ޚަބަރު
25 Feb 2024
ޚަބަރު
ކެލާ ފަޅުތެރޭގައި ރިޒޯޓެއް ތަރައްގީ ކުރައްވާނެކަމުގެ ޔަގީންކަން ރައީސުލް ޖުމްހޫރިއްޔާ ދެއްވައިފި
ޒަމާނުއްސުރެން ކެލާގެ ރައްޔިތުން އެ ރަށު ފަޅު ތެރޭގައި ރިޒޯޓެއް ތަރައްގީ ކުރުމަށް ދެކެމުން އަންނަ ހުވަފެން ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒުގެ ވެރިކަމުގައި ހަގީގަތަކަށް ހަދައިދޭނެ ކަމުގައި އެ މަނިކުފާނު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، މިހާރު ރާއްޖޭގެ އުތުރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ކެލާގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
25 Feb 2024
ޚަބަރު
ދެކުނުގެ އަތޮޅުތަކުގައި 56 ޑައިވަރުން ތަމްރީންކޮށްފި
މިނިސްޓަރ ޝިޔާމް ވިދާޅުވީ، ދެކުނުގެ އަތޮޅުތަކުން 56 ދޯންޏަކުން ކޮންމެ ދޯންޏަކުން އެއް ފަޅުވެރިއަކު، ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީނުކޮށްފައިވާ ކަމަށެވެ. މިގޮތުން، އެންމެ ގިނަ ޑައިވަރުން ތަމްރީންކޮށްފައި ވަނީ ގއ. އަތޮޅުންނެވެ. އެއަތޮޅުން އެކަނިވެސް 37 މީހުން ތަމްރީންކޮށްފައިވެއެވެ.
25 Feb 2024
ޚަބަރު
ބީއެމްއެލް ސްކޭން ޓު ޕޭ ކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ މޯބައިލް އެޕް ގައި ހިމެނޭ ސްކޭން ޓު ޕޭ ފަންކްޝަން ބޭނުންކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ކަސްޓަމަރުންނަށް ހުޅުވާލާފައެވެ. ކަސްޓަމަރުންނަށް ފައިސާގެ މުއާމަލާތް ކުރާއިރު ޑައިނެމިކް އަދި ސްޓެޓިކް ކިއުރާރް ކޯޑު ބޭނުންކުރެވޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.
25 Feb 2024
ޚަބަރު
އެއަރޕޯޓާއިއެކު ދިއްދޫގައި ހޮސްޕިޓަލެއް އަޅާނެކަމަށް ރައީސް ވިދާޅުވެއްޖެ
ހއ. ދިއްދޫގައި އެއާޕޯޓް އެޅުމަށް ވީ ވައުދާއިއެކު ފެންވަރު ރަގަޅު ހޮސްޕިޓަލެއްވެސް އިމާރާތްކޮށްދޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ދިއްދޫއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ވަނީ އެރަށުގައި އެއާޕޯޓް އަޅުއްވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ނަމަވެސް އެ މަޝްރޫއު ފައްޓަވާދެއްވާނެ ވަގުތެއް ވިދާޅެއް ނުވެ އެވެ.
25 Feb 2024
ޚަބަރު
ކުނި އުކުމުގެ ހިދުމަތްދޭ އާންމު ފަރާތްތަކުގެ އުޅަނދުތަކުން ނަގާ ފީ ކުޑަކޮށްފި
މާލެ ސަރަހައްދުގައި ކުނި އުކައި ދިނުމުގެ ވިޔަފާރުކުރާ އާންމު ފަރާތްތަކުގެ އުޅަނދުތަކުން ނަގާ ފީ، ވެމްކޯ އިން ކުޑަކޮށްދީފިއެވެ.
25 Feb 2024
ވިޔަފާރި
ރަމަޟާންމަހު ބީއެމްއެލްއިން ހިދުމަތްދޭ ވަގުތު ހާމަކޮށްފި
މި އަހަރުގެ ރަމަޟާންމަހާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހުޅުވާފައި ހުންނާނީ ހެނދުނު 09:30 އިން ފެށިގެން މެންދުރު 12:00 އަށްކަމަށް އެ ބޭންކުން ބުނެފިއެވެ.
25 Feb 2024
ކުޅިވަރު
ހުޅުމާލޭގައި ފުޓްސަލް ކޮންޕްލެކްސްއަކާއި ނެޓުބޯޅަ ކޮމްޕްލެކްސްއެއް އެޅުމަށް ބިން ހަވާލުކޮށްފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފުޓްސަލް ކޮންޕްލެކްސްއަކާއި ނެޓުބޯޅަ ކޮމްޕްލެކްސްއެއް އެޅިގެން ދާއިރު، މިއީ މި ކުޅިވަރުތަކުން ކުޅުންތެރިން އުފެއްދުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށް ވެގެންދާނެއެވެ. ޙާއްސަކޮށް ރާއްޖޭގައި ފުޓުސަލްގެ ބޮޑެތި މުބާރާތްތައް ބާއްވަމުން އަންނައިރު، މި ކޮމްޕްލެކްސްގެ ސަބަބުން މިފަދަ މުބާރާތްތައް ހިންގުމަށާއި ކުޅިބެލުންތެރިންނަށް އެތައް ފަސޭހަތަކެއް ވެގެންދާނެއެވެ.
24 Feb 2024
ކުޅިވަރު
ސްޕޯޓްސް މިނިސްޓްރީގެ 'ފިޓް މޯލްޑިވްސް' އެޕްލިކޭޝަން އިފްތިތާހުކޮށްފި
'ފިޓް މޯލްޑިވްސް' އެޕްލިކޭޝަނަކީ ކުޅިވަރާއި ކަސްރަތުގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކާއި ކުލަބު ޖަމުޢިއްޔާތަކާއި ޤައުމީ ކުޅިވަރު އެސޯޝިއޭޝަންތަކަށް ޚާއްޞަ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަންގައި ކެއުމުގެ ޕްލޭންތަކާއި، ކަސްރަތުގެ ތަފްސީލްތަކާއި، ފިޓްނަސް ސެންޓަރުތަކާއި، ޓްރެއިނަރުންގެ ތަފްސީލްތައް ވެސް ހުންނާނެކަމަށް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން މައުލޫމާތު ދެއެވެ.
24 Feb 2024
ކުޅިވަރު
ގައުމީ ފެންވަރުގެ މޮޅެތި އެތުލީޓުން ބިނާކުރުމުގެ ދުރުރާސްތާ ޕްލޭންގެ ޑްރާފްޓު އިފްތިތާހުކޮށްފި
ރާއްޖޭގެ އެތުލީޓުންނަކީ ގާބިލް އަދި ހުނަރުވެރި އެތުލީޓުން ތަކަކަށް ހެދުމުގެ މަގުސަދުގައި، އެކަމަށް ހާއްސަ އިސްތިރާޖީ ޕްލޭނެއްގެ ޑްރާފްޓު އެކުލަވާލައި، އެ ޑްރާފްޓު އިފްތިތާހުކޮށްފިއެވެ.
24 Feb 2024
ޚަބަރު
އުތުރުގެ 4 އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅެއް ފައްޓަވައިފި
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ރައްޔިތުންގެ ހުރި ޝަކުވާތައް އަޑުއެހުމާއި އެކަންކަމަށް ކައުންސިލްތަކާއި ސަރުކާރާއި ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކަށް މަޝްވަރާކުރައްވާނެއެވެ.
24 Feb 2024
ޚަބަރު
ކ.ކާށިދޫގައި ދިވެހި އުފެއްދުންތަކަށް ވިއްކުމަށް މާރުކޭޓެއް ހުޅުވައިފި
އެގްރޯނެޓުން ކ.ކާށިދޫގައި ދިވެހި އުފެއްދުންތަކަށް ހާއްސަ މާރުކޭޓެއް ހުޅުވައިފިއެވެ. މި މާރުކޭޓަކީ އަންހެނުންނާއި ޒުވާނުންގެ އިތުރުން ދިވެހި އުފެއްދުންތައް އުފައްދާ އެހެން ވެސް ދިވެހި ރައްޔިތުންނަށް އެތަކެތި ފަސޭހަކަމާއެކު ވިއްކޭނެ އިންތިޒާމެއް ފަހިކޮށްދިނުމުގެ މަޤުޞަދުގައި ހުޅުވި މާރުކޭޓެއްކަމަށް އެގްރޯނެޓުން ބުނެއެވެ.
24 Feb 2024
ޚަބަރު
ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން އާއްމުކޮށްފި
މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދާދިނުމުގެ ބޭނުމުގައި ތަރައްގީކުރަމުންދާ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން އާއްމުކޮށްފިއެވެ. އެޗްޑީސީން އާންމުކޮށްފައިވާ ލޭންޑް ޔޫސް ޕްލޭންގައި ގުޅީފަޅުގައި ތަރައްގީކުރާ ސިޓީގެ ލޭންޑް ޔޫސް ޕްލޭންގައި ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ސޯޝަލް ހައުސިން އަށް ބޮޑު ސަރަހައްދެއް ކަނޑައަޅާފައި ވެއެވެ.
24 Feb 2024
ޚަބަރު
މާރިޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރައްވާނެ ކަމުގައި އަނެއްކާވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެންމެ ފުރަތަމަ ފުލުހުންނާއި ސިފައިންގެ މުސާރަތައް ބޮޑުކުރެއްވުމަށް ސަރުކާރުން ހަމަޖައްސަވާފައި ވަނީ، މިއަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އެހެން ނަމަވެސް އެނިންމުން ތަންފީޒް ކުރުން ލަސްކުރީ ދައުލަތުގެ މާލީ ހާލަތު ގޯސްވެގެންނެވެ.
24 Feb 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާއަށް ޝަކުވާ އާއި ޚިޔާލު ހުށައެޅުމަށް ޚާއްޞަ ޕޯޓަލްއެއް ޤާއިމްކޮށްފި
މިޕޯޓަލް އިފްތިތާހްކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި މަސައްކަތްކުރައްވާއިރު، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވޭނެ މަގުތައް ފަހިކުރަން ޖެހޭކަން އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.
23 Feb 2024
ޚަބަރު
ދައުލަތުގެ ޙަރަދުތައް ބޮޑުވެ 35،000 އަށްވުރެ ބޮޑު ޙަރަދެއް ހުއްދަ ނެތި ނުކުރުމަށް އަންގައިފި
ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ ހުރިހާ އިދާރާތަކަކުން މި ސަރކިއުލާއަށް އަމަލުކުރުމަށް އަންގާފައެވެ. އަދި ކައުންސިލްތަކުންވެސް ބްލޮކް ގްރާންޓް އަދި އަމިއްލަ އާމްދަނީ ފައިސާއިން ހަރަދު ކުރުމަށާއި، ހަރަދުތައް ކައުންސިލުގެ ބަޖެޓުގެ ތެރެއިން ހަމަޖައްސައި، ހަރަދުތަކުގެ އެފިޝެންސީ އިތުރު ކުރުމަށް ސަމާލުކަން ދިނުމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ އެދިފައެވެ.
23 Feb 2024
ވިޔަފާރި
"އައްޑޫ އައްސޭރި ޓޫރިޒަމް ޑިވަލޮޕްމެންޓް ޕްލޭން" ތައާރަފްކޮށްފި
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، "އައްޑޫ އައްސޭރި ޓޫރިޒަމް ޑިވަލޮޕްމެންޓް ޕްލޭން" އެކުލަވައިލީ ސީޑީސީ ކޮންސަލްޓިންގެ އެހީގައި ކަމަށެވެ. މި ޕްލޭންގައި ކުރިއަށް އޮތް 5 އަހަރު އައްޑޫގެ ޓޫރިޒަމް ތަރައްގީކުރުމަށް ހާސިލު ކުރާނެ ކަންކަން ވަނީ ހިމަނާފައެވެ.