Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

04 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

މިފަހަރު ރޯދަމަހު ކަރަންޓާއި ފެނަށް ބިލްކުރާނީ އާއްމު މަސްތަކުގައި ހުންނަ ވަރަށް: ރައީސް

ރޯދަމަހަކީ، އާއްމު ގޭބިސީތަކުގައި ކަރަންޓާއި ފެން ބޭނުންކުރާ މިންވަރު އިތުރުވެ، ބިލްތައް ބޮޑުވެގެންދާ މަހެއް ކަމަށްވީ ނަމަވެސް މިފަހަރުގެ ރޯދަމަހު، އާއްމު މަސްމަހުގައި ބިލްތައް ހުންނަ މިންވަރަށް ވުރެ ބޮޑުވެގެން ނުދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އަތޮޅުތެރެއަށް މިހާރު އެމަނިކުފާނު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ރޭ ބ. އޭދަފުށީ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިފަހަރުގެ ރަމަޟާން މަސްވެސް ދިމާވަނީ އަހަރުގެ ތެރޭގައި އަންނަ އެންމެ ހޫނު ދުވަސްވަރަށް ވުމާއި އެކު، އާއްމު ގޭބިސީތަކުން ކަރަންޓާއި ފެނަށް ކުރަންޖެހޭ ހޭދަ ބޮޑުވެގެން ދެއެވެ. އަދި ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވާތީ، އެކަމަށް ދުރާލައި ތައްޔާރުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

އޭދަފުށީ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަމަޟާންމަހު ކަރަންޓް ބިލާއި ފެންްބިލް ހުންނާނީ އާއްމު މަހެއްގައިވެސް ހުންނަ ވަރަށް ކަމަށެވެ.

"ރަމަޟާން މަހު، އާއްމުކޮށް ކަރަންޓް ބިލާއި ފެންބިލް ބޮޑުވޭ. އެއީ ދެން ނެޓުރަލީ އެކަން ވާގޮތް. ވަރަށް ތަކްލީފް ބޮޑުވާކަމެއް އެއީ. މިފަހަރު އެހެންނެއް ނުވާނެ. އާއްމު މަހެއްގައި އެހުންނަ ރޭޓުގައި ކެޕްކޮށްފައި، މާނައަކީ އެއަށްވުރެ މައްޗަކަށް ނުދާނޭ. އާއްމު މަހެއްގައި ހުންނަ ވަރަށް ރަމަޟާންމަހު ކަރަންޓް ބިލާއި ފެންބިލް ހުންނާނީ."

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެކަން އެގޮތަށް ކުރުމަށް ފެނަކަ ކޯޕަރޭޝަނާއި، ސްޓެލްކޯއަށް އަދި އެމްޑަބުލިޔުއެސްސީއަށް އަންގާފައި ވާކަމަށެވެ. އަދި އެގޮތަށް ހަމަޖައްސާނެ ކަމުގެ ޔަޤީންކަން އެތިން ކުންފުނީގެ ވެރިންވެސް ދެއްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިތުރަށް ލޯޑު ބޮޑުވިޔަސް ރައްޔިތުންގެ އަތުން އިތުރަށް އެއްޗެއް ނުނަންގަވާނެ ކަމަށެވެ. އަދި އެއީވެސް ރައްޔިތުންނަށް ލުޔެއް ދޭންވެގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ސްޓެލްކޯއިން ފެނުގެ ޚިދުމަތް ދެމުން އަންނަ ރަށްރަށުގައި، ފެނުގެ ކަނެކްޝަން ފީގެ ގޮތުގައި ކޮންމެ މަހަކު ނަގަމުން އަންނަ -/30ރ ގެ ފީވެސް އަންނަމަހުން ފެށިގެން ނުނަގާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ޔޫޓިލިޓީ ކުންފުނިތަކުގެ ރެކޯޑްތަކަށް ބަލާއިރު، އާއްމުކޮށް ރޯދަމަހު، ފެނާއި ކަރަންޓް ބޭނުންކުރާ މިންވަރު އެތައް ގުނައަކަށް އިތުރުވެގެންދެއެވެ. އެކަމުގެ ސަބަބުން ކަރަންޓާއި ފެން އުފެއްދުމަށް ޔޫޓިިލިޓީ ކުންފުނިތަކުން ކުރަންޖެހޭ ހޭދަވެސް އެތައް ގުނައަކަށް އިތުރުވެގެންދާއިރު، ކުންފުނިތަކަށް އުނިވާ ބައި ހަމަޖައްސާނެ ގޮތެއް ރައީސް ވިދާޅެއް ނުވެއެވެ. ރާއްޖެ އޮތީ އިޤުތިޞާދީ ގޮތުން ނާޒުކު ފައްތަރެއްގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ވިދާޅުވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.