Advertisement

ނ. ކެނދިކުޅުދޫ ކައުންސިލް މެމްބަރުން ރައީސާއިއެކު --

03 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ކެނދިކުޅުދޫ ކައުންސިލަށް އެލްޖީއޭގެ ސިޓީއެއް، އަންގާފައި ވަނީ އެކައުންސިލުން ނެރުނު ބަޔާން ބާޠިލްކުރުމަށް!

ރައީސުލްޖުމްހޫރިއްޔާ، ޑރ މުޙައްމަދު މުއިއްޒު ސިޔާސީ ކެމްޕޭނަށް، ދައުލަތުގެ ވަސީލަތްތަކާއި ތަކެތި، އަދި މުވައްޒަފުން ބޭނުންކުރާ ކަމަށް ބެލެވޭތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާޠިލްކުރަން އަންގައި، އެލްޖީއޭއިން އެކައުންސިލަށް ސިޓީއެއް ފޮނުވައިފިއެވެ.

ކެނދިކުޅުދޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ، އެލްޖީއޭއިން ކައުންސިލަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި، އެސިޓީއާ ގުޅިގެން ކައުންސިލުން ޤާނޫނީ ލަފާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެލްޖީއޭގެ ސިޓީއަށް ކައުންސިލުން ދޭނެ ޖަވާބެ އަދި އެކަމުގައި އަމަލުކުރާނެ ގޮތެއް ނިންމާނީ އޭގެ ފަހުން ކަމުގައިވެސް އެ މެމްބަރުން ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ، އެލްޖީއޭގެ ސިޓީން ދޭހަވަނީ އެއީ، ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ލިބިދީފައިވާ ބާރުތައް ނުހަމަ ގޮތުގައި ބޭނުންކުރެއްވި ނަމަވެސް އެކަމާއި ގުޅޭ ގޮތުން އެއްވެސް ފަރާތަކަށް އެއްވެސް އެއްޗެއް ނުބުނެވޭނެކަމަށް އެންގި އެންގުމެއްގެ ގޮތުގައި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުޢިއްޒު އަތޮޅުތެރެއަށް މިހާރު ކުރައްވަމުން ގެންދަވާ، ދަތުރުފުޅަކީ، ރަސްމީ ދަތުރުފުޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވި ނަމަވެސް އެދަތުރުފުޅުގައި، ސަރުކާރުގެ ރަސްމީ އެއްވެސް ހައިސިއްޔަތެއް ނެތް ބޭފުޅުންނާއި، އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވަމުންދާތީ އާއި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާއި ބައްދަލުކުރައްވައި ދައްކަވާ ވާހަކަފުޅުތަކުގައި، ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވާކަމުގައި ވިދާޅުވެ ސީދާގޮތުން އިންތިޚާބުގެ ވާހަކަފުޅު ދައްކަވާތީ، އެދަތުރުުފުޅުތަކަކީ ކެމްޕޭން ދަތުރުފުޅުތަކެއް ކަމުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުންނާއި ކައުންސިލްތަކުންވެސް ވަނީ ފާހަގަކޮށްފައެވެ.

ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނުގައިވެސް މައިގަނޑު ގޮތެއްގައި ކަންބޮޑުވުން ފާޅުކޮށްފައި ވަނީ އެކަމާއި ގުޅޭ ގޮތުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.