Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

21 Feb 2024
ޚަބަރު

މޯލްޑިވިއަނުން އޭޓީއާރު 2 މަތިންދާ ބޯޓު ގަތުމަށް އޭޓީއާރު ކުންފުންޏާއިއެކު ސޮއިކޮށްފި

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ އުދުހުންތަކުގައި ބޭނުންކުރުމަށް އޭޓީއާރު 2 މަތިންދާ ބޯޓު ހޯދުމާއި ގުޅޭ އެއްބަސްވުމުގައި އޭޓީއާރު ކުންފުންޏާއެކު ސޮއިކޮށްފިއެވެ. 

އެއްބަސްވުމުގައި އައިލެންޑު އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސްއެވެ. މިރަސްމިއްޔާތުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވިއަންއަށް ގެނައުމަށް ނިންމާފައިވަނީ އޭޓީއާރު 42-600 މަރުކާގެ މަތިންދާ ބޯޓެވެ. އަލަށް ގެންނަ މަތިންދާ ބޯޓުތަކާއެކު މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ އޭޓީއާރު މަރުކާގެ ބޯޓުތަކުގެ އަދަދު 7އަށް އިތުރުވާނެއެވެ.

މިކަމާ ގުޅޭގޮތުން އޭޓީއާރުން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައިވަނީ މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރާ އޭޓީއާރު 42-600 މަރުކާގެ މަތިންދާ ބޯޓުތަކަކީ ތެލުގެ ޚަރަދުކުޑަ މަތިންދާ ބޯޓުތަކެއް ކަމަށެވެ.

މޯލްޑިވިއަނުންދަނީ އެއެއަރލައިންގެ އުދުހުންތަކުގައި ވައިޑް ބޮޑީ އެއަރކްރާފްޓުތައްވެސް ބޭނުންކުރަން ފެށުމަށް ތައްޔާރުވަމުންނެވެ. ކުރިއަށް އޮތް 6 މަސް ތެރޭގައި މޯލްޑިވިއަން އެއަރލައިނަށް ވައިޑް-ބޮޑީ ދެ އެއާކްރާފްޓު ގެނެސް، އައު މަންޒިލްތަކަށް ދަތުރުފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.