Advertisement

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ބޯޓެއް --

01 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީން ޕައިލެޓުން ތަމްރީން ކުރަނީ ޔޫރަޕްގެ ސްޓޭންޑަރޑްއަށް: ޒައިދު

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީން ޕައިލެޓް ޓްރޭނިންގ ފުރިހަމަކުރާ ދަރިވަރުން ފެންވަރު، ޔޫރަޕްގެ އޭވިއޭޝަން އެކަޑަމީ ތަކުން ތަމްރީންވާ ދަރިވަރުންނާއި ފެންވަރުގެ ގޮތުން އެއްހަމަ ވާނެ ކަމުގައި، މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ހެޑް އޮފް ފްލައިޓް ޓެކްނިކަލް، ފްލައިޓް އޮޕަރޭޝަންސް ޒައިދު އައްސަދު ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ހެޑް އޮފް ފްލައިޓް ޓެކްނިކަލް، ފްލައިޓް އޮޕަރޭޝަންސް ޒައިދު އައްސަދު --

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީން އޭޕްރީލް އިންޓޭކްގައި ފަށާ ޕައިލެޓް ޓްރޭނިންގކޯހާއި ގުޅޭ ގޮތުން، "ނޫން"އަށް މައުލޫމާތު ދެއްވަމުން، ޒައިދު ވިދާޅުވީ، ރާއްޖޭގެ ސިވިލްއޭވިއޭޝަންގެ ޤާނޫނާއި ޤަވާއިދުތަކަކީ، ޔޫރަޕިއަންގެ މަދަނީ ވައިގެ ދަތުރުފަތުރު ކުރުމުގެ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށް ލިޔެފައިވާ ޤާނޫނާއި ޤަވާއިދުތަކެއް ކަމަށެވެ. އެހެންކަމުން މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ޕްރޮފްރާމްތައްވެސް ހެދިފައި ވަނީ އެމިންގަނޑުތަކަށް ކަމަށް ވުމާއިއެކު، މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީން ނިމޭ ދަރިވަރަކުވެސް އެތަމްރީން ނިންމާލަނީ، ޔޫރަޕްގައި ހުންނަ ފްލައިން ސްކޫލެއްގެ ދަރިވަރަކުވެސް ނިންމާ ފެންވަރުގައި ކަމަށް ޒައިދު ވިދާޅުވިއެވެ.

"ޔޫރަޕިއަން ސްޓޭންޑަރޑަކީ ދުނިޔޭގެ ވަރަށް ބައިވަރު ގައުމުތަކުން އެޑަޕްޓް ކުރަމުން އަންނަ ސްޓޭންޑަރޑެއް. އެހެންވީމާ، އަޅުގަނޑުމެންގެ ސްކޫލުން ކިޔަވައިގެން އަންނަ ދަރިވަރަކަށް، ދިވެހިރާއްޖޭގެ ސިވިލްއޭވިއޭޝަން އޮތޯރިޓީން މިދެނީ ލައިސަންސެއް. އެލައިސަންސް ލިބުނީމާ އެލައިސަންސް ހިފައިގެން، ދިވެހިރާއްޖޭގެ އެއާލައިނަކަށް ވަދެ ފްލައިކޮށްގެން އެބޭފުޅާއަށް ބޭނުންވާ ތަމްރީންތަކާއި އެއްޗެހި ލިބިގެން ހުންނަ ކުއްޖާއަށް މާދަމާވެސް ގޮސް، އެމިރޭޓްސް ނޫނީ ގަންޓަރސް ލުފްތަންސާ ބްރިޓިޝް އެއާވޭސް ކަހަލަ އެއާލައިނެއްގައި މަސައްކަތް ކުރުމަށް އެއްވެސް ހުރަހެއް ނުހުންނާނެ. އެހެންވީމާ، އަޅުގަނޑުމެންގެ ސްކޫލަކީ އަޅުގަނޑު ބަލާނީ، މިސަރަހައްދުގެ ހުރިހާ ކުދިންނަށްވެސް އެއީ ހަމައެކަނި ދިވެހިރާއްޖެ އެއް ނޫން، އެހެން ޤައުމުތަކުގެ ކުދިންނަށްވެސް، ހަމަ އައިސްފައި އަޅުގަނޑުމެންގެ މިހާރު މިއިންނަ ޕްރޮގްރާމްތައް ފޮލޯކޮށްގެން ލައިސަންސިންނާއި ހަމައަށް ދެވޭނެ. އެހެންވީމާ، މިލައިސަންސް ޤަބޫލު ކުރާނެ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް."

ޒައިދު އައްސަދު - މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ހެޑް އޮފް ފްލައިޓް ޓެކްނިކަލް، ފްލައިޓް އޮޕަރޭޝަންސް

ޒައިދު ވިދާޅުވީ، ޔޫރަޕްގައިވެސް ކިޔަވައިދޭ ގޮތާއި، ބޭނުންކުރާ މަތިންދާ ބޯޓުތައް އެކި ސްކޫލުތަކުގައި ތަފާތު ވާނެކަމަށެވެ. އަދި މިސަރައްހަދުގެ އެންމެ ބޮޑު އޭވިއޭޝަން އިންޑަސްޓްރީއަކީ އިންޑިއާ ކަމަށްވާއިރު، އަދި އިންޑިއާއިންވެސް ޔޫރަޕްގެ ސްޓޭންޑަރޑްތަކާއި އެއް ފެންވަރަށް ނުދާކަން ޒައިދު ފާހަގަކުރެއްވިއެވެ.

ޒައިދު ވިދާޅުވީ، މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގައި، ޕައިލެޓް ތަމްރީން ފުރިހަމަކުރާ ދަރިވަރުންނަށް، އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ ބޭރުގެ ޢިލްމީ އަދި ފަންނީ ތަޖުރިބާ ހުރި އިންސްޓްރަކްޓަރުން ކަމަށެވެ.

މީގެ އިތުރުން މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީއަށް އެހެން ފްލައިން ސްކޫލުތަކާއި ހުރި ތަފާތަކީ، އެ އެކަޑަމީއަކީ، މިހާރުވެސް އައިލެންޑް އޭވިއޭޝަންގެ ދަށުގައި އޮތް އެކަޑަމީއެއް ކަމުގައިވުން ކަމުގައި ޒައިދު ވިދާޅުވިއެވެ. މިގޮތުން އައިލެންޑް އޭވިއޭޝަންގެ މޯލްޑިވިއަންއިން، އެއާބަސް، ޑޭޝް 8 އަދި އޭޓީއާރާއި ޓްވިން އޮޓާ ސީޕްލޭންތައް ދުއްވާއިރު، ދުނިޔޭގެ ނިސްބަތުން ތަޖުރިބާއަށް ބަލާއިރުވެސް މޯލްޑިވިއަން އަކީ ކުޑަ އެއާލައިނެއް ނޫންކަން ޒަައިދު ފާހަގަ ކުރެއްވިއެވެ.

އަންނަ އޭޕްރީލްމަހު 28 ކުދިންނާއި އެކު ޕައިލެޓް ޓްރޭނިންގެ 4 ވަނަ ބެޗު ފެށުމަށް ތައްޔާރުވާއިރު، ކޯހުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިމާރިޗު މަހުގެ 31 ވަނަ ދުވަހެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.