Advertisement

މާލެއިން ފެނުނު ކުޑަ ކަންޒު ކަހަނބު -- ފޮޓޯ: އީޕީއޭ

07 Nov 2023
ޚަބަރު

މާލޭ މަގުމަތިން ފެނުނު ކުޑަ ކަންޒު ކަހަނބެއް ކާށިދޫއަށް ގެންގޮސް ދޫކޮށްލައިފި

މާލޭގެ މަގުމަތިން ފެނުނު ކުޑަ ކަންޒު ކަނހަބެއް، އީޕީއޭގެ ބެލުމުގެ ދަށުން ކ. ކާށިދޫއަށް ގެންގޮސް އެރަށުގައި ކަންޒު ކަހަނބު ދިރިއުޅޭ ޗަސްބިމަށް ދޫކޮށްލައިފިއެވެ.

ކ. ކާށިދޫއަކީ ޤުދުރަތީ ގޮތުން ރާއްޖޭގައި ކަންޒު ކަހަނބު އާލާވެ ދިރިއުޅޭ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އީީޕީއޭން މިއަދު ކުރި ޓްވީޓެއްގައިި ބުނެފައި ވަނީ، މާލެއިން އެކަންޒު ކަހަނބު ފެނިފައި ވަނީ މިހަފްތާގެ ކުރީކޮޅުގައި ކަމަށެވެ. އަދި އެކަންޒު ކަހަނބު ކާށިދޫގެ ޗަސްބިމަށް ދޫކޮށްލީ، ކާށިދޫ ކައުންސިލްގެ އެހީތެރިކަމާއި އެކުގައި ކަމަށްވެސް އީޕީއޭއިން ވަނީ ބުނެފައެވެ.

ކަންޒު ކަހަނބަކީ، ތިމާވެށި ރައްކާތެރި ކުރުމާއި ހިމާޔަތް ކުރުމުގެ ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ އެއްޗެކެވެ. އެހެންވެ އެއްވެސް ފަރާތަކުން ޕެޓްގެ ގޮތުގައި ކަންޒު ކަހަނބު ގެންގުޅޭނަމަ އީޕީއޭ ހަވާލުކުރުމަށާއި އަދި އެފަދަ މައުލޫމާތެއް ލިބިފައިވާ ނަމަ އީޕީއޭއަށް އެކަން ހިއްސާކުރުމަށްވެސް އީޕީއޭއިން ވަނީ އެދިފައެވެ.

މާލެއިން ފެނުނު ކަންޒު ކަހަނބު ދޫކޮށްލި، ކ. ކާށިދޫއަކީ ރާއްޖޭގައި ކަންޒުކަހަނބުގެ އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ ރަށެވެ. އަދި އެރަށުގެ ޗަސްބިމަކީ، ކަންޒުކަހަނބު ދިރިއުޅަށާއި ބިސްއަޅައި އާލާވުމަށް އެކަށީގެންވާ މާހައުލެއް އޮތް، ތިމާވެށި ރައްކާތެރި ކުރުމާއި ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ތަނެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.