Advertisement

އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --

22 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ޕާޓީ ބަދަލުކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހަށް ބިލެއް ހުށައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގައިހުންނެވި މެމްބަރަކު، އެމެމްބަރު މަޖިލީހަށް އިންތިޚާބުވި ޕާޓީ ދޫކުރައްވައި އެހެން ޕާޓީއަކާއި ގުޅިވަޑައިގެންފި ނަމަ، ގޮނޑި ގެއްލޭ ގޮތަށް ޤާނޫނަކުން ކަނޑައެޅުމަށްޓަކައި، އެންޓި ޑިފެކްޝަން ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުޙައްމަދު ރަޝީދު ޙުސައިން ވިދާޅުވީ، އެބިލް މަޖިލީހަށް ހުށައަޅުއްވާފައި ވަނީ، ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އާއްމު ރައްޔިތުންގެ ތެރޭގައި އޮތުން ކަމަށެވެ. މިގޮތުން ޕާޓީއަކުން އިންތިޚާބުކުރާ މެމްބަރަކު އެޕާޓީއެއް ދޫކުރައްވައި އެހެން ޕާޓީއަކާއި ގުޅިވަޑައިގަތުމުގެ ކަންކަން މިހާރު ހިނގަމުންދާތީ، އެމްޑީޕީގެ ލީޑަރޝިޕަށް އެޝަކުވާ ލިބެމުންދާކަމުވެސް ރަޝީދު ވިދާޅުވިއެވެ.

އެހެން ނަމަވެސް އެ ބިލް މަޖިލީހުގެ ތެރޭގައި ކުރިޔަށް ގެންދިޔުމަށް ދަތިތަކެއް ހުރިކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް، ރައީސް ޔާމީނުގެ ސަރުކާރުގައިވެސް ޤާނޫނެއް ފާސްކުރިއެވެ. އެޤާނޫނު ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެކަމަށް ނިންމައި އޭރު ސަރުކާރުން ހިންގަމުން ގެންދިޔަ ކަންތައްގަނޑެއްގެ ތެރެއިންނެވެ. އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުން އެ ޤާނޫނު ފާސްކުރި އިރު ހިމަނާފައި އޮތީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެބޭފުޅަކު ހުންނެވި ޕާޓީން ވަކިކޮށްފި ނަމަވެސް މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށެވެ.

އެ ޤާނޫނު އުވާލުމުގެ ބިލް ފާސްކުރީ ރިޔާސީއިންތިޚާބުގައި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހުގައި، ހަމަ 18 ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ. އެބިލް ތަސްދީޤުކުރައްވައި އެ ޤާނޫނު އުވައިލެއްވީވެސް ރައީސް ޔާމީނުގެ ސަރުކާރުގައެވެ.

އެމްޑީޕީން އަލުން އެންޓި ޑިފެކްޝަން ޤާނޫނެއް ގެނައުމަށް މަޖިލީހަށް ބިލެއް ހުށައަޅާފައި ވާއިރު، މިދައުރުގެ ތެރޭގައި، އެމްޑީޕީގެ 26 މެމްބަރަކު ވަނީ އެޕާޓީން ވަކިވެވަޑައިގެން އެހެންޕާޓީތަކާއި ގުޅިވަޑައިގެންފައެވެ. އެހެންނަމަވެސް އަދިވެސް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީގެ އަތުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.