Advertisement

03 Mar 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

ނަވާޒް ޝަރީފްގެ ކޮއްކޮ ޝެހެބާޒް ޝަރީފް ދެވަނަ ދައުރަކަށް ޕާކިސްތާނުގެ ޕްރައިމް މިނިސްޓަރަކަށް ހޮވިއްޖެ

މިދިޔަ މަހު ޕާކިސްތާނުގައި ބޭއްވި، މައްސަލަ ބޮޑު ޕާލަމެންޓު އިންތިހާބަށްފަހު އަނެއްކާވެސް ޝެހެބާޒް ޝަރީފް އެ ގައުމުގެ ބޮޑު ވަޒީރުކަމަށް ގައުމީ މަޖިލީހުން ހޮވައިފިއެވެ.

ނިމިދިޔަ ފެބުރުވަރީ މަހުގެ 8 ވަނަ ދުވަހު ޕާކިސްތާނުގައި ބޭއްވި ޕާލަމެންޓު އިންތިހާބުގައި ވޯޓު އޮޅުވާލާފައިވާކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. މި އިންތިހާބުގެ ނަތީޖާ ވެސް އިއުލާންކޮށްފައިވަނީ ދިގު ދައްމާލުމަށްފަހުއެވެ

އާދީއްތަ ދުވަހު ޕާކިސްތާނުގެ ގައުމީ މަޖިލީހުގައި ބޮޑު ވަޒީރަކު އައްޔަން ކުރުމަށް ނެގި ވޯޓު ޝެހެބާޒް ޝަރީފް ކާމިޔާބުކޮށްފައިވަނީ 201 ވޯޓުންނެވެ. އޭނާއާއި އެންމެ ކައިރިން ވާދަކުރި އޮމަރު އައްޔޫބު ޚާނަށް ލިބުނީ 92 ވޯޓެވެ. ޖުމްލަ 336 މެމްބަރުން ތިބޭ މި މަޖިލީހުގައި ޕްރައިމް މިނިސްޓަރަކު އައްޔަން ކުރުމަށް މަދުވެގެން 169 ވޯޓު ބޭނުންވެއެވެ.

ގައުމީ މަޖިލިސް އިންތިހާބުގައި އައްޔޫބު ޚާނަށް ސަޕޯޓުކޮށްފައިވަނީ ސުންނީ އިއްތިހާދު ކައުންސިލް (އެސްއައިސީ) އިންނެވެ. އެސްއައިސީއަކީ، ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާންގެ ޕާކިސްތާން ޓަހްރީކް އިންސާފް (ޕީޓީއައި) ޕާޓީއަށް ނިސްބަތްވާ ސިޔާސީ ގްރޫޕްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ހިމެނޭ ކައުންސިލެކެވެ

އުމުރުން 72 އަހަރުގެ ޝެހެބާޒް ޝަރީފް އަކީ ޕާކިސްތާނުގެ ބޮޑު ވަޒީރުގެ މަގާމު މިދިޔަ ދައުރުގައި ވެސް ފުރުއްވި ފަރާތެވެ. އޭނާއަކީ ދިން ދައުރު ޕާކިސްތާނުގެ ބޮޑު ވަޒީރުކަން ކުރެއްވި ނަވާޒް ޝަރީފްގެ ކޮއްކޮއެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.