ޚަބަރު
22 Feb 2024
ޚަބަރު
މާލޭގެ މަގުމަތިން ދުއްވާފައި ދިޔަ ޕިކަޕެއްގެ ތެރޭގައި ހުރެ ބަދުއަޚުލާޤީ ވައްތަރުތަކެއް ޖެއްސި މީހަކު ހޯދަން ފަށައިފި
ފުލުހުންގެ އިދާރާއިން ވަނީ، އެމީހާ އާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ހުރިނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9400053 އަށް ގުޅުއްވައި އެމައުލޫމާތެއް ފުލުހުންނާއި ޙިއްޞާކޮށްދެއްވުމަށް އެދިފައެވެ.
22 Feb 2024
ޚަބަރު
ގއ ވިލިގިލީގައިވެސް އިންޓަރނޭޝަނަލް އެއާޕޯޓެއް އެޅުމަށްޓަކައި ފަހުމުނާމާއެއްގައި ސޮއެކޮށްފި
މިމަޝްރޫޢު ހަވާލުކޮށްފައިވަނީ ބެލްޖިއަމްގެ ކުންފުންޏެއްކަމަށްވާ، ބެސިކްސް ކޮންސްޓްރަކްޝަން ގުރޫޕާއެވެ. އެކުންފުންޏަކީ، ދުބާއީގެ ބުރުޖް ޚަލީފާ ޢިމާރާތްކުރުމުގައިވެސް މަސައްކަތްކޮށްފައިވާ ކުންފުންޏެކެވެ.
22 Feb 2024
ޚަބަރު
ދަތިނުވެ ރާއްޖެއަށް ފިޔާ ލިބޭނެ - އެސްޓީއޯ
ކޮންމެ އަހަރެއްގެވެސް ރޯދަމަހު، ފިޔާ، އަލުވި އަދި ބިހުގެ އަގުތައް އުފުލިގެންދާތީ އެކަން ކޮންޓްރޯލް ކުރުމަށް އެސްޓީއޯއިން ޚާއްޞަ ފިޔަވަޅުތަކެއް އަޅައެވެ. މިއަހަރުގެ ރަމަޟާން މަސް ފެށޭނީ އަންނަ މާރިޗު މަހުގެ 11 ވަނަ ދުވަހުގައެވެ.
22 Feb 2024
ޚަބަރު
ޕެނަޑޯލްގައި މައްސަލައެއް ނެތްކަމަށް ނިންމައި ވިއްކުމުގެ ހުއްދަ އަލުންދީފި
ރާއްޖޭގެ ބާޒާރުގައި ވިއްކަމުން އައި ޕެނަޑޯލްގައި މައްސަލައެއް ހުރިކަމަށް ފާހަގަކުރެވިގެން، އެބޭސް ވިއްކުން ވަގުތީގޮތުން މަނާކޮށް ކުރި ތަޙްލީލުތަކަށް ފަހުގައި އެބޭހުން މައްސަލައެއް ފާހަގަނުވުމުން މާކެޓްގައި ވިއްކުމުގެ ހުއްދަ އަލުން ދީފިއެވެ.
21 Feb 2024
ޚަބަރު
ވަޒީރުންނާއި ސުވާލުކުރުމުގެ ޤާނޫނު އުވައިލުމުގެ ބިލް މަޖިލީހަށް ބަލައިގެންފި
އެބިލް ބަލައިގަތުމާއި ގުޅޭ ގޮތުން މަޖިލީހުަގައި މިއަދު ނެގި ވޯޓުގައި ބިލް ބަލައިގަންނަން ފެންނަކަމަށް ވޯޓު ދެއްވީ، 36 މެމްބަރުންނެވެ. ބިލާއި ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.
21 Feb 2024
ޚަބަރު
ދިވެހިދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަންހުށައެޅުމުގެ ފުރުޞަތު އާދިއްތަ ދުވަހު ހުޅުވައިލަނީ
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. މިދިޔަ އަހަރު މިއިނާމް 148 ބޭފުޅަކަށް ވަނީ ދެއްވާފައެވެ.
21 Feb 2024
ޚަބަރު
ނުޒުހާ ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރު ކަމަށް ޢައްޔަނުކުރުމަށް ރުހުންދީފި
ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުކަމަށް އައްޔަނުކުރެއްވުމަށް މަޖިލީހުން ރުހުން ދިނުމަށް މިއަދު ނެގި ވޯޓުގައި، މަޖިލީހުން ނުޒުހާއަށް ރުހުން ދީފައިވަނީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުންނެވެ. މިގޮތުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 34 މެމްބަރުންވެސް ވޯޓު ދެއްވީ ނުޒުހާއަށް ރުހުން ދިނުމަށެވެ.
21 Feb 2024
ޚަބަރު
ހުޅުމާލެ އުތުރު ފަރާތުގެ ފަރުމައްޗަށް ޓަގު ބޯޓެއް އުރިއްޖެ
އެމްއެންޑީއެފްއިން ވިދާޅުވީ، ހުޅުމާލެ ފަރަށް ޓަގު ބޯޓެއް އުރުނުކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަމާއި ގުޅިގެން ކޯސްޓުގާޑުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
21 Feb 2024
ޚަބަރު
ރޯދަމަހު އިންތިޚާބު ނުބާއްވާގޮތަށް ޤާނޫނަށް ގެނައި އިސްލާޙް ތަސްދީޤު ނުކުރައްވާތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައިފި
21 Feb 2024
ޚަބަރު
މޯލްޑިވިއަނުން އޭޓީއާރު 2 މަތިންދާ ބޯޓު ގަތުމަށް އޭޓީއާރު ކުންފުންޏާއިއެކު ސޮއިކޮށްފި
ޤައުމީ އެއަރލައިން މޯލްޑިވިއަންގެ އުދުހުންތަކުގައި ބޭނުންކުރުމަށް އޭޓީއާރު 2 މަތިންދާ ބޯޓު ހޯދުމާއި ގުޅޭ އެއްބަސްވުމުގައި އޭޓީއާރު ކުންފުންޏާއެކު ސޮއިކޮށްފިއެވެ.
21 Feb 2024
ޚަބަރު
ގައްދޫއާއި މާވަރުލު އެއަރޕޯޓް އެއްގަމު މަގުން ގުޅާލާނަން: ރައީސް
ގދ. ގައްދޫއާ އެ ރަށު ކައިރީގައި އޮންނަ މާވަރުލު އެއާޕޯޓު އެއްގަމު މަގުން ގުޅާލާނެކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ މާވަރުލު އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
21 Feb 2024
ޚަބަރު
އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރަން ނިންމި ގައުމުތަކުގައި ރާއްޖެއެއް ނެތް
ފާއިތުވި 2 މަހު މާކެޓް ޓްރެންޑަށް ބަލާނަމަ ރާއްޖޭގެ މާކެޓްގައި ފިޔާގެ އަގު އަންނަނީ ތިރިވަމުންކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. ކުރިއަށްއޮތް ރަމަޟާންމަހު އަސާސީ ކާބޯތަކެތި ލިބުމުގައި ދަތިކަމެއް ކުރިމަތިވިޔަ ނުދިނުމަށް އެސްޓީއޯއިން ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
21 Feb 2024
ޚަބަރު
ސިޔާސީ މަޤްސަދެއްގައި މީހުން ހައްޔަރެއް ނުކުރާނަން: ރައީސް
ސިޔާސީ މަގްސަދެއް ހާސިލްކުރުމަށް ސަރުކާރުން ސިޔާސީ ބޭފުޅުން ހައްޔަރު ނުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ގދ.ތިނަދޫގައި ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
21 Feb 2024
ޚަބަރު
ތިނަދޫގައި އިންޓަރނޭޝަނަލް އެއާޕޯޓް އަޅަނީ، ބަދަލުގައި ރިޒޯޓު ހަދަން 12 ރަށް ދީފައި
އިއްޔެ ވަނީ، ތިނަދޫގައި އިންޓަރނޭޝަލް އެއާޕޯޓެއް އެޅުމަށް، މަސައްކަތް ހަވާލުކޮށްފައިވަނީ ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑާއެވެ. އްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބެވެ. މި މަޝްރޫޢުގެ ޕްރޮޕޯނަންޓްގެ ފަރާތުން ސޮއިކުރެއްވީ ޕޭން ޕެސިފިކް ކޮމްޕެނީގެ ސީ.އީ.އޯ ޖިރާޓް ޕެތްނުންތަވޮންގް އެވެ.
21 Feb 2024
ޚަބަރު
ތޮއްޑޫގައި ދެ ފަތުރުވެރިއަކަށް ގޭންގަކުން ހަމަލާދީފައިވާ ކަމަށް ފަތުރަނީ ހަޤީޤަތާއި ޚިލާފު ވާހަކައެއް
ސޯޝަލް މީޑިއާގެ ބައެއް އެކައުންޓްތަކުގައި، ތޮއްޑޫގައި ދެ ފަތުރުވެރިއަކަށް ގޭންގަކުން ހަމަލާދީފައިވާ ކަމަށް ބުނެ ވާހަކަތައް ފަތުރަމުން ދިޔަ ނަމަވެސް، ތޮއްޑޫގައި އެފަދަ ކަމެއް ހިނގާފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް ނެތްކަމުގައި އެފަރާތްތަކުން ބުނެފައިވެއެވެ.
20 Feb 2024
ޚަބަރު
ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ 9 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތް: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ، ދެކުނުގެ ހަތަރުއަތޮޅަށް މިހާރު އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު، ގދ. ފަރެސް މާތޮޑާއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި، ވާހަކަފުޅުގައެވެ. ރާއްޖޭގެ ދަރަނި އޮތް ހާލަތުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު މިދެއްކެވީ، އެމަނިކުފާނުގެ ސަރުކާރަށް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީގެން މަސްވެރިން މުޒާހަރާކޮށް އެކަމުގެ ހިތްހަމަ ނުޖެހުންތައް ބޮޑުވެފައިވާ ވަގުތެއްގައެވެ.