ޚަބަރު
ޚަބަރު
04 Mar 2024
ޚަބަރު
އާއްމު އިިންތިޚާބާއި ބެހޭ ޤާނޫނަށް ގެނައި އިސްލާޙާއި އެކު ބައި އިލެކްޝަންތައްވެސް ފަސްކޮށްފި
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ޙަބީބު ވިދާޅުވީ، 2024 މާރޗް 17 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކުރައްވާފައިވާ ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު، ނ. ވެލިދޫ ކައުންސިލްގެ މެންބަރު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނާއި، 2024 މާރޗް 30 ވަނަ ދުވަހު ބާއްވަން އިޢުލާން ކުރައްވާފައިވާ، މ. މަޑުއްވަރީ ކައުންސިލް ގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން ދެން އޮންނާނީ 2024 އެޕްރީލް 21 ވާ އާދިއްތަ ދުވަހުގައި ކަމަށެވެ. އެދުވަހަކީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުވެސް ބާއްވަން ހަމަޖައްސާފައިވާ ދުވަހެވެ.
04 Mar 2024
ޚަބަރު
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ މިހާދިސާ ހިނގާފައި ވަނީ ރޭ ދަންވަރު ހުޅުމާލޭގައި ހުންނަ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރު ކައިރީގައި ކަމަށެވެ. އެކްސިޑެންޓްވެ އަނިޔާވީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި، އޭނާއަށް ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. އެނގިފައިވާ ގޮތުގައި އެކްސިޑެންޓްގައި އެޒުވާނާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.
04 Mar 2024
ޚަބަރު
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިލްޓަންގެ ރިސޯޓްތަކުން ވަޒީފާގެ ފުރުސަތު ފަހިކޮށްދެނީ
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދީ ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި އިޖުތިމާޢީ އަދި އާޢިލީ ތަރައްޤީއާބެހޭ ވުޒާރާއިން ރާއްޖޭގައި ހިންގާ ހިލްޓަންގެ ރިސޯޓްތަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
04 Mar 2024
ޚަބަރު
އޭދަފުށީގެ ބައެއްގެ ގޮތުގައި މާއްޑޫ ހަމަޖައްސައިފި
އޭދަފުށީގައި އިތުރަށް ބިން ހިއްކެން ނެތްކަމަށާއި، އެހެންކަމުން ބިމުގެ މައްސަލައަށް އޮތް ހައްލަކީ އިތުރު ރަށެއް ހޯދުންކަމުގައި ފާހަގަކުރައްވައި، އޭދަފުށިގެ ބައެއްގެ ގޮތުގައި މާއްޑޫ ހަމަޖައްސާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޢިޢުލާންކުރައްވައިފިއެވެ. މީގެ އިތުރުން ސަރުކާރުން ތަރައްޤީކުރާ 7 އާބަން ސެންޓަރުގެ ތެރެއިން އެއް ސެންޓަރަކީ ބ އަތޮޅު އޭދަފުށި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
03 Mar 2024
ޚަބަރު
ޤަވާއިދާއި ޚިލާފަށް ޕާކުކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅައި ޖޫރިމަނާ ކުރަން ނިންމައިފި
ފުލުހުންގެ އިދާރާއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ވިދާޅުވީ، މަގުމަތީ ހިނގާ ބިނގާވެ އުޅުމަށާއި، ޕަބްލިކް ޓްރާންސްޕޯޓަށާއި އެމާޖެންސީގައި ދުވާ އުޅަނދުފަހަރަށް ދަތިވާގޮތަށް، ޤަވާއިދާއި ޚިލާފަށް ޕާކުކުރާ ފަރާތްތަކާއި މެދު، އަންނަ ބުރާސްފަތި ދުވަހުންފެށިގެން، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ނ) އަދި އެއްގަމު އުޅަނދު ޕާކުކުރުމުގެ ޤަވާއިދުގެ 14 ވަނަ މާއްދާގެ (ށ)ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.
03 Mar 2024
ދުނިޔެ
ނަވާޒް ޝަރީފްގެ ކޮއްކޮ ޝެހެބާޒް ޝަރީފް ޕާކިސްތާނުގެ ޕްރައިމް މިނިސްޓަރަކަށް
މިދިޔަ މަހު ޕާކިސްތާނުގައި ބޭއްވި، މައްސަލަ ބޮޑު ޕާލަމެންޓު އިންތިހާބަށްފަހު އަނެއްކާވެސް ޝެހެބާޒް ޝަރީފް އެ ގައުމުގެ ބޮޑު ވަޒީރުކަމަށް ގައުމީ މަޖިލީހުން ހޮވައިފިއެވެ. ނިމިދިޔަ ފެބުރުވަރީ މަހުގެ 8 ވަނަ ދުވަހު ޕާކިސްތާނުގައި ބޭއްވި ޕާލަމެންޓު އިންތިހާބުގައި ވޯޓު އޮޅުވާލާފައިވާކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. މި އިންތިހާބުގެ ނަތީޖާ ވެސް އިއުލާންކޮށްފައިވަނީ ދިގު ދައްމާލުމަށްފަހުއެވެ.
03 Mar 2024
ޚަބަރު
ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގައި މިހާތަނަށް ޖުމުލަ 7 މީހުން ހައްޔަރުކޮށްފި
ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލަ އާއި ގުޅޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު މީޑިއާއާއި ހިއްޞާކޮށް ފުލުހުން ވިދާޅުވީ، މިހާތަނަށް އެމައްސަލައިގައި ޖުމުލަ 7 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އެ އެންމެނަކީވެސް ދިވެހި ފިރިހެނުން ކަމަށެވެ. އަދި އެމީހުން ހައްޔަރުކޮށްފައި ވަނީ، ކޯޓު އަމުރުގެ ދަށުން އެކި ދުވަސްމަތިން ކަމަށާއި، އެމީހުންގެ ބަންދާއިމެދު ގޮތް ނިންމުމަށް ކޯޓަށް ހާޟިރު ކުރުމުން ޝަރީޢަތް ނިމެންދެން އެމީހުން ބަންދުގައި ބޭތިއްބުމުގެ އަމުރު ދީފައިވާ ކަމަށެވެ.
03 Mar 2024
ދުނިޔެ
ސްޕެއިންގެ ބްލޮގަރ ރޭޕްކުރި މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފި
މިދިޔަ ހުކުރު ދުވަހު ސްޕެއިންގެ އަންހެން ޓްރެވަލް ބްލޮގަރަކު އިންޑިއާގައި ރޭޕްކުރި މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. ސްޕެއިންގެ މި ބްލޮގަރ އިންޑިއާއަށް ދިޔައީ، އޭނާގެ ފިރިހެން ޕާޓްނަރާއެކު ދެކުނު އޭޝިއާއަށް ކުރަމުންދާ ދަތުރުގައި ސްރީލަންކާގެ ޓުއާ ނިންމުމަށްފަހުއެވެ.
03 Mar 2024
ޚަބަރު
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ޤަވާއިދާއި ޚިލާފަށް ވަދެއުޅުނު ބޯޓެއް ހިފަހައްޓައިފި
ރާއްޖޭގެ ކަނޑުގެ ސަަރަހައްދުގައި ޤަވާއިދާއި ޚިލާފަށް މަސްވެރިކަން ކުރާ ބޭރުގެ ބޯޓު ފަހަރު ދޭތެރެ ދޭތެރެއިން ފެނި ކޯސްޓް ގާޑުން އެބޯޓުތައް ހިފަހައްޓާއިރު، ރޭ ހިފެހެއްޓި ބޯޓާއި ގުޅޭ ގޮތުން އިތުރު މައުލޫމާތެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.
03 Mar 2024
ޚަބަރު
އާރްޑީސީގެ ޚިޔާނާތުގެ މައްސަލަ ފުލުހުންނާއި އޭސީސީން ގުޅިގެން ބަލަން ފަށައިފި
ފުލުހުންގެ އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒު ވިދާޅުވީ، އާރްޑީސީގެ ޚިޔާނާއި ގުޅޭ 213 ޓްރާންސްސެކްޝަނެއް ފާހަގަވެފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް 3 މީހުން ފާހަގަވެފައި ވީނަމަވެސް އެމީހުންގެ މައްޗަށްވެސް އަދި ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ހޯދިފައި ނުވާކަމަށާއި، ޚިޔާނާތުގެ ޖުމުލަ އަދަދުވެސް ނޭނގޭ ކަމަށް ނާފިޒް ވިދާޅުވިއެވެ.
03 Mar 2024
ޚަބަރު
ކެނދިކުޅުދޫ ކައުންސިލްގެ ބަޔާން އަނބުރާ ގެންދިޔުމަށް އެލްޖީއޭއިންއެންގުމުން އެމްޑީޕީން އެކަން ކުއްވެރިކޮށްފި
އެލްޖީއޭއިން ޢަމަލުކުރިގޮތް ކުއްވެރިކޮށް އެމްޑީޕީން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ކައުންސިލްތަކާ ބެހޭ ވުޒާރާއެއް އުފައްދަވާނެކަން، އިއުލާނުކުރުމާ ހިސާބުންވެސް މި ޕާޓީއިން ފާޅުކުރި އެއް ކަންބޮޑުވުމަކީ ރައީސް ޑރ. މުއިއްޒުގެ އެ ނިންމެވުމަކީ ކައުންސިލްތަކަށް ނުފޫޒު ފޯރުވާ އެ ކައުންސިލްތަކަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރުން ދިން ގާނޫނީ ބާރުވެރިކަން ކަނޑުވާލުމަށް މަސައްކަތް ކުރެއްވުން ކަމަށް ވާކަން ކަމަށެވެ.
03 Mar 2024
ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާއި އެއްގޮތަށް މަޖިިލިސް ބޭއްވުމަށް ގޮވާލައި މަޖިލީހަށް މައްސަލަ ހުށައަޅައިފި
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް ގޮވާލައްވައި މެމްބަރު ހަސަން ލަޠީފް މަޖިލީހަށް މައްސަލަ ހުށައެޅުއްވި އިރު، ހުސްވި ހަފްތާގައި މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ވަނީ ބުދަ ދުވަހު އެކަންޏެވެ.
03 Mar 2024
ޚަބަރު
ފުލުހުން އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ތެރެއިން 103 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފި
03 Mar 2024
ޚަބަރު
ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ ވަގުތުން ލިބޭގޮތައް ބަދަލުކޮށްފި
ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އަށް އޮންލައިންކޮށް ހުށަހެޅުމުން ނަގުދު ފައިސާ ލިބޭ ގޮތަށް ވަގުތުން އެޕްރޫވަލް މިހާރު ލިބޭނެކަމަށް އެ ބޭންކުން ބުނެފިއެވެ. މިއީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބީއެމްއެލް އިސްލާމިކްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދާދި ފަހުން ގެނެވުނު ބަދަލެކެވެ.
03 Mar 2024
ޚަބަރު
ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުންޏަކަށް ދިރާގު
މިއަހަރުގެ އޭޝިއަން ޓެލެކޮމް އެވޯޑްސްގައި ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑް ދިރާގަށް ލިބިއްޖެއެވެ. އޭޝިއަން ޓެލެކޮމް އެވޯޑަސްއަކީ މި ސަރަހައްދުގެ މުވާސަލާތީ ސިނާއަތުގެ ކާބިޔާބީތައް ފާހަގަކޮށް، ޒަމާނީ ޑިޖިޓަލް މާހައުލެއް ބިނާކުރުމަށް ކުންފުނިތަކުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކޮށް ދޭ އެވޯޑެކެވެ.
03 Mar 2024
ޚަބަރު
ކެނދިކުޅުދޫ ކައުންސިލަށް އެލްޖީއޭގެ ސިޓީއެއް، އަންގާފައި ވަނީ އެކައުންސިލުން ނެރުނު ބަޔާން ބާޠިލްކުރުމަށް!
ކެނދިކުޅުދޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ، އެލްޖީއޭއިން ކައުންސިލަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި، އެސިޓީއާ ގުޅިގެން ކައުންސިލުން ޤާނޫނީ ލަފާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެލްޖީއޭގެ ސިޓީއަށް ކައުންސިލުން ދޭނެ ޖަވާބެ އަދި އެކަމުގައި އަމަލުކުރާނެ ގޮތެއް ނިންމާނީ އޭގެ ފަހުން ކަމުގައިވެސް އެ މެމްބަރުން ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ، އެލްޖީއޭގެ ސިޓީން ދޭހަވަނީ އެއީ، ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ލިބިދީފައިވާ ބާރުތައް ނުހަމަ ގޮތުގައި ބޭނުންކުރެއްވި ނަމަވެސް އެކަމާއި ގުޅޭ ގޮތުން އެއްވެސް ފަރާތަކަށް އެއްވެސް އެއްޗެއް ނުބުނެވޭނެކަމަށް އެންގި އެންގުމެއްގެ ގޮތުގައި ކަމަށެވެ.