Advertisement

ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު "ކޭލި" ސޮފްޓްވެއަރ އިފްތިތާހުކޮށްދެއްވަނީ، ފޮޓޯ: ޑީޖޭއޭ

02 Mar 2024
ޚަބަރު
މިފްތާޙް މުޙައްމަދު

"ކޭލި" ސޮފްޓްވެއާ އާއިއެކު ޝާރުއީ ދާއިރާއަށް އިންގިލާބީ ބަދަލެއް

ކޯޓުގައި ޝަރީއަތްތައް ހިނގަމުންދާ ވަގުތު، ދިވެހި ބަހުން ދެކެވޭ ވާހަކަތައް ވަގުތުން ވަގުތަށް ލިޔެވޭ "ކޭލި" ސޮފްޓްވެއާ މިއަދު ތައާރަފްކޮށްފިއެވެ. މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި ސޮފްޓްވެއާ އިފްތިތާހުކޮށްދެއްވީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.

މީގެކުރިން ޝަރީއަތްތަކުގެ ބަޔާންތަކާއި ގުޅުންހުރި އެހެނިހެން ލިޔެކިޔުން ތައްޔާރުކުރަމުން އައީ، ޝަރީއަތް ރެކޯޑު ކުރުމަށްފަހު އަޑުއަހައިގެންނެވެ. އެހެންކަމުން، މި ގެނެވުނު ބަދަލާއެކީ، ޝަރީއަތް ނިމޭއިރު، އެ ޝަރީއަތުގައި ދެކެވުނު ވާހަކަތައް ހުންނާނީ ޑޮކިއުމެންޓު ކުރެވިފައެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޑީޖޭއޭ) އިން ހާމަކުރި ގޮތުގައި މި އިންގިލާބި ބަދަލާއެކު، ކޯޓުތަކުގެ މަސައްކަތްތަކުގެ ސްޕީޑު އަވަސްކުރުމަށް މަގުފަހިވެގެން ދާނެއެވެ. އަދި މިއާއެކު، މައްސަލަތައް ބެލުމަށް ހޭދަވާ ވަގުތު ވެސް އަވަސްވެގެންދާނެކަމަށް ޑީޖޭއޭއިން ހާމަކުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.