Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

20 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ 9 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތް: ރައީސް

ސަރުކާރުން އަމިއްލަ ކުންފުނިތަކަށާއި، އަމިއްލަ މީހުންނަށް ދޭންޖެހޭ 9 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދެކުނުގެ ހަތަރުއަތޮޅަށް މިހާރު އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު، ގދ. ފަރެސް މާތޮޑާއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި، ވާހަކަފުޅުގައެވެ. ރާއްޖޭގެ ދަރަނި އޮތް ހާލަތުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު މިދެއްކެވީ، އެމަނިކުފާނުގެ ސަރުކާރަށް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީގެން މަސްވެރިން މުޒާހަރާކޮށް އެކަމުގެ ހިތްހަމަ ނުޖެހުންތައް ބޮޑުވެފައިވާ ވަގުތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޢާންމު ރައްޔިތުންގެ ކުދިކުދި ކުންފުނިތައް ލައްވައި ކުރުވާފައި ހުރި މަސައްކަތްތަކަށް ސަރުކާރުން ނުދީ ހުރި ފައިސާގެ އަދަދު 9 ބިލިއަނަށް އަރާކަމަށެވެ.

"އަޅުގަނޑު އެންމެފަހުން ބަލައިލިއިރުގައިވެސް، އަޅުގަނޑުމެންނާ ހަވާލުވިއިރުގައި ނުދައްކައި، 9 ވަރަކަށް ބިލިއަން، 9000 މިލިއަން، 9 ބިލިއަން ރުފިޔާގެ ޕެންޑިންގ ބިލްސް، އަޅުގަނޑުމެންނާ ސަރުކާރު ހަވާލުވިއިރު އެބައޮތް، ކުރީ ސަރުކާރުން ރައްޔިތުންނަށް ނުދީ."

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެދަރަންޏަކީ، ސަރުކާރުގެ ގާތްގަނޑަކަށް ފަންސާހަކަށް ކުންފުނީގައި ހުރި ދަރަނިތައް ކަމަށެވެ. އަދި ވެރިކަމުގެ މިތިންމަހު ކުރައްވަމުން ގެންދަވާ ކަމަކީ، ދަރަނިތައް ދެއްކުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިވިދާޅުވުމަށް، ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ރައްދު ދެއްވާފައެވެ. އަމީރު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރެއް ބަދަލުވާއިރު، ބަދަލުވެގެން ދަނީ އެސަރުކާރަކުން ހިންގި ހުރިހާ މަޝްރޫޢުތަކާއި ކުރުވި މަސައްކަތްތަކަށް ފައިސާ ދޫކޮށްފައެއް ނޫނެވެ. އަދި ސަރުކާރުތައް ބަދަލުވިޔަސް ޤައުމު ނުހުއްޓި ކުރިޔަށް ދާނެ ކަމަށާއި، 2018 ވަނަ އަހަރު ސަރުކާރު ބަދަލުވިއިރުވެސް އެތައް ބިލިއަން ރުފިޔާގެ ބިލްތައް ދައްކަން އޮތް ކަމުގައި، އަމީރު ވިދާޅުވިއެވެ. 

ސަރުކާރަށް އަމިއްލަ ކުންފުނިތަކުން ކޮށްދޭ މަސައްކަތްތަކަށް، ބިލްކުރާ މުއްދަތުގެ ތެރޭގައި ފައިސާ ނުލިބުމުގެ ކަންބޮޑުވުންތައް އަމިއްލަ ކުންފުނިތަކުން އަބަދުވެސް ފާހަގަކުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.