Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

21 Feb 2024
ޚަބަރު

އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރަން ނިންމި ގައުމުތަކުގައި ރާއްޖެއެއް ނެތް

އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރަން ނިންމި ގައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ ނުހިމެނޭ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

އިންޑިއާއިން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް ފިޔާ އެކްސްޕޯޓް ކުރުންވަގުތީ ގޮތުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އިންޑިއާ ސަރުކާރުގެ ހާއްސަ ހުއްދައެއްގެ ދަށުން މިހާތަނަށް ވަކި ކޯޓާއެއްގެ ދަށުން އަވަށްޓެރި ބައެއް ގައުމުތަކަށް ފިޔާ އެކްސްޕޯޓުކުރެއެވެ.

މީގެ ކުރިން ފިޔާ އެކްސްޕޯޓުކުރުން މަނާކުރި ކޮންމެ ފަހަރަކު ވެސް ހާއްސަ ކޯޓާގެ ލިސްޓުގައި ރާއްޖެ ހިމެނުނު ނަމަވެސް، ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވެފައިވާ މި ދަނޑިވަޅުގައި އަލަށް ނެރުނު ލިސްޓުގައި ރާއްޖެއެއް ނެތެވެ.

އިންޑިއާ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގައުމުން ފިޔާ އެކްސްޕޯޓުކުރުމުގެ ހާއްސަ ކޯޓާއެއް މިފަހަރު ކަނޑައަޅާފައި ވަނީ ބަންގްލަދޭޝް، ސްރީލަންކާ، މޮރިޝަސް، ބަހްރެއިން، ބޫޓާން އަދި ނޭޕާލް އަށެވެ.

މިކަމާއި ގުޅިގެން އެސްޓީއޯއިން ބުނެފައިވަނީ އެސްޓީއޯއަށް އިންޑިއާއިން ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށެވެ. ކުރިއެކޭވެސް އެއްފަދައިން އެސްޓީއޯއިން ސްޓޭބަލް ސަޕްލައިއެއްގައި ފޯރުކޮށްދެމުންދާނެކަމަށެވެ. 

ފާއިތުވި 2 މަހު މާކެޓް ޓްރެންޑަށް ބަލާނަމަ ރާއްޖޭގެ މާކެޓްގައި ފިޔާގެ އަގު އަންނަނީ ތިރިވަމުންކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. ކުރިއަށްއޮތް ރަމަޟާންމަހު އަސާސީ ކާބޯތަކެތި ލިބުމުގައި ދަތިކަމެއް ކުރިމަތިވިޔަ ނުދިނުމަށް އެސްޓީއޯއިން ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
04 Apr 2025
ރާއްޖެ އޮތީ ފައިސާ ޗާޕުކުރަންޖެހޭ ހާލަތުގައި ނޫންކަމަށް ޔައުޤޫބު ވިދާޅުވެއްޖެ
ރާއްޖެ އޮތީ ފައިސާ ޗާޕުކުރަންޖެހޭ ހާލަތުގައި ނޫންކަމަށް ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.
04 Apr 2025
މޯލްޑިްވްސް ޕޮލިސް ސަރވިސް
ގިނަ ބަނގުރާ ފުޅުތަކަކާއެކު ބިދޭސީއަކު ހުއްޓުވައިފި
ބޮނަކުއާ ފުޅިތަކަކަށް ބަނގުރާ އަޅާއިގެން ވޭނެއްގައި ހުޅުމާލޭގައި ދުއްވަމުން ދިޔަ ބިދޭސީއަކު ފުލުހުން ރޭ ހުއްޓުވައިފިއެވެ.
03 Apr 2025
މޯލްޑިްވްސް ޕޮލިސް ސަރވިސް
އިނގިލި ބުރިކޮށްލަން އުޅުނު މީހަކު އެހެން މައްސަލައެއްގައި ހައްޔަރަށް
ހުޅުމާލޭގައި މީހަކު ރަހީނު ކުރުމަށް ފަހު އޭނާގެ އިނގިލި ބުރިކޮށްލަން އުޅުނު މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ މީހަކު އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ.
03 Apr 2025
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް
އެއާރޕޯޓު ބާރުބޮޑުވާނެތީ އެކަމަށް ސަމާލުވުމަށް އަންގައިފި
ހުކުރު ދުވަހުގެ މެންދުރުފަހު ޢުމްރާއިން މީހުން އެނބުރި އަންނާނެތީ، ވެލާނާ އެއަރޕޯޓު ބާރުބޮޑުވާނެ ކަމަށް ލަފާކޮށް، ފުރަންދާ ފަރާތްތަކުން ދުރާލާ އެއަރޕޯޓަށް ދިއުމަށް އިލްތިމާސްކޮށްފިއެވެ.