ކާށިދޫ އަލިފާނުގެ ހާދިސާ: އަނދައިގެން ދިޔައީ ނައްތާލަން ބޭނުންވެފައި ހުރި ދޯނިތަކެއް!
ކާށިދޫއިން ވާހަކަދެއްކި މީހުން ބުނި ގޮތުގައި އެތަނުގައި ހުރި އެދޯނި ފަހަރަކީ، ކައުންސިލުން އެދޯނިތައް ނެގުމަށް އަންގައިގެންވެސް ނުނަގައި ހުރި ދޯނިތަކެއް ކަމަށާއި، އެދޯނިތަކުގެ ތެރޭގައި، ވަރަށް ބޮޑު މަރާމާތެއް ކޮށްގެން ނޫނީ އަލުން ބޭނުން ކުރެވޭނެ ހާލަތެއްގައި ހުރި އެއްވެސް ދޯންޏެއް ނެތް ކަމަށެވެ.