ޚަބަރު
ޚަބަރު
23 Feb 2024
ޚަބަރު
މަޖިލީހުގެ ރައީސް ޔޫއޭއީގެ ޤާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސާއި ބައްދަލުކުރައްވައިފި
މިބައްދަލުުކުރެއްވުން ބާއްވަވާފައި ވަނީ، 14 ވަނަ އޭޝިއަން ޕާލަމެންޓަރީ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް މުޙައްމަދު އަސްލަމް އަޒަރުބައިޖާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދުކަމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރައްވާފައިވެއެވެ.
23 Feb 2024
ޚަބަރު
"އަހާ" ފޯރަމްގައި މިރޭ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެ: ރައީސް އޮފީސް
މިރޭގެ ފޯރަމަށް ސުވާލު ހުށައެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި، އޭގެ އިތުރުން ވަގުތުން ރައީސުލްޖުމްހޫރިއްޔާ އާއި ސުވާލު ކުރުމުގެ ފުރުޞަތުވެސް ދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.
23 Feb 2024
ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ހުޅުވާލައިފި
އެކޮމިޝަނުން ވިދާޅުވީ، 2024 މާރިޗު 17 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށައެޅުުމުގެ މުއްދަތު، މާރިޗު މަހުގެ 05 ވަނަ ދުވަހުގެ 15:00 އާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
23 Feb 2024
ޚަބަރު
ފާއިތުވި ތިންމަސް ދުވަހުގެ ތެރޭގައި 19 ރަށެއްގައި ޕޮލިސް ޕޯސްޓްތައް ހުޅުވައި ޚިދުމަތްދޭން ފަށައިފި
ޕޮލިސް ޕޯސްޓްތައް ހުޅުވައި ޚިދުމަތްދޭން ފަށާފައި ވަނީ، ހއ. ފިއްލަދޫ، ހދ. ކުރިނބި، ހދ. ނެއްލައިދޫ، ށ. ޅައިމަގު، ނ. ޅޮހި، ނ. ހެނބަދޫ، ނ. މާޅެންދޫ، ނ. މިލަދޫ، ބ. މާޅޮސް، ބ. ކިހާދޫ، ބ. ކުޑަރިކިލު، ބ. ހިތާދޫ، ވ. ތިނަދޫ އަދި ވ. ފުލިދޫ، ދ. ހުޅުދެލި، ތ. ވަންދޫ، ތ. ގާދިއްފުށި، ލ. މާބައިދޫ، ގއ. ކޮނޑޭ ގައެވެ.
23 Feb 2024
ޚަބަރު
ހޯމަ ދުވަހުގެ ކުރިން މަސްވެރިންނަށް 100 މިލިޔަން ރުފިޔާ ދޫކުރާނެ ކަމުގައި ސަރުކާރުން ބުނެފި
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޮޝަން ރިސޯސަސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ބުދަ ދުވަހުގެ ރެއާއި ހަަމައަށް މަސްވެރިންނަށް، 70 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށާއި، މިފެބުރުއަރީ މަހުގެ 26 ވާ ހޯމަދުވަހުގެ ކުރިން އިތުރު 30 މިލިޔަން ރުފިޔާ އާއެކު ޖުމުލަ 100 މިލިޔަން ރުފިޔާ މިހަފްތާގެ ތެރޭގައި މަސްވެރިންނަށް ޖަމާކޮށްދޭނެ ކަމަށެވެ.
23 Feb 2024
ޚަބަރު
ދެ ލޯންޗު އެކްސިޑެންޓްވީ މަނާކޮށްފައިވާ ސަރަހައްދަކުން ދަތުރުކުރަނިކޮށް!
މިނިސްޓަރ ޑރ މުއްޠަލިބު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރާތީ މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅީފަޅު ކަނޑުއޮޅިން ދަތުރުކުރުން ޓްރާންސްޕޯޓް މިނިސްޓްރީ އިން އޮތީ މަނާކޮށްފައި ކަމަށެވެ. އަދި އެސަރަހައްދުން ދަތުރުކުރާ ނަމަ، ލައިސަންސް ހިފަހައްޓާނެކަމުގެ އިންޒާރުވެސް އޮތީ ދީފައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރ ޑރ މުއްޠަލިބު ވިދާޅުވީ، މިފަދަ ހިތާމަވެރި އަދި ނުރައްކާތެރި ހާދިސާތަކުން ސަލާމަތްވުމަށް ކަނޑުގައި ދުއްވާ އުޅަނދުތަކުން މި ދެ ކަނޑުއޮޅިން ދަތުރު ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކުރައްވާ ކަމަށެވެ.
22 Feb 2024
ޚަބަރު
ހަތަރު ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް މިއަދު ފަށައިފި
ދަރުމަވަންތަ ހޮސްޕިޓަލުގެ އުޑުވިލާ މާލަމުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި މިމަޝްރޫޢު އިފްތިތާހްކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.
22 Feb 2024
ޚަބަރު
ވިލިމާލެ ކައިރިން ދެ ލޯންޗު އެކްސިޑެންޓްވެ 13 މީހަކަށް އަނިޔާވެއްޖެ
މިއެކްސިޑެންޓްގައި އަނިޔާވި 13 މީހުންގެ ތެރޭގައި ހިމެނެނީ، ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ މަސައްކަތް ކުރާ އެފްކޮންސްގެ 10 މީހުންނާއި، އަނަންތަރާ ރިޒޯޓުގެ 3 މީހުންނެވެ.
22 Feb 2024
އެމް. ޑީ. ޕީ
މަޖިލިސް އިންތިޚާބަށް އެމްޑީޕީން މިފަހަރު ނުކުންނަނީ، މިސްރާބު ހަމަ މަގަށް އެޅުވުމަށް!
އެޕާޓީން ހާމަކޮށްފައިވާ ގޮތުގައި މިފަހަރު ރައްޔިތުންގެ މަޖިލީހަށް އެޕާޓީން ކަނޑައެޅި ޝިޢާރަކީ، "މިސްރާބު ހަމަ މަގަށް" މިޝިއާރެވެ.
22 Feb 2024
ޚަބަރު
ޕާޓީ ބަދަލުކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހަށް ބިލެއް ހުށައަޅައިފި
މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް، ރައީސް ޔާމީނުގެ ސަރުކާރުގައިވެސް ޤާނޫނެއް ފާސްކުރިއެވެ. އެޤާނޫނު ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެކަމަށް ނިންމައި އޭރު ސަރުކާރުން ހިންގަމުން ގެންދިޔަ ކަންތައްގަނޑެއްގެ ތެރެއިންނެވެ. އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުން އެ ޤާނޫނު ފާސްކުރި އިރު ހިމަނާފައި އޮތީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެބޭފުޅަކު ހުންނެވި ޕާޓީން ވަކިކޮށްފި ނަމަވެސް މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށެވެ.
22 Feb 2024
ޚަބަރު
"އައި.ޔޫ.އައި" އަދި "އައި.ވީ.އެފް"ގެ ފަރުވާއަށް ބޭނުންވާ ފަރާތްތަކަށް މާރިޗު 15ގައި ފުރުޞަތު ހުޅުވާލަނީ
އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، މިއީ މިކަމަށް ބޭނުންވެފައިތިބި އެތައް ބަޔަކަށް ލިބިގެންދާ ވަރަށް ބޮޑު އުއްމީދެއް ކަމަށާއި، އެ އުސޫލު ބައްޓަން ކުރެވިފައިވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް މި ޚިދުމަތް ލިބޭގޮތަށް ކަމަށެވެ.
22 Feb 2024
ޚަބަރު
ޕިކަޕެއްގެ ތެރޭގަިއ ހުރެ ބަދު އަޚުލާޤީ ވައްތަރުޖެއްސި މީހާ ހޯދައި ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ މާލޭ މަގުމަތީގައި ޕިކަޕެއްގެ ތެރޭގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއް ޖެއްސި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
22 Feb 2024
ޚަބަރު
މާފުށީގައި ޗައިނާ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިއަދުގެ ހާދިސާގައި ގެނބިގެން މަރުވެފައި އޮއްވައި ފެނިފައި ވަނީ ޗައިނާގެ އުމުރުން 30 އަހަރުގެ އަންހެން ފަތުރުވެރިއެއް ކަމަށެވެ. އޭނާ ފެނިފައި ވަނީ، މާފުށީ އެކްޓިވް ވޯޓަރ ސްޕޯޓްސް ކައިރިން ނެރުކައިރިއަށް ގެނބިފައި ވަނިކޮށް މިއަދު ހެނދުނު 10:25 ހާއިރުގައެވެ.
22 Feb 2024
ޚަބަރު
ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް އެމްޑީޕީއަށް ސޮއެކުރައްވައިފި
ފައިޞަލް ނަސީމް ސިޔާސީ މަސައްކަތްޕުޅު އެންމެ ފުރަތަމަ ފެއްޓެވީވެސް އެމްޑީޕީއާ އެކުގައެވެ. އެހެން ނަމަވެސް އެމަނިކުފާނު އޭގެ ފަހުން ޖުމްހޫރީޕާޓީ އާއި ގުޅިވަޑައިގެން އެޕާޓީގެ މެމްބަރެއްގެ ގޮތުގައި ގިނަ ދުވަސްތަކަކު ޚިދުމަތް ކުރެއްވި އެވެ.
22 Feb 2024
ޚަބަރު
ކޮނޑޭގައި ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އެއްބާރުލުން ދޭނެ: ރައީސް
ކޮނޑޭއަކީ ދަނޑުވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ކުރިއެރުވިދާނެ ރަށެއްކަމުގައި ފާހަގަކުރައްވައި އެކަމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ގއ. ކޮނޑޭ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
22 Feb 2024
ޚަބަރު
ބީއެމްއެލްއިން ކ. ގުޅި އަދި ވ. ކެޔޮދޫގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ކ. ގުޅި އަދި ވ. ކެޔޮދޫގައި ސެލްފް ސާވިސް ބޭންކިން (އޭޓީއެމް) ހުޅުވައި ހިދުމަތްދޭން ފަށައިފިއެވެ.