Advertisement

02 Mar 2024
ޚަބަރު
މިފްތާޙް މުޙައްމަދު

މި މަސް ތެރޭގައި އެއާ އެމްބިއުލެންސްއެއްގެ ގޮތުގައި ސީޕްލޭނެއް ވެސް ދުއްވަން ފަށާނެ: ރައީސުލްޖުމްހޫރިއްޔާ

ކުރިޔަށް އޮތް 2 ނުވަތަ 3 ހަފްތާގެ ތެރޭގައި އެއާއެމްބިއުލެންސެއްގެ ގޮތުގައި ސީޕްލޭނެއް ބޭނުންކުރަން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މާޅޮސްމަޑުލު އުތުރުބުރި އަދި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި މިއަދު ރ. އަލިފުއްޓައް ވަޑައިގެން އެ ރަށު ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެއާ އެމްބިއުލެންސްގެ ސީޕްލޭންގެ ޚިދުމަތަކީ މެޑިކަލް އިވެކުއޭޝަންގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ މަގުސަދުގައި ސަރުކާރުން ފައްޓަވާ ޚިދުމަތެއް ކަމަށެވެ. އަދި އޭރުން، ދުވާލު ގަޑީގައި ކުރިމަތިވާ ސިއްހީ ކުއްލި ހާލަތްތަކުގައި އެއާޕޯޓެއް ނެތް ރަށްރަށަށް ވެސް އެއާ އެމްބިއުލެންސްގެ ޚިދުމަތް ފުޅާވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އިއްޔެގަ އެއާ އެމްބިއުލެންސް ދުއްވަން މިފެށުނީ. އެއާ އެމްބިއުލެންސްގެ ޚިދުމަތް ވެސް އިތުރަށް ފުޅާކުރަން އަޅުގަނޑު ގަސްތުކޮށްފައި މިއޮތީ. ސީޕްލޭން ވެސް އިރާދަކުރެއްވިއްޔާ ދެ ހަފްތާއެއް ނުވަތަ ތިން ހަފްތާއެއް ތެރޭ އުދުހެން ފަށާނެ. އެއީ އެއާ އެމްބިއުލޭންސްގެ ސީޕްލޭނެއް. އޭރުން އެއާޕޯޓެއް ނެތް ރަށްރަށަށް ވެސް ކުއްލި ހާލަތުގެ ސީޕްލޭން ޖައްސާނެ".

ރ. އަލިފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ މުހާތަބުކޮށް ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގެ ތެރެއިން

އެއާ އެމްބިއުލެންސްއާއެކު ރާއްޖޭގެ ކޮންމެ ރަށަކުން ވިޔަސް، މެޑިކަލް އިވެކިއުއޭޝަނެއް ހަދަން ޖެހިއްޖެ ހާލަތެއްގައި، އެކަން ކުރުމުގެ ގާބިލުކަން ފަހިވެގެންދާނެ ކަމަށް ރައީސް ޑރ.މުއިއްޒު ވަނީ ކުރިން ވިދާޅުވެފައެވެ.

މީގެ އިތުރުން، ކެމްޕެއިންގައި ވައުދުވެ ވަޑައިގެންނެވި ފަދައިން ރ. އަލިފުށީގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރައްވާނެކަމަށް މިއަދު އެ ރަށު ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.