Advertisement

ތިނަދޫ އިންޓަރނޭޝަނަލް އެއާޕޯޓު އެޅުމުގެ މަޝްރޫޢުގެ ފަހުމުނާމާގައި ސޮއެކުރުން -- ފޮޓޯ: ރައީސް އޮފިސް

22 Feb 2024
ޚަބަރު

ތިނަދޫގައި އެއާޕޯޓު އެޅުމަށް ހެދީ އެގްރީމެންޓެއް ނޫންކަމަށާއި އެއީ ފަހުމުނާމާއެއް ކަމުގައި ސަރުކާރުން ބުނެފި

ބޭރުގެ ކުންފުންޏަކަށް 12 ފަޅުރަށް ދޭ ގޮތަށް ގދ. ތިނަދޫގައި އިންޓަރނޭޝަނަލް އެއާޕޯޓެއް އެޅުމަށް އަންގާރަ ދުވަހު ސޮއެކުރީ އެގްރިމެންޓެއްގައި ނޫންކަމަށާއި، އެއީ މެމަރަންޑަމް އޮފް އަންޑަސްޓޭންޑިންގ (ފަހުމުނާމާ) އެއް ކަމުގައި ސަރުކާރުން ބުނެފިއެވެ.

އަންގާރަ ދުވަހު، ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި، ތިނަދޫގައި އިންޓަރނޭޝަނަލް އެއާޕޯޓެއް އެޅުމަށް، ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑާއެކު ވަނީ ސޮއެކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައި ވަނީ، އަންގާރަ ދުވަހު ސޮއެކުރެވުނު އެއްބަސްވުމުގެ ދަށުން ތިނަދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝާއިޢުކޮށްފައިވާ ޚަބަރުތަކުގައިވެސް އެބަސްވުމުގެ ގޮތުގައި ޢިބާރާތްކޮށްފައިވާ ތަންތަން މިހާރު ވަނީ، ފަހުމުނާމާއަށް ބަދަލުކޮށްފައެވެ. އެކަމާއި ގުޅޭ ގޮތުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު އާއްމުކުރި މީޑިއާ ބްރީފްގައިވެސް ބުނެފައި ވަނީ، ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ އާއެކު އަންގާރަ ދުވަހު ސޮއެކުރީ، އެމަޝްރޫޢު ކުރިޔަށް ގެންދިޔުމުގެ ކޮންޓްރެކްޓްގައި ނޫންކަމަށެވެ.

އެމިނިސްޓްރީން މިކަން ހާމަކުރެއްވީ،  ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑަކީ އެފަދަ ބޮޑު މަޝްރޫޢެއް ހިންގުމުގެ ޤާބިލްކަން ހުރި ކުންފުންޏެއް ނޫންކަަން ހެކިތަކާއިއެކު ރާއްޖޭގެ އޮންލައިން ނޫސް "އަދަދު"އިން ހާމަކޮށްފައި ވަނިކޮށެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ވިދާޅުވީ، ޕޭން ފެސިފިކް ކޮމްޕެނީން ހުށައަޅާފައި ވަނީ، ތިނަދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤިކުރާއިރު، 4 ކިލޯމީޓަރުގެ ރަންވޭ އަކާއި، އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ޓަރމިނަލްއަކާއި، ސީޕްލޭން ޓަރމިނަލްއެއްގެ އިތުރުން އިންޓަރނޭޝަނަލް އެއާޕޯޓެއްގައި ހުންނަ އެހެން ވަޞީލަތްތައްވެސް ޤާއިމްކުރުމަށް ކަމަށެވެ. މީގެ އިތުރުންމަތީ ފަންތީގެ ރިސޯޓާއި ޔޮޓު މެރީނާއަކާއި، އަދި ފްލައިން ސްކޫލެއް ތަރައްޤީކުރުމަށް އެކުންފުނިން ހުށައަޅާފައިވާ ކަމަށްވެސް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެމިނިސްޓްރީން ބުނީ، އެ މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ކޮންޓްރެކްޓްގައި (އެއްބަސްވުމުގައި) ސޮއިކުރެވޭނީ، ޕްރޮޕޯޒަލް ހުށައަޅާފައިވާ ފަރާތުގެ ފަންނީ އަދި މާލީ ޤާބިލިއްޔަތުކަން ކަށަވަރުކުރުމަށްފަހު، ބަލަންޖެހޭ ކަންތައްތައް ބަލައި، ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ފަހުމުނާމާ އާއި އެއްބަސްވުމަކީ، ޤާނޫނީ ހައިސިއްޔަތު މުޅިން ތަފާތު ދެ އެއްޗެކެވެ. ފަހުމު ނާމާއަކީ، ވަކި މަގުސަދުތަކެއް ހާސިލުކުރުމަށްޓަކައި ދެ ފަރާތެއްގެ ނުވަތަ ގިނަ ފަރާތްތަކެއްގެ މެދުގައި ސޮއިކުރެވޭ ރަސްމީ އެއްބަސްވުމެއް ނަމަވެސް އާންމު ގޮތެއްގައި އެއީ ކުރިމަގުގައި ގާނޫނީ އިލްތިޒާމަކަށް މަގުފަހިކޮށްދޭ އެއްޗެކެވެ. ފަހުމުނާމާއަކީ ކަމެއް ކުރުމަށް ދެފަރާތުގެ މެދުގައި މަޝްވަރާތައް ފެށުމަށް ރަސްމީ ހައިސިއްޔަތު ދިނުމުގެ ގޮތުން ސޮއިކުރެވޭ އެއްޗެކެވެ.

އެއާޕޯޓާއި ބިންހިއްކުމާއި ގެދޮރުއެޅުން ފަދަ މަޝްރޫޢުތައް ހިންގުމަކީ ފަހުމުނާމާއެއްގެ ދަށުން ކުރެވޭ ކަންކަމެއް ނޫނެވެ. އެހެންނަވެސް ފަހުމުނާމާތަކުގެ ނަތީޖާއަށް ބަލައި، އަމަލީ މަސައްކަތްތައް ކުރިޔަށް ގެންދެވޭނެކަމަށް ފެނިއްޖެނަމަ، އެކަމެއް ކުރިޔަށް ގެންދިޔުމަށް ކޮންޓްރެކްޓް ނުވަތަ އެއްބަސްވުމުގައި ސޮއެކުރަންޖެހޭނެއެވެ.

މިއަދު ގއ. ވިލިގިލީގައި އިންޓަރނޭޝަނަލް އެއާޕޯޓެއް ތަރައްޤީކުރުމާއި ގުޅޭ ގޮތުންވެސް ބޭރުގެ ކުންފުންޏަކާއި އެކުގައި ވަނީ ފަހުމުނާމާއެއްގައި ސޮއެކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.