Advertisement

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް --

01 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

މިސަރުކާރުން ކުރަމުން ދަނީ ޚުދުމުޚުތާރު ވެރިކަމަކަށް ބަދަލުކުރުމުގެ މަސައްކަތް: ރައީސް ޞާލިޙް

ވެރިކަމަށް އައިގޮތަށް މިސަރުކާރުން ދަނީ ޑިމޮކްރެޓިކް ނިޒާމް ހަލާކުކޮށްލައި ޚުދުމުހުތާރު ވެރިކަމެއް ޤާއިމްކުރުމަށް މަސައްކަތް ކުރަމުން ކަމުގައި ކުރީގެ ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީގެ މަޖިލިސް ކެމްޕޭނުގެ ތެރެއިން މިރޭ އެޕާޓީގެ ހަރުގޭގައި ބޭއްވި، "ދޮގު ދޮލަނގު" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވީ، މިސަރުކާރު ވެރިކަމަށް އައުމާއި އެކީގައި ފުރަތަމަ ކުރަންފެށި ކަމަކީ، ފައްކާވެފައި އޮތް ހަލާކުކޮށްލައި ޚުދު މުޚުތާރުވެރިކަމެއް ޤާއިމް ކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ދޮގުހަދައި އޮޅުވާލުމުގެ އިތުރަށް، ޤާނޫނު އަސާސީން ދީފައިވާ ޙައްޤުތައް ހިފެހެއްޓުމުގެ މަސައްކަތްވެސް މިސަރުކާރުން ކުރަމުން އަންނަ ކަމުގައި ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، މިސަރުކާރުން އެންމެ ފުރަތަމަ ކުރި ކަމަކީ ނޫސްވެރިކަމުގެ މިނިވަންކަން ހުއްޓުވުމަށްޓަކައި މަސައްކަތް ކުރުން ކަމަށާއި، އެގޮތުން ނޫސް ވެބްސައިޓްތައް ސަރުކާރުން ބްލޮކްކުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ ސަރުކާރުން ހުރިހާ އޮންލައިން ނޫސްވެބްސައިޓްތައް ބަންދުކުރާނެ ކަމަށާއި އެސަބަބަށްޓަކައިވެސް އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ހޯދުން މުހިއްމު ކަމުގައި ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ސާލިޙް ވިދާޅުވީ، ޑިމޮކްރެޓިކް ނިޒާމް ހަލާކުކޮށްލުމަށް މިސަރުކާރުން ކުރި ދެވަނަ މަސައްކަތަކީ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލަން މަސައްކަތް ކުރުންކަމަށެވެ. 

"ޑިމޮކްރަސީއެއްގައި ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ އަޑު. ރައްޔިތުންގެ ފަރާތުން ވަކާލާތުކޮށް، ރައްޔިތުންގެ ފަރާތުން ބަސްބުނަން އޮތްތަން. އެތަނުގެ އަގުވައްޓާލައި، ޤާނޫނު އަސާސީން ލިބިދީފައިވާ ބާރުތައް ނިގުޅައިގަތުމަށްޓަކައި މަސައްކަތް ކުރަނީ. އެގޮތުން ފުރަތަމަ ކުރެއްވި ކަމަކީ، އެތައް ބުރަ މަސައްކަތަކުން އަޅުގަނޑުމެން އެމްޑީޕީން ހޮވާފައި ތިބި މެމްބަރުން ތަކެއް، އެކުރިކަމެއް ކޮށްގެން ދިޔުން. 12 ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ގެންގޮސްފި. ފެންފޮދެއް ބޯލާހެން އެކަންކޮށް ނިންމާލައިފި."

އިބްރާހީމް މުޙައްމަދު ޞާލިޙް - ކުރީގެ ރައީސުލްޖުމްހޫރިއްޔާ

ރައީސް ޞާލިޙް ވިދާޅުވީ، އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަގުވައްޓާލައި ބާރު ކަނޑުވާލުމަށްޓަކައި ކުރެއްވި ފުރަތަމަ ކަންތައް ކަމަށެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައި އޮތް އޮތުން އުވާލުމަކީ، މަޖިލީހުގެ ޤަދަރާއި ހައިބަތަށް އިހްތިރާމްކުޑަކޮށް އެއީ އެއްވެސް ކަމެއް ނޫންކަމަށް ހެދުންކަމުގައިވެސް ރައީސް ޞާލިހް ފާހަގަކުރެއްވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ރޯދަމަހު އިންތިޚާބު ބޭއްވުމަށް ބާރުއަޅައި ނުފޫޒު ފޯރުވުމަކީވެސް ސަރުކާރުން ޑިމޮކްރެޓިކް ނިޒާމް ހަލާކުކޮށްލުމަށް ކުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި އެއީ އެތައްބައެއްގެ ހައްޤެއް ނިގުޅައިގަތުމަށް ކުރެއްވި މަސައްކަތެއް ކަންވެސް ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިހާރު އިންތިޚާބު ބޭއްވުމަށް އަލުން ކަނޑައަޅާފައިވާ އޭޕްރީލް މަހުގެ 21 ވަނަ ދުވަހަކީ، ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަނުޖައްސަވައި އޮތުމަކީވެސް ނުފޫޒު ފޯރުވުންކަމާއި، ރާއްޖޭގައި ބޮޑެތި އިންތިޚާބުތައް ބާއްވާ ދުވަހަކީ، ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވަމުން އައިކަންވެސް ރައީސް ޞާލިޙް ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެ ހަމަމަގަށް އެޅުވުމަށް، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް، ތާއީދުކޮށް، މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ހޯދުމަށް ރައީސް ޞާލިޙް ވަނީ، އެމްޑީޕީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.