެ އެންގުމެއް ނޫންކަމަށް ދަންނަވައި އެލްޖީއޭއަށް ޤާނޫނީ ލަފާވެސް ދެއްވާފައި ވާކަމަށެވެ. 

އެލްޖީއޭގެ އެންެގުމަށް އަމަލުނުކުރުމަށް ކެނދިކުޅުދޫ ކައުންސިލުންވެސް ނިންމާފައި ވާއިރު، އެލްޖީއޭއިންވެސް މިއަދު ބުނެފައި ވަނީ އެކަމުގައި އެ އިދާރާއިން އިތުރު ފިޔަވަޅެއް ނާޅާނެ ކަމަށެވެ.

ކެނދިކުޅުދޫ ކައުންސިލުން ނޫސްބަޔާނެއް ނެރުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގައި މަޖިލީހުގެ ކެމްޕޭނަށް ވާގޮތަށް ކަންތައްތަކެއް ކުރައްވާފައިވާތީއެވެ. އެގޮތުން އެދަތުރުފުޅަކީ، ރަސްމީ ދަތުރުފުޅަކަށްވުރެ ކެމްޕޭން ދަތުރުފުޅެއްގެ ގޮތުގައި ކެނދިކުޅުދޫ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

އެލްޖީއޭގެ ނިންމުމާއި އެންގުމާއި ދެކޮޅު ހެދުމުގެ ގޮތުން ކެނދިކުޅުދޫ ކައުންސިލުން ވަނީ ނުރުހުންވެސް ފާޅުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.