Advertisement

ރައްޔިތުންގެ މަޖިލިސް --

04 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ އޮންނާނެ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ އޮންނާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އާއްމުކޮށް ބާއްވަމުން އަންނަ ތާވަލާއި އެއްގޮތަށް ނުބާއްވާއިރު، މިދިޔަ ހަފްތާގައިވެސް ބާއްވާފައި ވަނީ މަޖިލީހުގެ އެންމެ ޖަލްސާއެއްކެވެ. 

މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވީ ނަމަވެސް މަޖިލީހުގެ ޖަލްސާގެ އެޖެންޑާ އަދި އާއްމުކޮށްފައެއް ނުވެއެވެ.

މަޖިލީހުގެ އާއްމު އުސޫލަކީ ހަފްތާގެ ތިން ދުވަހު ޖަލްސާތައް ބޭއްވުން ނަމަވެސް، މަޖިލީހުގެ ޖަލްސާތައް މިދުވަސްވަރު މަދުކޮށްލުމަށް ނިންމާފައި ވަނީ، ދަ ޑިމޮކްރެޓްސް ފިޔަވައި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރުން އެކަމަށް އެއްބަސްވެވަޑައިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވުން މަދުކޮށްލީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މާރިޗު 17ގައި ބޭއްވުމަށް ކުރިން ނިންމާފައި އޮއްވައެވެ. އެހެން ނަމަވެސް އާއްމު އިންތިޚާބާއި ބެހޭ ޤާނޫނަށް ގެނައި އިސްލާޙް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާއި އެކު، އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ މަޖިލީހުގެ އިންތިޚާބު ބާއްވާ ތާރީޚަކީ، އޭޕްރީލް މަހުގެ 21 ވަނަ ދުވަސް ކަމުަގައި ހަމަޖައްސައި އިއުލާނުކޮށްފައެވެ.

 ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ މަޖިލީހުގެ ޖަލްސާތައް ޤަވައިދުން ނުބާއްވާތީ އެކަމުގެ ކަންބޮޑުވުންފާޅުކުރައްވާފައެވެ. އަދި އެކަމާއި ގުޅިގެން މަޖިލީހަށް ޙަސަން ލަޠީފް ވަނީ ބުރާސްފަތި ދުވަހު މައްސަލައެއްވެސް ހުށައަޅުއްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.