Advertisement

ފޮޓޯ: އެގްރޯނެޓް

24 Feb 2024
ޚަބަރު

ކ.ކާށިދޫގައި ދިވެހި އުފެއްދުންތަކަށް ވިއްކުމަށް މާރުކޭޓެއް ހުޅުވައިފި

އެގްރޯނެޓުން ކ.ކާށިދޫގައި ދިވެހި އުފެއްދުންތަކަށް ހާއްސަ މާރުކޭޓެއް ހުޅުވައިފިއެވެ. މި މާރުކޭޓަކީ އަންހެނުންނާއި ޒުވާނުންގެ އިތުރުން ދިވެހި އުފެއްދުންތައް އުފައްދާ އެހެން ވެސް ދިވެހި ރައްޔިތުންނަށް އެތަކެތި ފަސޭހަކަމާއެކު ވިއްކޭނެ އިންތިޒާމެއް ފަހިކޮށްދިނުމުގެ މަޤުޞަދުގައި ހުޅުވި މާރުކޭޓެއްކަމަށް އެގްރޯނެޓުން ބުނެއެވެ.

ކާށިދޫ މާރުކޭޓް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެރަށު ބަނދަރު ސަރަޙައްދުގައެވެ. މާރުކޭޓް ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވީ ކާށިދޫ ކައުންސިލްގެ ނައިބު ރައީސާ ސަހުލާ ޒާރިރުއެވެ. މި ޙަފުލާގައި މާރުކޭޓުން ގޮޅި ލިބުނު ފަރާތްތަކަށް ގޮޅި ލިބުންކަމުގެ ލިޔުންވެސް ވަނީ ޙަވާލުކޮށްފައެވެ.

އެގްރޯނެޓުން ބުނީ މިއީ މިފަދަ ފުރަތަމަ މާރުކޭޓު ކަމުގައި ވީނަމަވެސް ކާށިދޫގެ އިތުރުން އެހެން ރަށް ރަށުގައި ވެސް މިފަދަ މާރުކޭޓުތައް ޤާއިމްކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެގްރޯނެޓާއެކު އެކުލަވާލާފައިވާ ފަހުނުމާގެ ދަށުން ދަށުން ކާށިދޫ މާރުކޭޓު ހިންގާނީ ކާށިދޫ ކައުންސިލުންނެވެ. އެގޮތުން ގޮޅިތައް ކުއްޔަށް ދޭނެ ފަރާތްތައް ކަނޑައެޅުއްވުމުގެ އިތުރުން މާރުކޭޓު ހިންގާ ބަލަހައްޓާނީ ކައުންސިލުންނެވެ.

ކާށިދޫ މާރުކޭޓުގައި 5 ގޮޅި ހިމެނޭއިރު މާރުކޭޓު ފަރުމާކުރެވިފައި ވަނީ ގޮޅިތައް އިތުރު ކުރެވޭނެ ގޮތަށްކަމަށް އެގްރޯނެޓުން ވިދާޅުވެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.