Advertisement

ފޮޓޯ: ރައީސް އޮފީސް

21 Feb 2024
ޚަބަރު

ސިޔާސީ މަޤްސަދެއްގައި މީހުން ހައްޔަރެއް ނުކުރާނަން: ރައީސް

ސިޔާސީ މަގްސަދެއް ހާސިލްކުރުމަށް ސަރުކާރުން ސިޔާސީ ބޭފުޅުން ހައްޔަރު ނުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ގދ.ތިނަދޫގައި ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންނަށް ފެންނާނީ ޤާނޫނީ ވެރިކަމެއްކުރާ މަންޒަރުކަމަށެވެ. އެމަނިކުފާނަށް މުހިންމީ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަވުންކަމަށާއި ރައްޔިތުންގެ ސިޔާސީ ވިސްނުން ހުރިގޮތް ބެލުމަކީ މުހިންމުކަމެއް ނޫންކަމަށެވެ. އަދި ކޮންމެ ރައްޔިތެއްވެސް އެމަނިކުފާނަށް ވާނީ ހަމަހަމަކަމަށާއި، ކޮންމެ ރައްޔިތަކާމެދުވެސް ވިސްނަވާނީ އެއް ހަމައަކުންކަމަށެވެ ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބަދަލު ހިފުމުގެ ރޫހު ރާއްޖެއިން ނެތެންޖެހޭކަމަށާއި، ސިޔާސީ ވިސްނުމުގައި ބޭއިންސާފުން ކަންކަން ކުރުން ނިމުމަކަށް އަންނަންޖެހޭކަމަށެވެ.

"ހަމަ ސަރުކާރު އުފެދޭތަނުން ކޮމިޝަންތައް ހަދައި ކުރީ ސަރުކާރުގެ ސިޔާސީ ވެރިން ހައްޔަރުކުރުމާ ކަންކަން ހިނގި. އެކަމެއް އަޅުގަނޑު ނުކުރަނަން. ނަމަވެސް ޤާނުނުގެ ވެރިކަން ކުރާނަން.” ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮރަޕްޝަން ހިންގައި ވައްކަން ކޮށްފިނަމަ ނުވަތަ ޤާނޫނާ ޤަވާއިދާ ޚިލާފަށް ކަމެއްކޮށްފިނަމަ އެކަމެއް ބާލާނީ އެކަމާ ގުޅޭ ކޮމިޝަންތަކުންކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ޤައުމަށް ހަމަޖެހުން ގެނައުމަށްކަމަށްވެސް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.