Advertisement

ކާށިދޫގައި ހިނގާ ދިޔަ އަލިފާނުގެ ހާދިސާ --

19 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ކާށިދޫ އަލިފާނުގެ ހާދިސާ: އަނދައިގެން ދިޔައީ ނައްތާލަން ބޭނުންވެފައި ހުރި ދޯނިތަކެއް!

ކ. ކާށީދޫގައި ރޭ މެންދަމު ހިންގި އަލިފާނުގެ ބޮޑު ހާދިސާގައި އަނދައިގެން ދިޔަ ދޯނިތަކަކީ އެދޯނިތަކުގެ ސަބަބުން އާއްމުންނަށާއި، ރަށުގެ ރަސްމީ ފަރާތްތަކަށްވެސް އުނދަގޫތަކާއި ކުރިމަތިވެ ނައްތާލަން ބޭނުންވެފައި ހުރި އުޅަނދުތަކެއް ކަމުގައި މައުލޫމާތު ލިބިއްޖެއެވެ.

ކާށިދޫގައި ހިނގާދިޔަ އަލިފާނުގެ ހާދިސާ އާއި ގުޅޭ ގޮތުން ނޫން.އެމްވީއަށް މައުލޫމާތު ދިން އެރަށުގެ ބައެއް މީހުން ބުނީ، ރޭގެ އަލިފާނުގެ ހާދިސާއަކީ، އެކްސިޑެންޓެއް ކަަމަށް ނުބެލެވޭ ކަމަށާއި، އެއީ ގަސްތުގައި ބަޔަކު ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. އޭނާ ބުނީ އަނދައިގެން ދިޔަ ދޯނިތަކުގެ ތެރޭގައި ފަރަށް އަރައި ހަލާކުވުމުގެ ސަބަބުން އެއްގަމަށް އަރުވާފައިވާ ބޮޑު ދޯންޏަކާއި، މަރާމާތަށް އެއްގަމަށް އެރުވި ގޮތަށް ވީރާނާވާން ދޫކޮށްލާފައިވާ ދޯންޏަކާއި، އަދި ވީރާނާވެފައިވާ އެހެން ދޯންޏެއް ހިމެނޭ ކަމަށެވެ. އަދި އަނދައިގެން ދިޔަ އެދޯނިތަކުގެ ތެރެއިން ބައެއް ދޯންޏަކީ އެތަނުގައި އަރުވާފައި ހުންނަތާ 6 ނުވަތަ 8 އަހަރުވީ ދޯނިތައް ކަމަށެވެ. އެދޯނިތަކުގެ ތެރޭގައި ހިމެނޭ އެއްދޯންޏަކީ މީގެ ތިން ހަތަރު އަހަރު ކުރިން ފަރަށް އަރައި ހަލާކުވުމުން އެއްގަމަށް އަރުވާފައިވާ ދޯންޏެކެވެ.

ކާށިދޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ، އެތަނުގައި ހުރި އެދޯނި ފަހަރަކީ، ކައުންސިލުން އެދޯނިތައް ނެގުމަށް އަންގައިގެންވެސް ނުނަގައި ހުރި ދޯނިތަކެއް ކަމަށާއި، އެދޯނިތަކުގެ ތެރޭގައި، ވަރަށް ބޮޑު މަރާމާތެއް ކޮށްގެން ނޫނީ އަލުން ބޭނުން ކުރެވޭނެ ހާލަތެއްގައި ހުރި އެއްވެސް ދޯންޏެއް ނެތް ކަމަށެވެ.

އަދި އެދޯނިތަކުގެ ވެރިފަރާތްތައް ހޯދުމަށް ކައުންސިލުން އިއުލާނުކޮށްގެންވެސް، އެދޯނިތަކުގެ ތެރެއިން އެއް ދޯނީގެ ވެރިފަރާތުން ކައުންސިލަށް ރިޕޯޓް ކުރި ކަމުގައި އެމެމްބަރު ވިދާޅުވިއެވެ. އަދި އެދޯނިތައް ނުނަގައި ހުރުމުގެ ސަބަބުން މަގުހެދުމާއި މަގުބައްތިތައް ޖެހުމުގެ މަސައްކަތަށްވެސް އޮތީ ދަތިވެފައި ކަމަށެވެ.

ކާށިދޫއިން ވާހަކަ ދެއްކި މީހުން ބުނީ، އެދޯނިތައް އެތާނގައި އަރުވާފައި ހުރިގޮތަށް ހުންނަތާ އެތައް އަހަރެއް ވެގެން ދިޔައިރު، އެތަންތަން ވެފައި ވަނީ، ރަށުގައި ދިރިއުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑާ ތަކަކަށް ކަމަށެވެ. މިގޮތުން އެއުޅަނދުތަކުގެ ތެރޭގައި، މަސްތުވާތަކެތި ބޭނުން ކުރުމާއި، ރަމަޟާންމަހު ދުވާލު ކެއުން ފަދަ ކަންކަން ކުރާކަމަށް ތުހުމަތު ކުރެވޭ ކަމަށްވެސް ކާށިދޫއިން ވާހަކަ ދެއްކި މީހުން ބުންޏެވެ.

ދޯނިތައް އަނދައިގެން ދިޔައިރު، އެދޯނިތަކުގެ ތެރޭގައި ބޮޑު ދެ ދޯންޏަކާއި، ލަކުޑި ދެ ދޯނި ހިމެނެއެވެ. އަނދައިގެން ދިޔައީ ހަތަރު ދޯނިކަމުގައި އެމްއެންޑީއެފްގެ މީޑިއާއި ބުނި ނަމަވެސް ކާށިދޫއިން ވާހަކަދެއްކި ބައެއް މީހުން ބުނީ، އަނދައިގެން ގޮސްފައި ވަނީ ތިން ދޯންޏެއް ކަމަށެވެ.

އޭގެ އިތުރުން އެހިސާބު ކައިރީގައި ހުރި ރުއްތަކުގައި ރޯވެ ގެއްލުންތައް ލިބުނެވެ. އަލިފާން ނިވާނެ އެކަށީގެންވާ ވަޞީލަތްތައް ކާށިދޫގައި ނެތުމާއި އެކު، މާލެއިން ދިޔަ ފަޔަމަނުން ގޮސް އަލިފާން ނިވާލެވުނު އިރު، ރޯވި ހުރިހާ ދޯންޏެއްވެސް ވަނީ މުޅިން އަނދައި ހުލިވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.