Advertisement

މޯލްޑިވިއަންގެ ފްލައިޓް ތަކެއް ވެލާނާ އެއާޕޯޓުގައި ---

01 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ އޭޕްރީލް އިންޓޭކްގެ ކޯހުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފި

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ އޭޕްރީލް އިންޓޭކްގެ ކޯސްތަކަށް ހުޅުވާލައިފިއެވެ.

ނޫންޑޮޓްއެމްވީއަށް ދެއްވި ބަސްދީ ގަތުުމުގައި، އައިލެންޑް އޭވިއޭޝަންގެ، ޗީފް އިންޖިނިއަރ އިން ޖެނެރަލް އޭވިއޭޝަން، އަޙްމަދު ސުމާން ރަފީޤު ވިދާޅުވީ، މިއިންޓޭކްގައި ކުރިޔަށް ގެންދާނީ، މޯލްޑިވްސް އޭވިއޭޝަން އެކަޑަމީން ހިންގާ ޕައިލެޓުން ތަމްރީން ކުރުމުގެ ކޯސްކަމަށެވެ. މިކޯހުގެ މުއްދަތަކީ އެއް އަހަރު ކަމަށާއި، އޭގެ ތެރެއިން ފުރަތަމަ 6 މަސްދުވަހު ދަރިވަރުން އުޅޭނީ ގްްރައުންޑް ޓްރޭނިންގގައި ކަމަށާއި، ގްރައުންޑް ޓްރޭނިންގައި 36 މޮޑިއުލެއް ކިޔަވައިދޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި ފުރަތަމަ ހަމަސްދުވަހުގެ ތަމްރީންތަކާއި ތިޔަރީޓެސްޓްތަކުން ފާސްވުމަށް ފަހުގައި ފަހު 6 މަސް ދުވަހުގައި ކުރިޔަށްދާނީ، އުދުހުމުގެ ތަމްރީންތައް ކަމުގައި އޭނާ ވިދާޅުވިއެވެ.

އޭޕްރީލް އިންޓޭކްގައި ފަށާ މިކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ އަސާސީ ޝަރުޠުތަކުގެ ތެރޭގައި، އުމުރުން 17 އަހަރު ފުރިފައި ވުމާއި، މެޑިކަލްއިން ފާސްވުމާއި، ލެވެލް ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިހާނަކުން ފިޒިކްސްއާއި މެތަމެޓިކްސް އާއި އިނގިރޭސި ފާސްވެފައިވުން ހިމެނެއެވެ. އެހެން ނަމަވެސް ސައިންސް ސްޓްރީމް ކިޔަވާފައި ނުވާ ދަރިވަރުންނަށްވެސް، މޯލްޑިވްސް އޭވިއޭޝަން އެކަޑަމީން ދޭ އިމްތިހާނު ފާސްވެގެން ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނެއެވެ.

ޕައިލެޓް ޓްރޭނިންގ ކޯހަކީ، ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް އަގު ބޮޑު ކޯސްތަކެއް ނަމަވެސް މޯލްޑިވިއަން އޭވިއޭޝަންގެ އަގުތައް އެވްރެޖްކޮށް ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު ހެޔޮވާނެ ކަމަށާއި، އަދި ކޯހަށް ފައިސާ ދެއްކުމުގައި، ލުއިގޮތްތައް ހަމަޖައްސައިދެވިފައި ވާނެ ކަމުގައިވެސް ސުމާން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކޯސްފީއަކަށް ސެޓްކޮށްފައި މިހާރު އޭޕްރީލް އިންޓޭކަށް މިއިނީ، -/971000ރ . މީގައި ޓްރެއިނިންގ ޕްރޮޮގްރާމްގެ އިތުރުން ކަވަރ ވާނެ... ދެން ފުލް ކޯސް ފީ މިިއޮންނަނީ 4 ސްޓޭޖަކަށް ބަހާލާފައި"

ޗީފް އިންޖިނިއަރ އިން ޖެނެރަލް އޭވިއޭޝަން، އަޙްމަދު ސުމާން ރަފީޤު --

ކޯހާއި ގުޅޭ އިތުރު މައުލޫމާތު ހިއްޞާކުރެއްވީ، ޗީފް އިންޖިނިއަރ އިން ޖެނެރަލް އޭވިއޭޝަން، އަޙްމަދު ސުމާން ރަފީޤު --

ސުމާން ވިދާޅުވީ ކޯހުގެ ފީ، ކޯހުގެ މުއްދަތުގެ ތެރޭގައި 4 އިންސްޓޯލްމެންޓަކަށް ބަހާލައިގެން ދެއްކޭނެ ކަމަށެވެ. އަދި ޕައިލެޓްކަން ކިޔަވާ ދަރިވަރުންނަށް، ސަރުކާރުން ހުޅުވާލި ސްޓޫޑެންޓް ލޯން ސްކީމްގައިވެސް 10 ފުރުޞަތެއް މިހާރު ހުޅުވާލާފައި އޮތުމާއިއެކު، ކޯހަށް ބޭނުންވާ ފައިސާ ދެއްކުމަށް އެއީވެސް އިޚްތިޔާރު ކުރެވޭނެ މަގެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީއަކީ، 2021 ވަނަ އަހަރު އުފެއްދި އެކަޑަމީއަކަށް ވާއިރު، އެ އެކަޑަމީގައި މިހާރު ވަނީ، ޕައިލެޓުން ތަމްރީން ކުރުމުގެ 3 ބެޗް ނިމި، 35 ފަރާތުން، ޕައިލެޓް ލައިސަންސް ހޯދާފައެވެ. މިހާރުވެސް 28 ދަރިވަރަކު އެ އެކަޑަމީގައި ޕައިލެޓްކޯސް ފުރިހަމަ ކުރަމުންދާއިރު، އޭޕްރީލް މަހުގައި ފަށާ، ކޯހުގައިވެސް ފުރުޞަތު ދޭނީ، ގިނަވެގެން 28 ދަރިވަރުންނަށެވެ. މިކޯހަށް އެދި ހުށައެޅުމުގެ ސުންގަނޑިއަކީ، މި މާރިޗު މަހުގެ 31 ވަނަ ދުވަހެވެ. ކޯހާއި ގުޅޭ އިތުރު މައުލޫމާތު، 7914242 އަށް ގުޅުއްވައިގެންނާއި، މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ސޯޝަލްމީޑިއާ އެކައުންޓްތަކުންނާއި، ވެބްސައިޓުން ލިބޭނެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.