Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު --

03 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

މިއަހަރު ނިމުމުގެ ކުރިން ސޮވެރިންގ ޑިވެލޮޕްމެންޓަށް 100 މިލިއަން ރުފިޔާ ޖަމާކުރައްވާނެ ކަމުގައި ރައީސް ވިދާޅުވެއްޖެ

 މިއަހަރު ނިމުމުގެ ކުރިން ސޮވެރިންގ ޑިވެލޮޕްމެންޓަށް ފަންޑަށް ސަތޭކަ މިލިޔަން ރުފިޔާ ޖަމާކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރ. އަލިފުއްޓަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަންނަ އަހަރަކީ ދައުލަތުން ބޭރުގެ ގިނަ ދަރަނިތަކެއް ދައްކަން ހުރި އަހަރެއް ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސޮވްރިންގ ޑިވެލޮޕްމަންޓް  ފަންޑަށް ޑޮލަރު ޖަމާކުރުމުގެ މަސައްކަތްވެސް މިސަރުކާރުން މިހާރު ކުރަމުންދާ ކަމަށާއި، މިހާތަނަށް ތިރީހަކަށް މިލިއަން ޑޮލަރު ޖަމާކުރެވިފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި އަހަރު ނިމޭއިރުގައި، ސަތޭކައަށްވުރެ ގިނަ މިލިއަން ޑޮލަރު ހުންނާނެ އެ އެކައުންޓްގައި."

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ،  ޓެކްސް ބޭސް ފުޅާކޮށް، ޓެކްސް ނިޒާމުގެ ތެރެއިން އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެހެން ނަމަވެސް އިތުރު އާ ޓެކްސްްއެއް ތަޢާރަފް ނުކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަކީ، ރާއްޖެއިން އަދާކުރަންޖެހޭ ދަރަނިތައް އަދާކުރުމަށް ބޭނުން ކުރުމަށް ޤާއިމްކުރެއްވި ފަންޑެކެވެ. އެހެން ނަމަވެސް އެފަންޑާއި ގުޅޭ ގޮތުން، މިހާރުގެ ސަރުކާރުން ދައްކަމުންދާ ބައެއް ވާހަކަތައް ކުރީ ސަރުކާރުގެ އިސްބޭފުޅުން އަންނަނީ ދޮގުކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.