ޚަބަރު
02 Mar 2024
ޚަބަރު
"ކޭލި" ސޮފްޓްވެއާ އާއިއެކު ޝާރުއީ ދާއިރާއަށް އިންގިލާބީ ބަދަލެއް
ކޯޓުގައި ޝަރީއަތްތައް ހިނގަމުންދާ ވަގުތު، ދިވެހި ބަހުން ދެކެވޭ ވާހަކަތައް ވަގުތުން ވަގުތަށް ލިޔެވޭ "ކޭލި" ސޮފްޓްވެއާ މިއަދު ތައާރަފްކޮށްފިއެވެ. މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި ސޮފްޓްވެއާ އިފްތިތާހުކޮށްދެއްވީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.
02 Mar 2024
ޚަބަރު
މި މަސް ތެރޭގައި އެއާ އެމްބިއުލެންސްއެއްގެ ގޮތުގައި ސީޕްލޭނެއް ވެސް ދުއްވަން ފަށާނެ: ރައީސުލްޖުމްހޫރިއްޔާ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެއާ އެމްބިއުލެންސްގެ ސީޕްލޭންގެ ޚިދުމަތަކީ މެޑިކަލް އިވެކުއޭޝަންގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ މަގުސަދުގައި ސަރުކާރުން ފައްޓަވާ ޚިދުމަތެއް ކަމަށެވެ. އަދި އޭރުން، ދުވާލު ގަޑީގައި ކުރިމަތިވާ ސިއްހީ ކުއްލި ހާލަތްތަކުގައި އެއާޕޯޓެއް ނެތް ރަށްރަށަށް ވެސް އެއާ އެމްބިއުލެންސްގެ ޚިދުމަތް ފުޅާވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
02 Mar 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ރ އަދި ބ އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅު ފައްޓަވައިފި
މި ދަތުރުފުޅުގައި 2 އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، ވަގުތު ލިބިވަޑައިގަތް މިންވަރަކުން 2 އަތޮޅުގެ ގިނަ ރަށްތަކުގެ ކައުންސިލްތަކާއި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައިވާކަމަށް ހާމަކޮށްފައިވެއެވެ. އަދި މި 2 އަތޮޅުގެ އަތޮޅު ކައުންސިލާވެސް ބައްދަލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވެއެވެ.
02 Mar 2024
ޚަބަރު
އީދު ނަމާދު ފަށާ ގަޑި އަވަސްކުރުމަށް މަޝްވަރާކުރަނީ
އީދު ނަމާދު ފަށާ ގަޑި އަވަސްކުރުމުގެ މަޝްވަރާ އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީދު ނަމާދު ޖަމާއަތް ފެށޭ ގަޑި އަވަސްކުރުމާ މެދު މަޝްވަރާކުރަމުންދާކަމަށެވެ.
02 Mar 2024
ޚަބަރު
އެއާ އެމްބިއުލެންސްގެ ފުރަތަމަ ދަތުރު ކުޅުދުއްފުށިން މާލެއަށް
ބޯޓުގެ ފުރަތަމަ ދަތުރަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އޮތް ބަލިމީހަކު، އިތުރު ފަރުވާއަށް މާލެ ގެނައުމަށް ކުރި ދަތުރެކެވެ. މި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވަނީ ރޭ މެންދަމުން އަނބުރާ 3:40 ހާއިރުއެވެ.
02 Mar 2024
ޚަބަރު
ކުރިއަށްއޮތް 24 ގަޑިއިރުވެސް އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށް ލަފާކޮށްފި
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި ވައި ގަދަވާނެތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
01 Mar 2024
ޚަބަރު
މިސަރުކާރުން ކުރަމުން ދަނީ ޚުދުމުޚުތާރު ވެރިކަމަކަށް ބަދަލުކުރުމުގެ މަސައްކަތް: ރައީސް ޞާލިޙް
ރައީސް ޞާލިޙް ވިދާޅުވީ، މިސަރުކާރުން އެންމެ ފުރަތަމަ ކުރި ކަމަކީ ނޫސްވެރިކަމުގެ މިނިވަންކަން ހުއްޓުވުމަށްޓަކައި މަސައްކަތް ކުރުން ކަމަށާއި، އެގޮތުން ނޫސް ވެބްސައިޓްތައް ސަރުކާރުން ބްލޮކްކުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ ސަރުކާރުން ހުރިހާ އޮންލައިން ނޫސްވެބްސައިޓްތައް ބަންދުކުރާނެ ކަމަށާއި އެސަބަބަށްޓަކައިވެސް އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ހޯދުން މުހިއްމު ކަމުގައި ރައީސް ޞާލިޙް ވިދާޅުވިއެވެ.
01 Mar 2024
ޚަބަރު
އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަނި ސަލާމަތީ ގޮތުން ރައްކާތެރި ބޯޓެއް: އައިއޭއެސް
ޤައުމީ އެއާލައިން މޯލްޑިވިއަން ހިންގާކުންފުނި އައިލެންޑް އޭވިއޭޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެއާ އެމްބިއުލާންސްގެ ގޮތުގައި މިއަދު ބޭނުން ކުރަންފެށި ޑޭޝް-8 މަރުކާގެ މަތިންާ ބޯޓަކީ ސަލާމަތީ ގޮތުން ރައްކާތެރި ބޯޓެއް ކަމަށެވެ. އެކުންފުނިން މިބަޔާން ނެރުނީ، އެބޯޓުގެ ސަލާމަތާއި ރައްކާތެރިކަމާއި މެދު ސުވާލު އުފައްދައި، ސޯޝަލްމީޑިއާގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވާހަކަތައް ފަތުރަމުން ގެންދާތީއެވެ.
01 Mar 2024
ޚަބަރު
މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީން ޕައިލެޓުން ތަމްރީން ކުރަނީ ޔޫރަޕްގެ ސްޓޭންޑަރޑްއަށް: ޒައިދު
މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީން އޭޕްރީލް އިންޓޭކްގައި ފަށާ ޕައިލެޓް ޓްރޭނިންގކޯހާއި ގުޅޭ ގޮތުން، "ނޫން"އަށް މައުލޫމާތު ދެއްވަމުން، ޒައިދު ވިދާޅުވީ، ރާއްޖޭގެ ސިވިލްއޭވިއޭޝަންގެ ޤާނޫނާއި ޤަވާއިދުތަކަކީ، ޔޫރަޕިއަންގެ މަދަނީ ވައިގެ ދަތުރުފަތުރު ކުރުމުގެ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށް ލިޔެފައިވާ ޤާނޫނާއި ޤަވާއިދުތަކެއް ކަމަށެވެ. އެހެންކަމުން މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ޕްރޮފްރާމްތައްވެސް ހެދިފައި ވަނީ އެމިންގަނޑުތަކަށް ކަމަށް ވުމާއިއެކު، މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީން ނިމޭ ދަރިވަރަކުވެސް އެތަމްރީން ނިންމާލަނީ، ޔޫރަޕްގައި ހުންނަ ފްލައިން ސްކޫލެއްގެ ދަރިވަރަކުވެސް ނިންމާ ފެންވަރުގައި ކަމަށް ޒައިދު ވިދާޅުވިއެވެ.
01 Mar 2024
ޚަބަރު
މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ އޭޕްރީލް އިންޓޭކްގެ ކޯހުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފި
އޭޕްރީލް އިންޓޭކްގައި ފަށާ މިކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ އަސާސީ ޝަރުޠުތަކުގެ ތެރޭގައި، އުމުރުން 17 އަހަރު ފުރިފައި ވުމާއި، މެޑިކަލްއިން ފާސްވުމާއި، ލެވެލް ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިހާނަކުން ފިޒިކްސްއާއި މެތަމެޓިކްސް އާއި އިނގިރޭސި ފާސްވެފައިވުން ހިމެނެއެވެ. އެހެން ނަމަވެސް ސައިންސް ސްޓްރީމް ކިޔަވާފައި ނުވާ ދަރިވަރުންނަށްވެސް، މޯލްޑިވްސް އޭވިއޭޝަން އެކަޑަމީން ދޭ އިމްތިހާނު ފާސްވެގެން ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނެއެވެ.
01 Mar 2024
ޚަބަރު
ކެޓް ޝެލްޓަރ އަޅާނެ ބަޔަކު ހޯދަން އިއުލާންކޮށްފި
ކެޓް ޝެލްޓަރ ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިޢުލާންކޮށްފިއެވެ. މި ކެޓް ޝެލްޓަރ އަޅަނީ ހުޅުމާލެ ފަރުކޮޅުފުށި ސަރަހައްދުގައެވެ.
01 Mar 2024
ޚަބަރު
މަޖިލީހުގެ %33 ގޮނޑި އަންހެނުންނަށް ޚާއްސަ ކުރުމަށް އިސްލާހެއް ހުށައަޅައިފި
ރައްޔިތުންގެ މަޖިލީހުގެ %33 ގޮނޑި އަންހެނުންނަށް ޚާއްސަ ކުރުމަށް ޤާނޫނަށް އިސްލާހު ގެނައުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އިސްލާހެއް ހުށަހަޅުއްވައިފިއެވެ. މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ބުދަ ދުވަހުއެވެ. މިއީ މަޖިލީހުގައި ތިއްބަވާ އަންހެން މެންބަރުންގެ އަދަދު އިތުރުކުރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް އޭނާ ވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައެވެ.
01 Mar 2024
ޚަބަރު
ސީރިއަސް މައްސަލަތަކަކާ ގުޅިގެން ގދ. ވާދޫގެ ހުރިހާ ކައުންސިލް މެމްބަރުން ސަސްޕެންޑުކޮށްފި
ގދ. ވާދޫ ކައުންސިލްގެ ރައީސް އާއި ނައިބް ރައީސް ހިމެނޭހެން، އެ އިދާރާގެ ދުސްތޫރީ އޮނިގަނޑު ގެއްލުވައިލާފަދަ ބޮޑެތި އަދި ގިނަ ކުށްތަކެއް ކޮށްފައިވާތީ، އެ ކައުންސިލްގެ ހުރިހާ މެމްބަރުން މުސާރަ ނުލިބޭގޮތަށް ވަޒީފާގެ ޒިންމާތަކުން ދުރުކޮށްފިއެވެ. ގދ. ވާދޫ ކައުންސިލްއާ ގުޅިގެން ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ)އަށް ލިބެމުން ދިޔަ ޝަކުވާތަކާ ގުޅިގެން، އެ އޮތޯރިޓީއިން ވަނީ އިންކުއަރީއެއް ހިންގާފައެވެ. އެގޮތުން، ވާދޫ ކައުންސިލްގެ 27 މައްސަލައެއް އެލްޖީއޭއިން ބަލާފައިވެއެވެ.
29 Feb 2024
ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޭޕްރީލް 21ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި
ކުރިން އިންތިޚާބު ބޭއްވުމަށް ހަމަޖައްސާފައި އޮތީ އަންނަ މާރިޗު މަހުގެ 17 ވަނަ ދުވަހުގައި ކަމަށް ވީ ނަމަވެސް އިންތިޚާބު އިލެކްޝަންސް ކޮމިޝަނުން އޭޕްރީލް 21އަށް ލަސްކުރީ، ރޯދަމަހު އިންތިޚާބުތައް ނުބާއްވާ ގޮތަށް، އާއްމު އިންތިޚާބާއި ބެހޭ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ދެވަނަ ފަހަރަށް ފާސްކޮށް އެބިލް މިރޭ ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވަިއ ގެޒެޓްކުރެއްވުމާއި ގުޅިގެން، އިންތިޚާބު ބާއްވާ ތާރީޚް ފަސްކުރުމަށް ޤާނޫނުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ލާޒިމް ވުމުންނެވެ.
29 Feb 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ބިލް ތަސްދީޤުކުރައްވައިފި، އިންތިޚާބު ދެން އޮންނާނީ ރޯދައިގެ ފަހުން
އަދި، ރޯދަމަހު މި އިންތިޚާބު ބޭއްވުމަކީ ބޭނުންފުޅުވެވަޑައިގަންނަވާކަމެއް ނޫންކަމަށާ، އިންތިޚާބު ރޯދައިގެކުރީން ބޭއްވުމަށް މީގެކުރީންވެސް އެދިވަޑައިގެންފައިވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
29 Feb 2024
ޚަބަރު
އެމްޑީޕީގެ ތާއީދު ޢަލީ ޒާހިރަށް
ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާއަށް ޢަލީ ޒާހިރު އަމިއްލަ ގޮތުން ވާދަކުރައް ވާއިރު، އެދާއިރާ ހިމެނެނީ އެމްޑީޕީގެ އެއްވެސް މެމްބަރަކު ވާދަނުކުރައްވާ ދާއިރާތަކުގެ ތެރޭގައެވެ.