Advertisement

އެމްއެންޑީއެފްއިން ހިފެހެއްޓި ބޯޓު ---

03 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ޤަވާއިދާއި ޚިލާފަށް ވަދެއުޅުނު ބޯޓެއް ހިފަހައްޓައިފި

ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަހައްދަށް ޤަވާއިދާއި ޚިލާފަށް ވަދެ އުޅުނު ބޭރުގެ މަސްބޯޓެއް ހިފަހައްޓާފައިވާ ކަމުގައި އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކަނޑުގެ ސަަރަހައްދުގައި ޤަވާއިދާއި ޚިލާފަށް މަސްވެރިކަން ކުރާ ބޭރުގެ ބޯޓު ފަހަރު ދޭތެރެ ދޭތެރެއިން ފެނި ކޯސްޓް ގާޑުން އެބޯޓުތައް ހިފަހައްޓާއިރު، ރޭ ހިފެހެއްޓި ބޯޓާއި ގުޅޭ ގޮތުން އިތުރު މައުލޫމާތެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ރޭ ސިފައިން ހިފެހެއްޓި މަސްބޯޓަކީ އިންޑިއާއަށް ނިސްބަތްވާ ބޯޓެކެވެ. އެހެން ނަމަވެސް އެކަން އެމްއެންޑީއެފުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މިދިޔަ މަހު، އިންޑިއާގެ ދެ މަނަވަރެއްވެސް ވަނީ ރާއްޖޭގެ ސަރަހައްދަށް ޤަވާއިދާއި ޚިލާފަށް ވަދެ، ރާއްޖޭގެ މަސްދޯނިތަކަށް އަރައި، އެ މަސްދޯނިތައް ބަލައި ފާސްކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.