Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސްް މުހައްމަދު އަސްލަމް --

23 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ވަރަށްބޮޑެތި ގެއްލުން ވެދާނެ: މަޖިލީހުގެ ރައީސް

މޫސުމަށް އަންނަ ބަދަލުތަައް ހަލުވިކަމުންނާއި، އެބަދަލުތަކުގެ ބޮޑުކަމުން، ރާއްޖެއަކީ ވަރަށް ބޮޑެތި ގެއްލުން ވެދާނެ ޤައުމަކަށް ވާތީ، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ހިންގާ މަޝްރޫޢުތަކަށް، ފައިސާ ލިބުން ލަސްވުމުގެ ސަބަބުން ރާއްޖެއަށް ގިންޖެހުންތަކާއި ކުރިމަތިވަމުންދާ ކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ، އޭޝިއަން ޕާލަމެންޓަރީ އެސެމްބްލީގެ 14 ވަނަ ޕްލީނަރީ ސެޝަންގައި ތަޤުރީރުކުރައްވަމުންނެވެ.

މިތަޤުރީރުގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވައި، އަސްލަމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖެއަކީ މާގިނަ ވަޞީލަތްތަކެއް ނެތް ނަމަވެސް، ތިމާވެއްޓާއި ރައްޓެހި ގޮތްތަކަށް ކަންތައް ކުރުމުގައި ކުރި ހޯދާފައިވާ ޤައުމެއް ކަމަށެވެ. މިގޮތުން ރާއްޖެއިން ފުރަތަމަ ފަހަަރަށް، ހަކަތަ އާއި މޫސުމަށް އަންނަ ބަދަލުތަކާއި ފެނާއި ނަރުދަމާ އާއި ކުނި މެނޭޖުކުރުމާއި ގުޅޭ ޤާނޫނުތައް، މިހިނގާ 5 އަހަރުގެ ތެރޭގައި، ފާސްކުރެވިފައިވާކަން އެމަނިކުފާނުގެ ވާހަކަފުުޅުގައި ފާހަގަކުރެއްވިއެވެ. އަދި 2030 ވަނަ އަހަރ އަންނަން ވާއިރަށް ދިވެހި ރާއްޖެއަކީ ކާބަން ނިއުޓްރަލް ޤައުމަކަށް ވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާޞިލްވުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށްވެސް މަޖިލީހުގެ ރައީސްގެ ތަޤުރީރުގައި އަލިއަޅުއްވައި ލެއްވެވިއެވެ.

މީގެ އިތުރުން މަޖިލީހުގެ ރައީސްގެ ތަޤުރީރުގައި ރާއްޖެއިން ކުރަމުން އަންނަ ތިމާވެއްޓާއި ރައްޓެހި، އަދި ދެމެހެއްޓެނިވި، ދޮށީގެ މަސްވެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އަވަށްޓެރި ޤައުމުތަކުން މަސްވެރިކަން ކުރުމުގައިވެސް ދެމެހެއްޓެނިވި ގޮތްތަކަށް ޢަމަލުކުރުމުގެ މުހިއްމު ކަން ފާހަގަކުރެއްވިއެވެ.

އޭޝިއަން ޕާލަމެންޓަރީ އެސެމްބްލީގެ 14 ވަނަ ޕްލީނަރީ ސެޝަންގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ކުރެއްވި ތަޤުރީރު ނިންމަވާލެއްވީ، ފަލަސްޠީނުގެ މައްސަލައިގައި ރާއްޖޭގެ ކަންބޮޑުވުންތައް ފާހަގަކުރެއްވުމަށް ފަހުގައެވެ. މިގޮތުން، ފަލަޞްތީނާއި އިޒްރޭލާއި ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުވައި ސުލުޙަވެރި އަވަސް ޙައްލެއް ގެނައުމުގެ މުހިއްމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.