Advertisement

އިންތިޚާބުގެ މަސައްކަތުގައި އިލެކްޝަންސްގެ އޮފިޝަލުން ހަރަކާތްތެރި ވަނީ -- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

04 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

އާއްމު އިިންތިޚާބާއި ބެހޭ ޤާނޫނަށް ގެނައި އިސްލާޙާއި އެކު ބައި އިލެކްޝަންތައްވެސް ފަސްކޮށްފި

މިއަހަރުގެ ރޯދަމަހުގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ހަމަޖައްސަވާފައި އޮތް ބައެއް ބައި އިލެކްޝަންތައްވެސް، އާއްމު އިިންތިޚާބާއި ބެހޭ ޤާނޫނަށް ގެނައި އިސްލާޙާއި އެކު ފަސްކުރެވިފައިވާ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ޙަބީބު ވިދާޅުވީ، 2024 މާރޗް 17 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކުރައްވާފައިވާ ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު، ނ. ވެލިދޫ ކައުންސިލްގެ މެންބަރު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނާއި، 2024 މާރޗް 30 ވަނަ ދުވަހު ބާއްވަން އިޢުލާން ކުރައްވާފައިވާ، މ. މަޑުއްވަރީ ކައުންސިލް ގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން ދެން އޮންނާނީ 2024 އެޕްރީލް 21 ވާ އާދިއްތަ ދުވަހުގައި ކަމަށެވެ. އެދުވަހަކީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުވެސް ބާއްވަން ހަމަޖައްސާފައިވާ ދުވަހެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ޙަބީބު ވިދާޅުވީ، ބައި-އިލެކްޝަންތައް ބޭއްވުންވެސް ފަސްކުރީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގައި، އެއްވެސް އިންތިޚާބެއް ރޯދަމަހު ބާއްވައިގެން ނުވާނެ ކަމަށާއި، ރޯދަމަހުގައި އިންތިޚާބެއް ބާއްވަން ޖެހޭ ޙާލަތުގައި، އެ އިންތިޚާބެއް ބާއްވަންވާނީ ރޯދަމަސް ނިމި، 10 ދުވަސް ފަހުން ކަމަށް ކަނޑައެޅުއްވުމާ ގުޅިގެން ކަމަށެވެ.

އަދި މި 3 ބައި-އިލެކްޝަން ގެ ވޯޓުލުން ފެށޭނީވެސް ހެނދުނު 08:00 ން ހަވީރު 04:00 އަށް ކަމަށާއި، ވޯޓުގުނަން ފަށާނީ އެދުވަހުގެ ހަވީރު 4:30 ގެ ފަހުން ކަމުގައިވެސް ޙަބީބު ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.